ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ ހިދުމަތް ކިހިނެއް؟ ޕޯޓަލްއަށް ހިޔާލު ފޮނުއްވާ!

އޭޑީކޭ އަށް ހިޔާލު ހުށަހަޅަން ހާއްސަ ޕޯޓަލެއް ތައާރަފްކޮށްފި - ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް އެ ހޮސްޕިޓަލާ ގުޅޭ ހިޔާލު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

މޯލްޑިވްސް މެޑިކަލް އެކްސްޕޯގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. މި ޕޯޓަލަށް ހުކުރު ދުވަހުން ފެށިގެން ހިޔާލު ފޮނުވޭނެ އެވެ.

ޕޯޓަލް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަފްއާލު ވިދާޅުވީ އޭޑީކޭއިން ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތްތާއި ގުޅޭގޮތުން ދެކޭ ގޮތް އެނގުން ވަރަށް މުހިންމު ކަމަށެވެ. އަދި އެ ހިޔާލުތަކަކީ މަޝްވަރާތަކުގައި ބޭނުންކޮށް، ހިދުމަތުގެ ފެންބަރު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުން ކުރެވޭނެ ވަސީލަތެއްކަން އަފްއާލު ފާހަގަކުރެއްވިއެވެ. އަފްއާލު ވަނީ އޭޑީކޭން ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން އެ ހޮސްޕިޓަލާއި ހިދުމަތް ހޯދާ މީހުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަން ވެސް ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެން މި ތައާރަފުކުރަނީ އާންމުންނަށް އަޅުގަނޑުމެންނާ މުއާމަލާތްކުރެވޭނެ ފަސޭހަ ގޮތެއް،” އައްފާލު ވިދާޅުވި އެވެ.

އޭޑީކޭން ހިދުމަތްދޭ ތަންތަނުގައި ހުންނަ ބާކޯޑު ބޭނުންކޮށްގެން މި ޕޯޓަލަށް ވަދެވޭނެ އެވެ. މި ޕޯޓަލަށް ކާކުކަން ނޭނގޭނެހެން ސިއްރުކޮށް ވެސް ހިޔާލު ހުށަހެޅޭނެ އެވެ.

އޭޑީކޭގެ “ހިޔާލު” ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުން އެ ވަގުތަކު ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް އެ ހިޔާލު ލިބޭނެ އެވެ. އަދި ވަގުތުން އެއަށް ޖަވާބު ދޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: