ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރު މަހު އެކްސްޕޯޓު އިތުރު ވެއްޖެ

ސެޕްޓެމްބަރު މަހު ރާއްޖެ އަށް އެތެރެކުރި މުދަލާއި ރާއްޖެއިން އެކްސްޕޯޓު ކުރި މުދާ އިތުރުވެއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އެތެރެކުރި މުދަލާއި ރާއްޖެއިން އެކްސްޕޯޓު ކުރި މުދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ކަސްޓަމްސްގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރާ އަޅާބަލާއިރު ވަނީ ހަތަރެއް އިންސައްތަ އިތުރުވެފަ އެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ދައުލަތަށް ލިބުނު އާމްދަނީ ވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަކީ 262 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ އަދި އިންޑިއާ އިންނެވެ. ޔޫއޭއީން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު ޗައިނާއިން 703 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އިންޑިއާއިން އެތެރެ ކޮށްފައިވަނީ 370 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓަށް ބަލާއިރު އެކްސްޕޯޓުގެ 100 ޕަސެންޓު ހިއްސާ ކުރަނީ މަހާއި މަހުގެ ބާވަތްތަކެވެ. އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. ދެން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ރީނދޫ އުރަހަ ކަންނެލި އެވެ.

މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 47 ޕަސެންޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: