ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ގަރާޖަކަށް 1700 ރަޖިސްޓްރީ: ‘ކުރީ ސަރުކާރު’ ކިޔާލަ ކިޔާލަ މިސަރުކާރުން އެގޯސް މަތީ ތިބެނީތަ؟

އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް އެތައް ކާރެއް ރެޖިސްޓްރީކުރާ ވާހަކަ - ފޮޓޯ: އެމްބީއާރް
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް އެތައް ކާރެއް ރެޖިސްޓްރީކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މުޅި މާލެއަށް ޕާކިންގެ މައްސަލަ ދިމާވެފައިވާއިރު އާއްމުންވެސް ފާޅުކުރާ ކަންބޮޑުވުމަކީ މިއީއެވެ. އެއީ ގަރާޖުގެ ވިޔަފާރި ކުރުމެވެ.

އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް އެތައް ކާރެއް ރެޖިސްޓްރީކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މުޅި މާލެއަށް ޕާކިންގެ މައްސަލަ ދިމާވެފައިވާއިރު އާއްމުންވެސް ފާޅުކުރާ ކަންބޮޑުވުމަކީ މިއީއެވެ. އެއީ ގަޜާޖުގެ ވިޔަފާރި ކުރުމެވެ. މާލޭގެ މަގުތަކުގައި ދުއްވުމަށް މިހާތަނަށް 80000 އެއްހައި އުޅަނދުވަނީ ރަޖިސްޓްރީކޮށްފައެވެ. މި ޢަދަދުގެ ތެރެއިން 4500 އަށްވުރެ ގިނަ އުޅަނދަކީ މާލޭގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެވެ. އެއްވެސް ކޮންޓްރޯލެއް ނެތި އުޅަނދުތައް މާލެއަށް ތޮއްޖެހުމަކީ ޢާއްމު ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ޚާއްސަކޮށް މާލެ އެތެރެކުރާ ކާރުތައް ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް މާލޭގެ މަގުތަކުގައި ޕާކުކުރާ ކުރުމަކީ އެކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމެކެވެ. އަދި ޙައްލެއް ނުލިބި އެތައް ޒަމާނެއްވީ ބޮޑު މައްސަލައެކެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓްރީ ޙާޒިރުވެ ދިން މައުލޫމާތުތަކުން އެނގިގެން ދިޔައީ އެއް ގަރާޖަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވާ ކަމެވެ. ކޮމެޓީގައި ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މާލޭގައި މީގެ ކުރިން އެއް ގެއަކަށް ގިނަ އަދަދެއްގެ އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝިމާޒް ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މިހާރު އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ކާރު ރަޖިސްޓްރީ ކުރާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ބަލާ އުސޫލު މިހާރު ހަރުދަނާކޮށްފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ. އަދި ގަރާޖު ސިޓީ ދޫކުރަނީ ސިޓީ ކައުންސިލުން ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދެނީ އެއަށް ބެލުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން އެއް ގަރާޖުގައި އެތައް ސަތޭކަ ކާރެއް ރަޖިސްޓްރީކޮށްފައި އެބަހުރިކަމަށް ޝިމާޒް ވިދާޅުވިއެވެ.

މި މައްސަލައިގައި ޓްރާންޕޯޓުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުންވެސް މުހިންމެވެ. އެގޮތުން އޭގެ ހައްލާއި ގުޅޭގޮތުން ސުވާލު ކުރުމުން ޝިމާޒް ވިދާޅުވެފައިވަނީ
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެމުން އަންނަނީ ގަރާޖު ހުއްދައިގެ ސައިޒާއި އޮތޯރިޓީން ބަލާ ސައިޒާ ދިމާވޭތޯ ބެލުމަށް ފަހު ކަމަށެވެ. އެހެން ކަމުން، މިވަގުތު އެފަދަ އެއްވެސް ކަމެއް ހިނގާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ޝިމާޒް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައަށް ވާހަކަ ދައްކަވާ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރީގައި ކޮށްފައި ހުރި ކަންތައްތަކުން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. މިއީ ދާދިފަހުން ރައްޔިޔުން މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުވެ ނަހުލާ ދެއްކެވި ވާހަކައެވެ. ހަޑިތައް ފިލުވާ ވާހަކައެވެ. ގަރާޖު މައްސަލައިގައި ނަހުލާ ވިދާޅުވީ މީގެ ކުރިން ގަވާއިދާ ހިލާފަށް އެތައް ސަތޭކަ އުޅަނދު ރަޖިސްޓްރީކޮށްދިން ކަމުގައި ވިއަސް އެ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ އެއްފަހަރާ ބާތިލް ނުކުރެވޭނެ ކަމަށެވެ. ނަހުލާ ވިދާޅުވި ގޮތުގައި އެ ކަންކަމަކީ ހަމައެކަނި ޓްރާންސްޕޯޓު އޮތޯރިޓީގެ މައްސަލައެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެ އެވެ. ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި އުޅަނދުގެ ވެރިފަރާތާއި ޓްރާންސްޕޯޓާ ގުޅިފައިވާތީ، އެކަމުގައި ޝާމިލްވި އެއް ފަރާތަށް އެކަނި ފިޔަވަޅު އެޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. ނަހުލާ ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވުމުން އެފަދަ ފިޔަވަޅުތައް އެޅުން ފަސޭހައެއް ވެސް ނުވާނެ ކަމަށެވެ. އެކަމަކު މަސްލަހަތު އޮތް ގޮތެއް ބަލައި އެ ކަންކަން ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ބަލައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އާ ސަރުކާރާ އެކު ޓްރާންސްޕޯޓުން އުޅަނދުތައް ރަޖިސްޓްރީކޮށްދެނީ ރަނގަޅަށް ބެލުމަށްފަހު ކަމަށާއި އެހެން ނޫނީ އުޅަނދުތަކަށް ހުއްދަ ނުދޭ ކަމަށް ވިދާޅުވި އެވެ. ގަވާއިދުގައި އޮންނަ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނީ އެ ޕާކުކުރާނެ ގަރާޖެއް ދެއްކުމުންނެވެ. ނަމަވެސް އުޅަނދުތައް ރަޖިސްޓްރީކުރި ގަރާޖުގެ ދޮރުތައް ބަންދުވެ މާލޭގެ އެކި ސަރަހައްދުތައް ވަނީ އެ އުޅަނދުތަކުން ފުރިފަ އެވެ.

މެމްބަރުން ވަނީ މާލެ އަށް ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެކޮށް އެ އަށް ޑިއުޓީ ދައްކާ ހުރިހާ ކަމެއް ފުރުހިމަ ކުރުމުން ވެސް ރަޖިސްޓްރީ ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ، އެކަން ހައްލުކުރުމުގެ ގޮތުން ރާއްޖެ އަށް ވެހިކަލެއް އެތެރެވުމާ އެކު އެކަމުގެ މައުލޫމާތު ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ހިއްސާކޮށް، ވެހިކަލްގެ މައުލޫމާތު ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ މީގެ ކުރިން ކުރާ ކަމެއް ނޫން ކަމަށާއި މި ގޮތަށް އަމަލުކުރަން ފެށީ އެއް ގަރާޖަކަށް ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލްކޮށް، ކޮރަޕްޝަން މެދުވެރިކޮށް އެކަން ކުރުން ހުއްޓުވުމަށް ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ، އިންޖީނު އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެފަދަ އުޅަނދެއް ރާއްޖެ އަށް އެތެރެ ކުރެވޭނީ ވެސް އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެއީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ގަރާޖަކަށް ވާން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: