ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް ޝިފާޒް ބަލިކުރުމުގެ ބޮޑު އުންމީދު ގައި!

އަސްލަމްއަށް ޝިފާޒް ބަލިކުރެވޭނެ ކަމުގެ އުންމީދު ބޮޑު - ފޮޓޯ- އަސްލަމް ޓްވީޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުގައި، ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ބަލިކޮށް، އެ މަގާމަށް ހޮވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ޝިފާޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

“ސަންގު” އަށް އަސްލަމް ވިދާޅުވީ ހޮނިހިރު ދުވަހު ފޯމު ހުށަހަޅުއްވާނެ ކަމަށާއި، އެއަށްފަހު ރަސްމީކޮށް ކެމްޕޭނުގެ ހަރަކާތްތައް ފައްޓަވާނެ ކަމަށެވެ. ޕާޓީގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، އޭނާއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާތަކެއް ލިބިފައިވާ މީހެއް ކަމަށެވެ. އެހެން ކަމުން، އަމާޒަކީ އެ ތަޖުރިބާގެ އަލީގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދިނުން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޕާޓީގެ ނައިބް ރައީސްކަމަށް ވާދަ ކުރެއްވުމަށް ނިންމެވިއިރު އަސްލަމް ވަނީ އައްޑޫ ސިޓީގައި އެމްޑީޕީ ތަމްސީލުކުރާ އެންމެ އިސް މީހެއްގެ ގޮތުގަ އާއި ޕާޓީގެ ސެކްރެޓޭރިއޭޓްގަ އާއި ޕީޖީ ގުރޫޕްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެވިފައިވާފައެވެ.

 

އަސްލަމް އަކީ ރައީސް ނަޝީދާއި އެކު އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް

އެތެރޭގެ އިންތިހާބެއްގައި ވާދަ ވެރިކަން އޮންނަން ޖެހޭނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި ސިފައަކީ ވެސް އެއީ ކަމަށެވެ.

އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ މެންބަރުންނާމެދު އޮތް ފުރިހަމަ ޔަގީންކަމެއްގެ ސަބަބުން ކަމަށާ ޕާޓީގެ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ ވިދާޅުވެފައެވެ.

ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ބޭފުޅެއްގެ އަރައިރުން ހޫނުވެ، ގައުމުގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައީ ވެސް މިދިޔަ އޭޕްރިލް މަސްތެރޭގައެވެ. އޭރު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ރައީސް ސޯލިހު ތާއީދުކުރެއްވިއިރު، ނަޝީދު ކެމްޕެއިން ކުރެއްވީ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. ނަމެއް ހުށަހެޅުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ކެމްޕެއިނުގެ ތެރެއިން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ވިދާޅުވެ އަސްލަމް އޭނާގެ ނަން އަނބުރާ ގެންދެވިއެވެ. އަދި އަފީފް ވެސް އެ ރޭ ކަންތައް ކުރެއްވީ ހަމަ އެ ގޮތަކަށެވެ.

މަޖިލީހުގެ ރައީސްކަމަށް އަސްލަމް، އެމްޑީޕީން ހަމަޖައްސަފާނެ ކަމުގެ އިޝާރާތެއް ވެސް އެންމެ ފުރަތަމަ ދެއްވީ ރައީސް ނަޝީދެވެ. އަދި ބައެއް ބޭފުޅުން ގަބޫލު ކުރައްވާގޮތުން އަސްލަމްއާއި ރައީސް ނަޝީދަކީ ވަރަށް އަރިސް ބޭފުޅުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުނަށް ކަމަށް އެ ޕާޓީން ބުނެއެވެ.

އެންމެ ފަހުން ބޭއްވި ޕާޓީގެ އިންތިހާބުގައި ރައީސް ނަޝީދު އެކަނި ކުރިމަތިލަށްވައިގެން ލިބިވަޑައިގަތީ، 33،709 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ. އެމްޑީޕީގެ ރައީސްގެ މަގާމާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: