ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ރިޕޯޓު: އެމްޑީއެން އާއި ދެކޮޅު އަޑުތައް ރަށްރަށުގައި މާ ގަދަ!

ހުޅުދުއްފާރުގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާއާ ދެކޮޅަށް އަތޮޅު ތެރޭގެ ރަށްތަކުގައި ހިނގާލުންތައް ބާއްވަން ފަށައިފިއެވެ.

އެމްޑީއެންއާއި ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އެކު ހިނގާލުންތައް ކުރިޔަށް ގެންގޮސްފައިވަނީ ރަށުގެ އާއްމު ރައްޔިތުންގެ އިސްނެގުމަށެވެ. އެ ބޯޑުތަކުގައި ވަނީ ޖަމިއްޔާ އުވާލުމަށާއި، އިސްލާމް ދީނަށް ކުރާ ފުރައްސާރަ ހުއްޓުވުމަށެވެ.

ހުކުރު ދުވަހު އެކަނިވެސް ހަރަކާތްތައް ކުރިޔަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި ތ. ހިރިލަންދޫ، ރ. ހުޅުދުއްފާރު، ރ. ރަސްގެތީމު، އަދި ޅ. ނައިފަރު، ނ. މާފަރާއި ރ. އަނގޮޅިތީމުގެ އިތުރުން ހއ. ކެލާ އަދި ތ. ވިލިފުށި ހިމެނެއެވެ.

މި ރަށްތަކުގެ ރައްޔިތުން ގޮވާލާފައިވަނީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މީހުންނަށް ހައްގު އަދަބު ދިނުމަށެވެ. އަދި މިފަދަ ރިޕޯޓުތަކުގެ ސަބަބުން މިއަދުގެ ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރު އާއްމުން ފާހަގަކޮށްފައިވެއެވެ. ހިޔާލު ފާޅު ކުރުމުގެ ނަމުގައި ބޭނުންހާ އެއްެޗެއް ނުލިޔެވޭނެކަން ފާހަގަކޮށް ބައެއް ރަށްތަކުގެ އާއްމުން ވަނީ، އެމްޑީއެންއާއި މެދު ވީހާވެސް އަވަހަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.

އެމްޑީއެން އާދެކޮޅަށް ރަށްތަކުގެ އަޑު ގަދަ : ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ އިތުރުން، މި ރަށްތަކުގެ ކައުންސިލް އިދާރާތަކުންވެސް ވަނީ އެމްޑީއެންއާއި ދެކޮޅަށް ބަޔާން ނެރެފައެވެ.

“ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ހިމަނާފައިވުމުން އާއްމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަށްތަކުގެ ތެރެއިން، ބަޔަން ނެރުނު ރަށު އަދި އަތޮޅު ކައުންސިލްތަކުގެ ބަޔާނުގައި ވަނީ ރާއްޖެއަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގެނައުމަށް ބަޔަކު ކުރާ މަސައްކަތް ހުއްޓުވުމަކަށް ގެނަައުމަށެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް މިހާތަނަށް 30 ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. ބަޔާން ނެރުނު ކައުންސިލްތަކަކީ ހއ. ހޯރަފުށީ ކައުންސިލް، ހއ. އުލިގަމު ކައުންސިލް، ހދ. ނެއްލައިދޫ ކައުންސިލް، ހދ. ނައިވާދޫ ކައުންސިލް، ހދ. ކުޅުދުއްފުށީ ކައުންސިލް، ހދ. ނޮޅިވަރަމް ކައުންސިލް، ހދ. އަތޮޅު ކައުންސިލް، ނ. މާފަރު ކައުންސިލް، ނ. މަނަދޫ ކައުންސިލް، ނ. ލަންދޫ ކައުންސިލް، ރ. ކިނޮޅަހު ކައުންސިލް، ރ. އިނގުރައިދޫ ކައުންސިލް، ރ. މާކުރަތު ކައުންސިލް، ބ. ކިހާދޫ ކައުންސިލް، ބ. ގޮއިދޫ ކައުންސިލް، ކ. ގުރައިދޫ ކައުންސިލް، ކ. ހިންމަފުށީ ކައުންސިލް، ގއ. ގެމަނަފުށީ ކައުންސިލް، ގދ. ދެއްވަދޫ ކައުންސިލް، ގދ. ތިނަދޫ ކައުންސިލް، ގދ. ފިޔޯރީ ކައުންސިލް، ތ. ދިޔަމިގިލީ ކައުންސިލް، ތ. ތިމަރަފުށީ ކައުންސިލް، ތ. ކަނޑޫދޫ ކައުންސިލް، ތ. ކިނބިދޫ ކައުންސިލް، ތ. ވަންދޫ ކައުންސިލް، ތ. ވޭމަންޑޫ ކައުންސިލް، ތ. ހިރިލަންދޫ ކައުންސިލް، މ. ދިއްގަރު ކައުންސިލް އަދި ދ. މީދޫ ކައުންސިލް އެވެ.

“ނަބިއްޔާގެ ދިފާއުގައި” ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން — ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

ކައުންސިލްތަކުގެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ވެސް ހިލާފު ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ބަޔަކަށް ދައުވާ އުފުލަންޖެހޭނަމަ އެކަން ވެސް ކުރުމަށް ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން އެމްޑީއެންއިން ނެރުނު ފަދަ ރިޕޯޓެއް އިތުރު ބައެއްގެ ފަރާތުން ފަރާތުން ނާންނާނެ ކަމުގެ ޔަގީންކަން ކުރުމާއި ފަދަ އަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކުން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ، އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށް ވެސް ގޮވާލާފައެވެ. އަދި އެއާއި އެކު ދީނާއި ދެކޮޅު ނުވަތަ އެމްޑީއެންގެ ވާހަކަތަކަށް ތާއީދު ކުރާ ބަޔަކު ސަރުކާރުގެ ތެރޭގައި ތިބި ނަމަ އެ މީހުންވެސް ބޭރު ކުރުމަށް ވަނީ ގޮވާލާފައެވެ.

ހުޅުދުއްފާރުގައި “ނަބިއްޔާގެ ދިފާއުގައި” ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން — ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

ގާތްގަނޑަކަށް 125 ސޮފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. ޝަހިންދާ ބުނެފައިވާގޮތުން، ރައީސް ސޯލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ. އެމްޑީއެން ސަސްޕެންޑު ކުރުމުގެ މައްސަލައިގައި އާންމުން ބުނަމުންދަނީ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުން އެކަން ނުނިމޭ ކަމަށާއި އެ ޖަމްއިއްޔާ އަކީ ވަގުތުން އުވާލަންޖެހޭ ޖަމްއިއްޔާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: