ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިވެޓް ލިމިޓެޑް ތަ، ނޫނީ ޖޭޕީ ޕްރައިވެޓް ލިމިޓެޑް ތަ؟

ރައީސް ނަޝީދަށް ގާސިމްގެ ފާޑުކިޔުން އަމާޒުވާތާ ވަނީ ދުވަސްތަކެއް ވެފައި - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް އަލުން ކުރިމަތިލައްވަން އެ ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމަށް އެންމެ ބާރަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ. އެއާއި އެކު ރައީސް ނަޝީދު ވެސް ވަނީ އެންމެފަހުން ގާސިމްއަށް ރައްދު ދެއްވައި ވާހަކަ ދައްކަވާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް އަލުން ކުރިމަތިލައްވަން އެ ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމަށް އެންމެ ބާރަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ. އަންނަ މަހު ބާއްވާ އެ އިންތިހާބުގައި ރައީސް ނަޝީދު ވަނީ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން ރަސްމީކޮށް އިއުލާނު ކުރައްވާ ކެމްޕެއިންވެސް ފައްޓަވާފައެވެ. ނަމަވެސް، ގާސިމް ސިފަ ކުރެއްވި ގޮތުންނަމަ އެއީ އަބަދުމެ “ޕާޓީއަށް” ވެރިވެ ގަނެގެން ހުންނެވުމެވެ.

“އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލީމަ އެމަނިކުފާނު ތިންވަނަ ހަތަރުވަނަ ދައުރަކަށްވެސް ކުރިމަތިލާން. އަޅުގަނޑު ދަންނަވާލަން ނޫޅެން އެމްޑީޕީ އެއީ ‘އެމްޑީޕީ ޕްރައިވެޓް ލިމިޑެޓް’އޭ.. އަޅުގަނޑު ނޫޅެން އެއްގޮތަކަށްވެސް އެހެން ދަންނަވާކަށް.” ގާސިމް ވިދާޅުވިއެވެ.

އެކި ޖަލްސާތަކާއި ތަފާތު އެކި، ޕްލެޓްފޯމުތަކުގައި ރައީސް ނަޝީދުގެ ނަން ވިދާޅުވުމަށްފަހު ގާސިމް ރައީސް ނަޝީދަށް ފާޑުވިދާޅުވެއެވެ. އެގޮތުން، ރައީސް ސޯލިހްއަށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގެވުމާއި ތަފާތު އެކި މަސައްކަތް ރައީސް ނަޝީދު ކުރިޔަށް ގެންދަވާކަމަށް ބުނެ ފާޑުވިދާޅުވެއެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ގާސިމް ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު މީގެ އަހަރެއް ހާ ދުވަސް ކުރިން ފެށިގެން ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީނުގައި ސާބިތުވެ ތިބުމުން ކަންބޮޑުވަނީ ރައީސް ނަޝީދުކަމަށް ބުނެ ވާހަކަ ދެއްކެވިއެވެ. އަދި ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން ވަރަށް ގިނަ ހިޔާލުތަފާތުވުންތަކެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް ދީނީ ގޮތުން ހިޔާލުތަފާތުވުންތަކެއް ނެތްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ދިވެހީންގެ ދިރިއުޅުމަށް އައި ބަދަލުތަށް ކަމަށް ބުނެ ވާހަކަ ދައްކާ، އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް އެހެން ގައުމިއްޔަތެއް ގެނައުމަށް ދިވެހި ރައްޔިތުން އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފައިވެއެވެ. މިއީ ތަފާތު އެކި ފަހަރުމަތިން، ކުނޫޒުގައި މި މަހުގެ ތެރޭގައި ބޭއްވި ރަސްމުއްޔާތުގެ ތެރެއިން ގާސިމް ދައްކަވާފައިވާ ބައެއް ވާހަކަތަކެވެ. އަދި ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީން އޮވެގެން ކަންބޮޑުވެގެން އުޅެނީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.

“ރާއްޖޭގައި ގާތްގަނޑަކަށް އެއްހާސް އަހަރުވަންދެން އިސްލާމްދީން މި އޮންނަ އޮތުމާމެދުގައި ބަޔަކު ކަންބޮޑުވެގެން އުޅޭކަން، މީހަކު ކަންބޮޑުވެގެން އުޅޭކަން. މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ. އެ މީހަކީ ކާކުތޯ އަޅުގަނޑު، ކޮށި ކުޑަކޮށްލާފައި ގެންނަ ކަމަަށް ވަންޏާ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް މިއަދު ހުންނެވި މުހައްމަދު ނަޝީދު” ގާސިމް ވިދާޅުވިއެވެ.

ގާސިމް ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވޭ – ފޮޓޯ: ސަން އޮންލައިން

އެމްޑީޕީއަކީ ލާދީނީ ޕާޓީއަށް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައީސް ނަޝީދު ރައްދު ދެއްވީ، އެމަނިކުފާނު ޕާޓީގެ ރައީސްކަމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުުވުމުގެ ތެެރެއިންނެވެ. ރައީސް ނަޝީދު ވިދާޅުވީ ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށްވުރެ ދީނަށް އުޅޭ ބަޔަކު ރާއްޖޭގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އަދި އެމްޑީޕީ މެމްބަރުންނަކީ ލާދީނީ ބައެއް ކަމަށް ލޭބަލްކޮށް އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަމާލުކަން ދޭންޖެހޭ ވާހަކަތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށްވުރެ ދީނަށް އުޅޭ ބަޔަކު ރާއްޖޭގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ އެއްވަރަށް މިސްކިތައް ނަމާދަށް އަރާ ބައެއް ވެސް، ޒަކާތްދޭ ބައެއް ވެސް، ރޯދަ ހިފާ ބައެއް ވެސް، ހެޔޮލަފާ ނަސޭހަތްދޭ ބައެއް ވެސް، ރަނގަޅަށް އުޅޭ ބައެއް ވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގައި ވަކި ނޫޅޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާސިމްގެ މި ވާހަކަތަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ރައްދު ދެއްވައެވެ. ނަމަވެސް ގިނަ ދުވަސްތަކަަކަށްފަހު ގާސިމްއަށް ރައީސް ނަޝީދު ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ބަޔަކު ކިތަންމެ ބޭނުންވިޔަސް އެމްޑީޕީ ބައިބައި ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި، ގާސިމް އަބަދުވެސް އެކި ވަހަކަތަށް ދައްކަވާކަމަށް ވިދާޅުވެ ރައީސް ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް އިލްތިމާސް ކުރެއްވި އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމަށެވެ.

ސަބަބަކީ، ގާސިމް ދައްކާ ވާހަކައަކުން ޕާޓީއަށް އަންނާނެ މާ ބޮޑު ލޮޅުމެއް ވެސް ނެތީތީއެވެ. ރައީސް ނަޝީދު ވަނީ ހަމައެއާއި އެކު، ގާސިމްއަށް ރައްދު ދެއްވައި މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، ޕާޓީގެ ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްވެސް ހާސިލް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އޮންނާނެ ހުރަހެއްވެސް ނޯންނާނެ ކަމަށެވެ. ޕާޓީގެ މަގާމަކަށް އަައުމަކީ ކޮންމެހެން އަމިއްލަ އެދުން ބޮޑުވުން ނޫންކަަމަށް ވެސް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިއީ އެމަނިކުފާނުގެ ޕާޓީއެއް ކަމަށާއި ޕާޓީގެ ތެރޭގައި ހިނގަނީ ރައްޔިތުން އެދޭ ކަންތައް ކަން ވެސް ފާހަގަކުރައްވާފައެވެ.

“އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން މި ޕާޓީއެއް އިރާދަ ކުރެއްވިއްޔާ ބަހައެއް ނުލެވޭނެ، ބައިބައެއް ނުކުރެވޭނެ. އަޅުގަނޑަކީ އެމީހާއެއް ނޫން. އަޅުގަނޑަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހަދަން އުޅޭ މީހާއެއް ނޫން. އަޅުގަނޑަކީ ހަމަ އެންމެ ސިޔާސީ ޕާޓީއެއް ހެދުމުގެ ފިކުރު އަބަދުވެސް ހުރި މީހެއް. އަޅުގަނޑަކީ ހިތުގެ އަޑިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ގަބޫލު ކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ވަދެވެން އޮންނާނީ ވެސް އެންމެ ޕާޓީއެއް. އަޅުގަނޑަށް އުޅެވޭނީ ވެސް އެންމެ ޕާޓީއެއްގައި. އެއީ އިންސާނެއްގެ އޮންނާނީ އެންމެ ފިކުރެއް ވީމަ. އޭނާއަކަށް މާދަމާ ގޮސް އެހެން ޕާޓީއެއް ހަދާފައި، އޭގެ އަނެއް ދުވަހަ އަނެއްކާ ކޮއްކޮއަށް ޕާޓީއެއް ހަދައިދީފައި ދައްތައަށް ޕާޓީއެއް ހަދައިދީފަ، ބޭބެއަށް ޕާޓީއެއް ހަދައިދީފަ، އެހެނެއް ނުދެވޭނެ. އެއަކީ ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމެއް ނޫން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ، ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ – ފޮޓޯ: ސޯޝަލް މީޑިއާ

ގާސިމް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ތެރެއިން، މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި “ޖޭޕީ ޕްރައިވެޓް ލިމިޓެޑް” އޭ ވިދާޅުވެ ނަޝީދު ފާޑުވިދާޅުވި ކަމަށް ބުނެ ވާހަކަ ދެއްކެވެއެވެ. ނަމަވެސް މިހާރު ފެންނަނީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން އުޅުއްވާ ތަން ކަމަށާއި އެކަމަކު އެމްޑީޕީ އަކީ ނަޝީދުގެ އަމިއްލަ ކުންފުންޏެއް ކަމަށް ދޭހަވާ ގޮތަށް “އެމްޑީޕީ ޕްރައިވެޓް ލިމިޓެފްޑް” އެ ބަސް އެތައް ފަަހަރެއްގެ މަތީން ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހަތުން ގާސިމް ވަނީ، އޭނާ އެމްޑީޕީ ޕްރައިވެޓް ލިމިޓެޑް ނުވަތަ އެއީ ކުންފުންޏެކޭވެސް ވިދާޅެއް ނުވާނެ ކަމަށެވެ.

“މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑާ ދިމާއަށް، އަޅުގަނޑުމެންގެ ޕާޓީއާ ދިމާއަށް “ޖޭޕީ ޕްރައިވެޓް ލިމިޑެޓް” ކިޔައިގެން ވާހަކަ ދައްކަމުންދިޔަ، ހަމަ ޕާޓީއެއްގެ ރައީސް އެ ވާހަކަ ދައްކަވަމުންދިޔަ. އަޅުގަނޑު ދަންނަވާލަފާނަން. އާދެ….. އަޅުގަނޑު ދަންނަވާލަން ނޫޅެން އެމްޑީޕީ އެއީ ‘އެމްޑީޕީ ޕްރައިވެޓް ލިމިޑެޓް’އޭ.. އަޅުގަނޑު ނޫޅެން އެއްގޮތަކަށްވެސް އެހެން ދަންނަވާކަށް. ތިބޭފުޅުންނަށް ހީވީ، އަޅުގަނޑު ބޭނުންވީ އެއީ ޕްރައިވެޓް ލިމިޓެޑް އޭ ގޮވާނެހެން. ނޫން، އަޅުގަނޑު ނުދަންނަވާނަން އެއީ އެމްޑީޕީ ޕްރައިވެޓް ލިމިޓެޑް އޭ” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ. އެމްޑީޕީ އާއި ރައީސް ނަޝީދަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި : ފޮޓޯ- ސޯޝަލް މީޑިއާ

އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ އެމްޑީޕީގެ އެންމެ އިސްބޭފުޅާ ކަމަށް ވިޔަސް ނަޝީދު މިހާރު އަމަލުކުރައްވާ ގޮތާ މެދު ގާސިމް ސުވާލު ވެސް އުފެއްދެވިއެވެ. ޖޭޕީގެ ލީޑާޝިޕް ކަނޑައެޅުމުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެ ޕާޓީގެ ރައީސްކަމަށް ކުރިމަތި ލައްވާނީ ގާސިމެވެ.

ސިޔާސީ ގޮތުން ޖޭޕީއަށް ވުރެ މަތީ މަގާމަށް ދެވޭނެ އެހެން ބައެއް ނެތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ ޑިމޮކްރަޓިކް ހުރިހާ ހަމައެއް ބޭނުންކޮށްގެން ޖޭޕީ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާވެސް ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާން ވިދާޅުވީ، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާތީ އެ ކަމަށް “ސެލިއުޓް” ކުރައްވާ ކަމަށެވެ. އެހެންވެ، އަދުލުވެރިކަމާ އެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސްގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

“މަނިކުފާނު ވަރަށް ސާބިތުކަމާ އެކު ކެރިވަޑައިގެން ހުންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކުގައި. ކޯލިޝަން އޮތީ މަނިކުފާނާ އެކީގައި. ވަކި މީހަކު އެހެންނޭ، މިހެންނޭ ދެންނެވިޔަސް އަދި ކުލަވަރު ދެއްކިޔަސް ފިކުރު ބޮޑު ނުކުރައްވާ” ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު، ބަހުގެ ހަމަލާތަކެއް ރައްދުވާތާ ދުވަސްތަކެއް ވެފައިވާއިރު ގާސިމް ވަނީ، ނާޝިގަނޑަށް ދެ ރުފިލާލިޔަސް އެ ވެސް ގަބޫލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެކި ޕޯޑިއަމްތަކުގައި، އެކި މުނާސަބާތަކުގައި އެމްޑީޕީގެ ސިޔާސާތުތަކަށް ނުސީދާކަން ބޮޑުގޮތެއެްގައި ފާޑުކިޔަމުން ގެންދެވިއެވެ. އެހެން ނަމަވެސް، ހައިރާންވާންޖެހޭ ހިސާބަކީ ގާސިމްގެ ފާޑުކިޔުން ރައީސް ނަޝީދާއި، އެމްޑީޕީ ނޫން އެހެން ބަޔަކަށް އަމާޒު ނުވާތީއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މިއީ ކޯލިޝަންގެ މައްސަލައެއް ތޯ، ނުވަތަ ދެ މީހެއްގެ ދެމެދުގައި އުފެދިގެން އުޅޭ އަމިއްލަ ކޯޅުންގަނޑެއްތޯއެވެ. ޖަވާބު ވަރަށް ވެސް ސާފެވެ. ގާސިމަކީ އެއް އިރެއްގައި ވެސް އެމްޑީޕީން އެހާ ހިތް ރުހުނު ބޭފުޅެއް ނޫނެވެ. ސޯޝަލް މީޑިއާގައި ތަފާތު އެކި ބަސްބަސް ގާސިމްއަށް ފަހަަކަށް އައިސް އެ ފާޑުކިޔުންތަކާއި ޖެއްސުން ކުރުމަށް ރައްދެއް ނުދީ ނުހުރެވެނީއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަށްކަށް އައިސް މި ހިނގައިދިޔަ މުއްދަތުތެރޭގައި އެމަނުކުފާނު ދޫކުރައްވާ ކޮންމެ ބޭފުޅެއްވެސް ވަޑައިގަންނަވަނީ ގާސިމްގެ އަރިހަށެވެ. ސަލާމަތް ވުމަށް ކަމެއް، ނުވަތަ އިހުލާސްތެރިކަން ނެތީ ކަމެއް ނުވަތަ އެއިން ބޭފުޅެއްގެ މަގާމެއްގެ ދަހިވެތިކަން ހުރީކަމެއް ނޭނގެއެވެ.

މުއުމިނެއްގެ ގަޔަށް، އެއް ހަރަކުން ދެ ފަހަރަކު ކައްޓެއް ނުޖެހޭނެ ކަަމަށް ވިދާޅުވެ ނަޝީދަށް ފުރަގަސްދެއްވުމަށްފަހު ނަޝީދާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވިތާ އަހަރު ދުވަސްވެސް ނުވަނީސް މިއަދު އަނެއްކާވެސް ހާލަތު ބަދަލުވީ އެވެ. އެމްޑީޕީއިން މަހުޖަނުންގެ ވާހަކަ ދައްކަނީ އަލަކަށް، ނޫންނެވެ. އެދުވަހު އޭގެ ރައްދުގައި ގާސިމް ވިދާޅުވީ “ބަލަ ތިމާމެންގެ ކަންނެއްކަމުން މުއްސަނދިނުވުމަކީ އެމީހެއްގެ މައްސަލައެއް ނޫން” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: