ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ބިރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނަން: އަލީ ޒައިދު

ވަޒީފާގެ ބޮރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނެކަމަށް އަލީ ޒައިދު ވިދާޅުވެއްޖެ. ފޮޓޯ:ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު ދެއްކިޔަސް ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމްގެ ދިފާއުގައި އަޑުއުފުލުމަށް ފަސްނުޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ލެކްޗަރަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ޓުވީޓު ކުރެއްވީ އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް އެންގުމާއި ގުޅިގެންނެވެ. އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ވަޒީފާގެ ބިރު ދެއްކިޔަސް ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމްގެ ދިފާއުގައި އަޑުއުފުލުމަށް ފަސްނުޖެހުމަށް ގޮވާލައްވާފައެވެ. އެގޮތަށް ބިރު ދެއްކުމަކީ ފަހަތަށް އެއްލާލެވޭ ވަރަށްވުރެ ބޮޑު ޖަރީމައެއް ކަމަށާއި އެމްޑީއެންގެ ދިފާއުގައި އެމްޑީޕީގެ ބައެއް އިސްވެރިން އުޅޭ ކަމީ ހަޤީޤަތް ކަމަށެވެ. ޒައިދު ވިދާޅުވީ ސަރުކާރުގެ ނަން ހަޑިވެފައިވާ ކަމަށެވެ.

https://twitter.com/alizaid1000/status/1184869302354104323

އެމްއެންޔޫގެ ލެކްޗަރައިން އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން އަންގާފައިވަނީ އެޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު، މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައިއެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އެމްއެންޔޫގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖްތަމައު ހަލަބޮލި ވާ ގޮތަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއްމުންގެ ޝަކުވާތައް ލިބެމުންދާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅޭ ވާހަކަ ނުދައްކަން އެންގިއިރު، އެ ޖަމިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ވާހަކަ ދައްކަވަމުން އަންނަ ދެ ބޭފުޅުންނަކީ އެ ޔުނިވާސިޓީގެ އިސް ދެ ބޭފުޅުންނެވެ. އެއީ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް އަބްދުލް ލަތީފާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރާއަކަށް ހުންނެވި އަލީ ޒައިދެވެ. އެ ދެ ބޭފުޅުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލައި ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: