ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ބަންދުކުރަން ގޮވާލާ އަޑު އިވޭނީ 2023 ޖެހުމުންތޯ؟

ޝޭޙް ޑރ މުހައްމަދު އިޔާޒް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އަދިވެސް ބަންދުނުކުރާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ޖަމިއްޔާ އުވާލަން ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުން ވެސް ސަރުކާރަށް ގޮވާލަމުން އަންނައިރު، އިޔާޒު ވަނީ އެމްޑީއެން ބަންދުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުންދާއިރު އެ އަޑު ކަމާބެހޭ ފަރާތްތަކުގެ ކަންފަތަށް އަޑު އިވޭނީ 2023 ޖެހުމުންތޯ ސުވާލުކުރައްވާފައެވެ.

“ވެރިއަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް. އެކަމަކު ހާސް ދުވަހަށް ވުރެ ބާރު ގަދަވާނެ” އިޔާޒު ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1185090732660379649?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1185090732660379649&ref_url=https%3A%2F%2Fwww.addulive.com%2F165610

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގޮވާލަމުންދާއިރު، އެމްޑީއެންގެ ރިޕޯޓު ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި، ރިޕޯޓު އިސްލާހުކޮށް އަލުން އާއްމު ކުރާނެ ކަމަށް ބުނެ ރިޕޯޓު ނެގިޔަސް މިއީ އޮޅިގެން ކުރިކަމެއްނޫނެވެ. މިއީ ހަމަ ގަސްތުގައި ކެރިގެން ތިބެ ހިންގާފައިވާ އަމަލެކެވެ.

ރިޕޯޓުގައި މިފަދަ ވާހަކަތަކެއް ލިޔެފައިވާއިރު 2017 ވަނަ އަހަރުގެ ފަހުކޮޅު ޝަހިންދާގެ ޓްވީޓެއް ފެންމަތިވެގެން ދިޔައެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނެކަމަށް އޭރުގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވި ހަބަރެެއް ރީޓްވީޓުކޮށް ޝަހިންދާ ބުނެފައިވަނީ “މި ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތަ،” އެވެ. މިއީ އެ އަހަރުގެ ޑިސެބަރު 20، ގައި އޭނާ ކުރި ޓްވީޓެކެވެ. މިފަދަ ޓްވީޓުތައް އޭނާގެ ފަރާތުން ފެނުމަކީ އާންމުކަމަކަށް ވާއިރު، އެނާ ގަބޫލުކުރާގޮތުން މިވެސް “ބަޔަކު އަމިއްލަ ގޮތަކަށް މާނަކޮށްގެން” ދައްކާ ވާހަކަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: