ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް، ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް - ފޮޓޯ: އެމްޑީޕީ ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް ކަމަށާއި އެހެން ކަމުން ސަރުކާރެއްގެ ގޮތުގައި ޕާޓީއަށް ހާސިލް ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް  ނަޝީދު ވަނީ ދަރުބާރުގޭގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބަދަލުވުމަކީ އެމްޑީޕީގެ ރައީސްކަމުގެ އާ ދައުރަކަށް ކުރިމަތިލައްވާ ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެން ބޭއްވެވި ބައްދަލު ވުމެކެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް އެބައޮތް ކަމަށާ އެމްޑީޕީގެ މެންބަރުންގެ ތަސައްވުރެއް ވެސް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުންދަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެއް، ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ރައީސް ސޯލިހު ހިންގަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތަކެއް ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއް ހިންގުމަކީ އެމްޑީޕީ ވަރަށް ބޭނުން ވި ކަމެއް ކަމަށެވެ. އަދި މިއަދު އެ މިސްރާބާއި އެކު ކުރިޔަށްދާއިރު، ކުރިޔަށް ފެންނަން އޮތީ ވެސް ސާފު މަގެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީއަށް ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވަނީ މަޖިލީހުގައި ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް ކަމަށެވެ. އެހެން ކަމުން ޕާޓީއަށް އަދި ސަރުކާރަށް ވެސް ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި ހެޔޮ ގޮތުގައި ރާއްޖެ ބަދަލު ކުރުމަށް އައި ބަޔަކަށް ކަންކަން ކުރިޔަށް ގެންދާން ވާނެ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ހުރަހެއް އޮވެގެން ވާނެ ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ކުރިޔަށް ދިއުމަށް ކުރާ މަަސައްކަތުގައި އަބަދުވެސް ވާދަވެރިން ތަފާތު އެކި ރޭވުންތައް ރާވާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ ޕާޓީގެ ސާބިތުކަމަށް ގުޑުން އަރުވާލެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީ ނުވަތަ އެމަނިކުފާނަށް ކިތަންމެ އެއްޗެއް ވިދާޅުވިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާސިމް މެން ފަދަ ބޭބޭފުޅުން އަބަދުވެސް، ޚިޔާލު ތަފާތުވުން އުފައްދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.ނަމަވެސް، ޕާޓީގެ ތެރެ ބަހާލާ، ބައިބައި ކުރުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަން ޕާޓީގެ ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެއްގޮތަކަށް ވެސް އުޅުއްވަނީ ސިޔާސީ ޕާޓީއަކަށްފަހު ސިޔާސީ ޕާޓީއެއް އުފައްދަވާކަށް ނޫން ކަމަށެވެ. އެމަނިކުފާނަކީ އަބަދުވެސް ސިޔާސީ ޕާޓީއެއެް އުފެއްދުމުގެ ވިސްނުމެއް ހުރި ބޭފުޅަަކަށް ވީއިރު، ވަދެވެން އޮންނާނީ ވެސް އެންމެ ޕާޓީއަކަށް ނޫންތޯ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންސާނެއްގެ އެންމެ ފިކުރެއް އޮންނައިރު ބޭނުންހާ ބަޔަކަށް ޕާޓީއެއް ހަދާ ދިނުމަކީ ކޮން އުސޫލެއްތޯ ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: