ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިވް ވަޒަނާއި އެކު، ރައީސް ނަޝީދަށް ހައި ސެކިއުރިޓީއެއް؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދުު ނަޝީދުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށް ލައިވް ވަޒަން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ރައީސް ނަޝީދުގެ އެދުމުގެ މަތީން ލައިވް ވަޒަނާއި އެކު އިތުރު އެސްޕީޖީ ސިފައިން ހަމަޖައްސައި ސެކިއުރިޓީ ހަމަޖައްސާފައިވާކަމަށް ދެކެވޭ ވާހަކަތަށް ސާފު ކުރުމަށް ސަންގުއިން މަސައްކަތް ކުރުމުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ ސެކިއުރިޓީ އާއި ގުޅޭ މައުލޫމާތުތަކަކީ ކްލެސިފައިޑް މައުލޫމާތުތަކެއް ކަމަށެވެ. އެހެން ކަމުން ވީއައިޕީއިންގެ ސަލާމަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެވޭނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ލެވެލްގެ ކަންކަމާ ގުޅޭ ގޮތުންވެސް މައުލުމާތު ނުދެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ލައިވް ވަޒަނާއި އެކު، ހައި ސެކިއުރިޓީ ސިފައިން ފޯރުކޮށްދެނީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: