ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންނަކީ ލާދީނީ ބައެއް ނޫން، އަޅުގަނޑުމެންހާ ދީނީ ބައެއް ނޫޅޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ލާދީނީ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ވުރެ ރަނގަޅަށް އުޅޭ ބައެއް ނޫޅޭނެ ކަމަށް އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އަދި އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ބުނެ ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ރައީސް ނަޝީދު ގޮވައިލެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ވުރެ ގިނައިން ޒަކާތް ދައްކައި ރަމްޟާން މަހު ރާދަ ހިފައި ފަރުޟު ފަސް ނަމާދު ކޮށްގެން އުޅޭ ބަޔަކު މި ރާއްޖޭގައި ނޫޅޭނެ ކަމަށާއި އެހެން ކަމުން އެމްޑީޕީއަކީ އަދި ހުދު އެމަނިކުފާނަކީ ވެސް ލާދީނީ ބޭފުޅެއް ނޫން ކަމަށާއި އެފަދައިން ނުބެނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މޯޑިވްސް ޑިމޮކްރެސީ ނެޓްވޯކް އެމްޑީއެން ނެރުނު ރިޕޯޓާއި ގުޅީގެން އެމްޑީޕީ ބައެއް މެމްބަރުން އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ވާހަކަ ދައްކާ ކަމަށް ބުނެ އެމްޑީޕީ އަކީ ލާދީނީ ޕާޓީއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: