ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅެ އުޅެ ޕީޖީ ބިޝާމް ވަކި ކުރެވޭނެ ހާލަތެއް ނައި، ބިޝާމް ވަކިކުރާ މައްސަލަ ކޮމިޓީއިން ބާތިލު!

ބިޝާމް ވަކި ކުރުމުގެ މައްސަލަ ކޮމިޓީން ބާތިލުކޮށްފި - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް އެ ނިންމުން ބާތިލުކޮށްފިއެވެ.

ޕީޖީ ބިޝާމް ބޭރުކުރަން، އިއްޔެ ތާއީދުކޮށް ވޯޓުދެއްވި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މިއަދު ކޮމިޓީއަށް އަލުން ހުށަހެޅުއްވީ، ޕީޖީ މަގާމުން ދުރުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް އިއްޔެ ނިންމި ނިންމުން ބާތިލް ކުރުމަށެވެ. ޕީޖީ ވަކިކުރާ މައްސަލަ ބާތިލް ކުރުމަށް ޖީހާންހުށަހެޅުއްވީ، ބިޝާމް މަގާމުން ބޭރު ކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.

މައްސަލަ ބާތިލު ކުރުމަށް، ޖީހާންގެ ހުށަހެޅުމަށް ހަޔަތު މެމްބަރަކު ތާއީދު ކުރިއެވެ. ސިރާޖު ހުށަހެޅުއްވި އެ މައްސަލަ ކޮމިޓީން ބާތިލު ކުރިއިރު ސިރާޖު އެ ކޮމިޓީއަށް ބުރާސްފަތި ދުވަހު ހާޒިރުވެވަޑައިގެންފައި ނުވެއެވެ.

ސިރާޖު ޕާޓީގެ އުސޫލާއި ހިލާފުވީ ކޮން ގޮތަކުން ކަމެއް ސާފު ނުވީ ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި ޖީހާން އެ ނިންމުން ބާތިލުކޮށްފައިވަނީ ސިރާޖް އެ މައްސަލައާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕާއި އެކު އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާތީއެވެ.

ނަމަވެސް މިފަހުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވެސް ވަނީ އެމްޑީޕީގެ މެންބަރަކު ހުށަހަޅުއްވައިގެން، ސީއެސްސީގެ ނައިބު ރައީސް ވަކިކުރުމުގެ މަސައްކަތް ކުރުމަށް ފާސްކޮށްފަ އެވެ. އަދި އެކަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދި ފަހުން އިއުލާން ވެސް ކުރެއްވި އެވެ. އަދި އެ މެންބަރު ވެސް އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާނުކޮށް ކަމަށްވެސް އަޑުތައް ފެތުރިގެން ދިޔައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީ ބިޝާމް ވަނީ، އޭރު މުޒާހަރާތަކުގަ އާއި އެހެން ވެސް ތުހުމަތުގައި ތަކުގައި ހައްޔަރު ކުރި އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔަ އާންމު ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުއްލަވައިފަ އެވެ. އަދި އެގޮތަށް ހައްޔަރު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ވޭތޯ ޕީޖީ ބައްލަވަމުން ގެންދަވާފަ ވެސް ނުވާ ކަމަށް މަޖިލީހުގެ މެންބަރުން ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައި ޕީޖީ އޭނާގެ ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޕީޖީ ވަކިކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ތާއީދު ނުލިބޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އެމްޑީޕީއަށް އަމާޒުވެފައިވެ އެވެ. ބައެއް ފަރާރްތަކުން ތުހުމަތު ކުރާގޮތުން ބިޝާމް އެ މަގާމުން ވަކި ކުރުމަށް އެމްޑީޕީން ބޭނުމެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: