ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ފުލުހުންނަށް: ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާ

ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތު. ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އެދުމާ މަޞްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަޞްލަހަތާ އުއްމީދުތައް އިސްކުރާ ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަރަފްގެ ނިޝާނާއި ކުލަ ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރާދާންވާނީ ރައްޔިތުންގެ މަޞްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުއްމީދުތައް އިސްކުރާ ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކޮންމެ މީހެއްގެ ކިބައިން ޚާއްޞަކޮށް މިއަދު ޕްރޮމޯޝަން ލިބުނު ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާ މުޙިއްމު ދެކަމެއް އެބައޮތްކަމަށެވެ. އެއީ ތިމާގެ އެދުމާއި މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާއި މަސްލަހަތު އިސްކުރުމާއި، މުއައްސަސާގެ އިތުބާރު ހޯދާ ދަމަހައްޓަން މަސައްކަތްކުރުމެވެ.

ފުލުހުންގެ އެންމެ އިސްވެރިންވެސް ތިއްބެވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކިބައިން ޚާއްޞަކޮށް މުއައްސަސާގެ އިސްބޭފުޅުންގެ ކިބައިން ރައްޔިތުން އުއްމީދުކުރާނެ ކަމެއް އެބައޮތްކަމަށެވެ. ރައްޔިތުން ބޭނުންވާ އެއްކަމެއް އެބައޮތްކަމަށެވެ.

“އެކަން އެހެންވާންޖެހެނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހެދިބޮޑުވެގެންދަނީ، މުއައްސަސާތައް ދެމެހެއްޓިގެންދަނީ މުއައްސަސާތައް ފުރިހަމަވެގެންދަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެންކަމަށްވާތީ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިޠުލްމާލުން، ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީންކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަންޖެހޭކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާއަކީ އަޅުގަނޑުމެން ވަރަށްބޮޑު އުއްމީދެއް ވަރަށްބޮޑު އެދުމެއް އޮތް މުއައްސަސާއެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

” ރައްޔިތުން މިމުއައްސާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް އެބަހުރި. އާދެ، ތިޔަބޭފުޅުން ވިސްނަވާ. ރައްޔިތަކަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދަކު އެންމެ ފުރަތަމަ މުއައްސަސާތަކުގެ ތެރެއިން ހަނދާނަށް އަންނަނީ ފުލުހުންގެ މުއައްސަސާ. ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް، އެވަގުތު އެކަމުން ސަލާމަތްވާން ދަނީ ފުލުހުންނާ ދިމާއަށް، އަލިފާނުގެ ހާދިސާއެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާއިލާގެ ތެރޭގައި މައްސަލައެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، މުދަލަށް ގެއްލުމެއް ލިބުނަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާދެ އެހެންކަމުން ރައްޔިތުން އުއްމީދުކުރޭ މީގެއިން ކޮންމެ ވަގުތެއްގައި ކޮންމެ ހާލަތެއްގައި އެންމެ އަވަސްކަމާއި އެންމެ ފުރިހަމަކަމާއެކު ފުލުހުންގެ މުއައްސަސާއިން ރެސްޕޮންޑްކުރުން. އަދި އެވަރަކުން ނުނިމޭ، ރައްޔިތުން އެދޭ މިންވަރަށް ރައްޔިތުން އެދޭގޮތަށް އެކަންކަމަށް ރެސްޕޮންޑްކުރުން އެއީ މިމުއައްސަސާގެ އެންމެ މުޙިއްމު އެންމެބޮޑު އެއް އަމާޒު. ” މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން ކުރަމުން މިދަނީ އެމަސައްކަތް ކަމަށާއި، ހަވާލުކުރެވިފައިވަނީވެސް އެމަސައްކަތްކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ސަލާމަތާއި، ރައްކާތެރިކަން ކަމާއި، ސުލުހަ މަބަލަސްކަމާއި، ހަމަޖެހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދެނީ އެމީހުންނަށް ދަތިވެ އުނދަގޫވާ ވަގުތު، ކަމެއް ބޮޑުވާ ވަގުތު އެކަމުން ސަލާމަތްވާނެ މަގުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގައި އެންމެ މުޙިއްމު ޒިންމާއަކާއި، މަޞްޢޫލިއްޔަތެއް އޮތް ފަރާތަކީ އަޅުގަނޑުމެންކަމާމެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރާނެކަމަށް ފުލުހުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތު. ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓަރުގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށް އެދި އެވާހަކަ ތަކުރާރު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: