ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ތިބެނީ މަޅި ޖަހާފައި. ވާގަނޑު އޮންނަނީ ޖޭއެސްސީގައި، ނުރުހޭނަމަ ކަރަށް ބާރުކޮށްލާ- ޝުޖާއު

ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން ތިއްބަވަނީ ޖޭއެސްސީގެ މުށުތެރޭގައި ފިއްތާލާފައި ކަމަށް ދޭހަވާ މޭރުމަކުން ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ޝުޖާއު ވާހަކަދައްކަވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ ކޯޓު ތަކުގެ ފަނޑިޔާރުން މައްސަލަ މިހާރު އޮންނަނީ ” ސުލޫކީ މައްސަލައެއް ހުށަހެޅިއްޖެ ކަމަށް މިއޮންނަނީ، މަޅި އެއް ޖަހާ ފަނޑިޔާރުގެ ކަރަށް މިއޮންނަނީ މަހާލާފަ. ވާގަނޑުގެ ކޮޅު އޮންނަނީ ޖޭއެސްސީގައި. ދެން މިހެން ހަދާށޭ މި ބުނަނީ. ނުހަދައިފިއްޔާ މަޅި ބާރު ކޮއްލަނީ.” މި ސިސްޓަމަށް ރާއްޖޭގެ ޖުޑިޝަރީ ގެންދަން ޖޭއެސްސީ ވިޔަސް ސަރުކާރުން ވިޔަސް މަސައްކަތް ކުރާއިރު އިދިކޮޅު ކޯލިޝަނުން ބަލަން ނުތިބޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނިކުންނަން ވެޖެއްޔާ މަގުމައްޗަށްވެސް ނިކުންނާނެ ކަމަށާއި އެނބުރި ވަންނާނީ މަޤުސަދު ހާސިލްކޮށްފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކެނެރީގޭ މުޙައްމަދު ނަޝީދުގެ ބޭނުމަަކަށް ވާނީ އާމާލު ކުލޫނީ ފަދަ ދޮން ބޭފުޅުން ދިވެހި ރާއްޖޭގެ ސުޕްރިމްކޯޓުގައި ހުކުމް ކުރަން ތިއްވަން ކަމަށާއި އެކަން ރައްޔިތުންގެ ސަމާލުކަމަށް މީގެ ކުރިންވެސް ގެނެސްފައިވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކޯޓުތަކުގެ ހުކުމް “ޕްރިންޓް” ވެގެން އަންނަނީ ކެނެރީގެއިން ކަމަށްވާން އެއްވެސް ރައްޔިތަކުގެ ބޭނުން ނުވާކަމަށެވެ. މިހާރު ރާއްޖޭގައި ކަން ހިނގަމުން ދަނީ މިގޮތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވަނީ ޖުޑިޝަލް ސާވިސް ކޮމިޝަންގައި ކަމަށާއި ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ސީދާ ނަޝީދު ނުފޫޒު ފޯރުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“މި ދަންނަވަނީ ތޯތޯ ވާހަކައެއް ނޫން. ނަޝީދު ސީދާ ހުކުމްތަށް ވަކި ގޮތަކަށް ނިންމުމަށް އަންގާފައި ހުރި ކަމުގެ މައުލޫމާތު ކޯލިޝަންގެ އަތުގައި އެބުރި. ޓެކްސްތް ކުރައްވަނީ އިންގޭތޯ މެސެޖު ކުރައްވަނީ. އަޅުގަނޑުމެން ވެރިކަމުގައި އޮތް އިރު އެންމެ ބޮޑަށް ތުހުމަތު ކުރީ ޖުޑީޗަރީއަށް އަޅުގަނޑުމެން އަތްބާނާ ވާހަކަ. އެކަމް އަޅުގަނޑުމެންނަށް މިއަދު ހެކި ލިބިފަ މިހުރީ އެމަނިކުފާނު މެސެޖު ފޮނުވާފަ މިވެނިގޮތަކަށް މިވެނި ކަމެއް ކުރުމަށް ނުފޫޒުފޯރިވާފަ. ހަމަ އެކަނި އެމަނިކިކުފާނެއް ނޫން. ޖުޑިޝަލް ސާވިސް ކޮމިޝަންގައި ތިއްބެވި އެހެން ބޭފުޅުންގެ އަމަލުތަށްވެސް ހުރި ކަމުގެ މައުލޫމާތު ލިބިފައި އެބަހުރި. ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ކޯޓުތަކުން ކަނޑައަލާ ހުކުމް ޕްރިންވެގެން އަންނަތަނަަކަށް ކެނެރީގޭ ވާކަށް ޖާގައެއް ނުދޭނަން”

ސުޕްރިމް ކޯޓުން ނިންމާ ނިންމުމެއް ބެލޭނެ އެއްވެސް ޤާނޫނީ ހުއްޖަތެއް ނުވަތަ އިހުތިޔާރެއް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ބެލޭނެ ކަމަށް ޖޭއެސްސީގެ މެންބަރުންނަށް ވިސްނޭކަމަށް ވާނަމަ އެ މައްސަލަ ބެލެންޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޖޭއެސްސީއިން އިސްނަގައިގެން މިހާރުން މިހާރަސް ބަލަންޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ކޯޓެއްގެ ފަނޑިޔާރު ވަގަށް ނެގި މައްސަލަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ވަގަށް ނަގައިގެން ރައްޔތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް ވަނީ ހުކުމް އިއްވާ އެ ހުކުމް މިހާރު ވަނީ މަޑުޖައްސާލާފައި. ސުޕްރިމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ބަސްކިޔާ ފަރާތަކަށް ޖޭއެސްސީ ވާ ކަމުގައި ވަންޏާ މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ވަގަށް ނެގި ފަނޑިޔާރުގެ ޙައްގު ހޯދަން. އެ މައްސަލަ އެބަ ބެލެންޖެހޭ.”

ޝުޖާއު ވިދާޅުވީ ރައްޔިތުން ސަރުކާރުގައި ހަމައެކަނި އެދެމުން ދަނީ އެމްޑީއެން އުވާލަދޭން ކަމަށާއި އެވަރު ކަމެއް ސަރުކާރަށް ނުވާންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ. މިސަރުކާރު ލާދީނީ ކަމުން ހައްދުން ނެއްޓިފައިވާ ކަމަށާއި އިސްލާމީ ވަންތަކަމުގެ ސިފަ އެއްވެސް ވެރިއެއްގެ ގައިގައި ނެތް ކަމަށް ވިދާޅުވވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: