ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި: ޕްރޮފެސަރ އުގެއިލް

ޕްރޮފެސަރ ހަސަން އުގެއިލް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލެއްވުން އެދި ޕްރޮފެސަރ ހަސަން އުގެއިލް އެބޭފުޅާގެ ހިޔާލު ފާޅުކޮށްފިއެވެ.

ޕްރޮފެސަރ އުގެއިލް ކުރެއްވި ފޭސްބުކް ޕޯސްޓެށްގައި ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ ކަމަށާއި ޢެ ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެކަމަށާއި އިސްލާމް ދީނަށާއި ރަސޫލާއަށް ހަޖޫޖަހާ މީހުންނަށް މާތްﷲ ލައުނެތް ލެއްވުމަށް އެދިވަޑައިގެންވަޑައިގެންފާވެއެވެ.

މިފަދައިން ޕްރޮފެސަރ އުގެއިލް ޕޯސްޓް ކުރަށްވާފައިވަނީ  އިސްލާމްދީނަށާއި ރަސޫލާޔަށް ހަޖޫ ޖަހާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކްއިން ނެރު ރިޕޯޓަކާއި ގުޅިގެންނެވެ. އެމްޑީއެންގެ މި ރިޕޯޓަކީ 2016 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ރިޕޯޓް ވަނީ ޝާއިއުކޮށްފައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލުކަމަށް އައީ މި އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ. ފާޑުކިޔުންތައް ބޮޑުވުމުން މިހާރު ރިޕޯޓް އަނބުރާ ގެންގޮސްފައިވަނީ ބައެއް ބަދަލުތައް ގެންނަން ކަމަށް ބުނެއެވެ.

މިފަހުން ގިނަ ދީނީ އިލްމްވެރިންތަކެއްވެސް މިޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފާ ވެއެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރުއަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމްޑީއެންވަނީ ޔޫތް މިނިސްޓްރީން ވަގުތީގޮތުން ސަސްޕެންޑް ކޮކުރަށްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: