ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޖެންޑާ19 ދިދަ ހިފައިގެން ނަޝީދު އުޅުއްވަނީ ޖުޑިޝަރީއަށް އަތް ބާނަން: ސައީދު

މެންބަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެޖެންޑާ ނަވާރާއިގެ ދިދަ ހިއްޕަވައިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ޖުޑިޝަރީ ތެރެއަށް އަތްބާނަމުން ދާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުވިދާޅުވެއްޖެއެވެ.

ސުޕްރިމް ކޯޓުގެ ހުކުމެއް ޖޭއެސްސީއަށް ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ އަޙުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވީ ހިނދު ޖޭއެސްސީއިން ސުޕްރިމްކޯޓުގެ ފަނޑިޔާރުންގެ އިހުތިސާސްތަކަށް އަރައިގެންފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވާތީ އެކަމާ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ބާރުތަށް ވަކިކޮށް ޖުޑިޝަރީ އަދި ގާނޫނު ހެދުމަކީ ވަކި ބާރެއް ކަމުގައި ކަނޑައަޅައިފައި ވީހިނދު އެޖެންޑާ 19ގެ ތެރެއިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖުޑިޝަރީ އިސްލާހު ކުރުުމުގެ ވާހަކަ ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑިޝަރީތެރެއަށް އަތްބާނަމުންދާ ކަމަށް ސައީދުވަނީތުހުމަތުކުރައްވާފައެވެ.

” ވަކި ވަކި ފަނޑިޔާރުންނަށް ގުޅާ ވަކި ގޮތަކަށް ކަން ނިންމުމަށް ސަރުޚާރުން މަސައްކަތް ކުރަމުންދާ އެބަދޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މި ސަޤާފަތް ކުރިއަށް ނެރުއްވާކަން އެބަ ފާހަގަކުރަން”

2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޖުޑިޗަޝަރީއަކީ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތްތަނެއް ކަމަށާއި ޖުޑީޗަރީގެކޮންމެ ނިންމުކަމަށް ޕީޕީއެމް ސަރުކާރުގައި އޮތް އިރުވެސް ދިޔައީ އިހުތިރާމްކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއާއި ވެރިކަމް ހަވާލުވާ ކޮންމެ ފަހަރަކު ޖުޑީޗަރީއަށް ނުފޫޒުފޯރުވުމުގެ ނާތަހުޒީބު އަމަލު ފެންނަމުންދާ ކަމަށެވެ.

މިހާރު އެކަން އެގޮތަށް ކުރުމުގެ ބޭނުމެއް އޮތްކަން ފާހަގަކޮށް ސައީދު ވިދާޅުވީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ މަސައްކަތްތަކެއް އެބުނާ އަނދިރި ދައުލަތުން ކުރަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް އެމްޑީއެން އުވާނުލާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވަމުންދާކަން ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާ އިސްލާހު ކުރަން ކަމަށް ވިދާޅުވެ ސައުތު އެފްރިކާގެ ބޭފުޅަކު ރާއްޖެއަށް ގެންނަވާ ފުރަތަމަވެސް މަޝްވަރާ ކުރެއްވީ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ކަމަށް ވިދާޅުވިއެވެ. އެއީ ނާތަހުޒީބު އަމަލެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ދިވެހިރާއްޖެގެ ދުސްތޫރީ ނިޒާމް ބައްޓަންވެފައި އޮތީ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ކަމަށެވެ. އެޖެންޑާ 19ގެ އިސްލާހޭ ނުވަތަ “ރިފޯމްއޭ” ވިދާޅުވެ ކޯޓުތަކުގެި ތިއްބވެި ފަނޑިޔާރުން ހައްޔަރުކޮށް ނުވަތަ ވަޒީފާއިން ވަކިކުރާތަން ބަލަން ނުތިބެނެ ކަމަށް ސައީދު ވިދާޅުވިއެވެ.

” މިއަދު ޖޭއެސްސީގައި ތިއްބެވީ ރައިސް ނަޝީދުއާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ ބޭފުޅުން. ޖޭއެސްސީއަކީ އެމްޑީޕީގެ ބެންޗަކަށް މިވަނީ ވެފައި” ސައީދު ވިދާޅުވިއެވެ.

އެޖެންޑާ19ގެ ތަންފީޒު ކުރަން ޖުޑިޝަރީ ތެރޭގައި ހިންގާ ހަރަކާތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެ އިތުރު ފުން އަނދަވަޅަކަށް ވެއްޓުން ކަމަށ ސައީދު ވިދާޅުވިއެވެ. ލާދީނީ ސިޔާސަތު ހާސިލް ކުރުމަށްޓަކައި ކޯޓުތަކުގައި ތިއްބެވި އިސްލާމީ ޝަރީޢަތް ދަންނަ ބޭފުޅުން ވަކިކޮށް އެމްޑީޕީއިން ބޭނުންވާ ބަދަލު ގެނެސްގެން މުޅި ދައުލަތް އެޖެންޑާ 19ގައި ޙާސިލް ކުރަން ބޭނުންވާ ގޮތަށް ބައްޓަން ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: