ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރިވެ ކުއްޖަކު ހުއްޓަސް، 10،000 ރުފިޔާ ނުލިބޭނެ! އެއީ ފޭކެއް!

މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަނިވެރި މައިންނާއި ބަފައިންނަށް އެލަވަންސް ދެނީ، ފަގީރުކަމުގެ ހާލަތުގެ ދަށުން ކަމަށާއި ދަރީންގެ އަދަދަށް ބަލައި 10،000 ރުފިޔާއަކީ އެންމެ ބޮޑުވެގެން ލިބޭ އަދަދު ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

އެކަނިވެރި މައިންނާއި، ބަފައިންނަށް ދޭ އެލަވަންސްއާއި ގުޅޭގޮތުން ނިންމި ނިންމުމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އޮޅުން އަރާފަދަ ގޮތަކަށް ވަނީ ހަބަރު ފެތުރިގެން ގޮސްފައެވެ. އެގޮތުން، ސޯޝަލް މީޑިއާގައި އެކަނިވެރި މައިންނާއި، ބަފައިންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް ޕޯސްޓުތައް ބައެއް މީހުންކޮށްފައިވެއެވެ.

ރައީސް އޮފީހުގައި، މީޑިއަތަކާއި އެކު ބޭއްވި “ނުވަގަޑި ސައި” ގައި ޝައުނާ ވިދާޅުވީ އެ ހަބަރު ވަރަށް ބޮޑަށް މިސްލީޑު ވެފައިވާ ކަމަށެވެ. އެގޮތުން “އެކަނިވެރި މައިންނާއި، ބަފައިންނަށް” ދެވޭނެ އެންެމެ ބޮޑު އަދަދަކީ 10،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާކަމަށް ބުނުމުން، ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުނީ އެއީ އެކަނި ދަރިފުޅު ބަލަހައްޓާ ކޮންމެ މީހަަކަށް 10،000 ދިނުން ކަމުގައި ވިސްނުނު ކަމަށެވެ. ނަމަވެސް، އެއީ ހަމައެކަނި އުސޫލުތަކަށް އައި ބަދަލެއް ކަމަށާއި ކުއްޖަކަށް މިހާރުވެސް ލިބޭނީ 1،000 ރުފިޔާ ކަމަށެވެ. ނަމަވެސް، މިހާރު އައިސްފައިވާ ބަދަލަކީ މީގެ ކުރިން އެމީހެއްގެ 18 އަހަރު ނުވާ ކުދިން ކިތަންމެ ގިނަ ވިޔަސް 3،000 ރުފިޔާ ލިބޭ އުސޫލަށް ކަމަށެވެ.

“މިސާލަކަށް، މާލޭގައި ދިރިއުޅޭ އާއިލާއަކަށް ބަލަމާ ހިނގާ. 3 ރޫމް އެޕާޓްމެންޓެއްގައި ދިރިއުޅޭނީ ތިން އާއިލާ. އެ ތިން އާއިލާވެސް ގޭގެ ކުލި ޝެއާ ކުރާނެ. ފެން ބިލާއި ކަރަންޓު ބިލު ޝެއާ ކުރާނެ. އަދި އެންމެން އެކީ ބޭނުން ކުރާ އެހެން ވަސީލަތްތަކެއްގެ ވެސް ޝެއާ ކުރާނެ. އެހެން ނަމަވެސް، ކުދިންގެ ހަރަދުތަކެއް ޝެއާއެއް ނުކުރާނެ. އެހެން ނޫންތޯ؟” ޝައުނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނޭއިރު ޝައުނާގެ ވާހަކައިގައި އެކަމަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ފަރުވާއަށްއަށް މި އުސޫލުގެ ދަށުން ހައްލެއް ލިބިގެންދާނެ ކަން ވެސް ޝައުނާ ފާހަގަ ކުރެއްވިއެވެ.

އަލަށް ގެންނަ އިސްލާހުތަކާ އެކު އެހީ މިހާރު ހައްގުވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައިވަނީ، ބަދަލު ގެންނަން ނިންމި ކަންތައްތަކުގެ ގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، “ގޭބިސީ” (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޭން ފެށި އެ އެލަވަންސަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ވެސް ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުންނެވެ. ނަމަވެސް، 3،000 އަށް ވުރެ އެލަވަނަސް އިތުރެއް ނުވާނެއެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންގެ ނިސްބަތުން ބަލައިގެން މި އެލެވަންސްގެ އެންމެ މަތިން ލިބޭނީ 10 ކުދިން ބަލަހައްޓާ ނަމަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: