ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ގުޅޭ ގޮތުން ހާޒިރު ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެނެއް ނުވޭ، ހާޒިރު ނުވާނަން: އުއްތަމަ ފަނޑިޔާރު

ކޮމިޝަނަށް ހާޒިރު ކުރުމުގެ ބާރެއް ޖޭއެސްސީއަށް ލިބިގެންނެއް ނުވެ، އުޒުރުވެރިވަން: އުއްތަމަ ފަނޑިޔާރު - ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަން އަންގާފައިވާއިރު އެއީ ޖޭއެސްސީއަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށް ވިދާޅުވެ ކޮމިޝަނަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އުޒުރުވެރިވެވަޑައިގަންނަވާ ކަމަސް ވިދާޅުވެ ޖޭއެސްސީއަސް ސިޓީފުޅެއް ފޮނުއްވައިފިއެވެ. 

މިފަދަ ސިޓީއެއް ލިބިފައިވާކަން ޖޭއެސްސީއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލި އެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ މައްސަލަ އެެވެ. އެމައްސަލަ ނިންމައި ޖޭއެސްސީއިން ވަނީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފަ އެވެ.

ސުލޫކީ މައްސަލައް ބަލަން ނިންމާފައިވުމާއި ގުޅޭގޮތުން ފަނޑިޔާރުންނަށް ދޭ ނޯޓިސްގެ ނަމުުގައި ޖުޑީޝިއަލް ސާވިސް ކޮމީޝަނުން 13 އޮކްޓޯބަރުގައި ފޮނުވި ސިޓީއާއި ހަވާލާދީ އުއްތަމަ ފަނޑިޔާރު ވިފާޅުވެފައިވަނީ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި 15 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ޖޭއެސްސީގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަންއަށް ބެލުމުގެ ބާރު ލިބިގެންވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި އެއިން ކޮންމެ ކަމަކީވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ގަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް ނިންމާފައިވާ އެފަދަ ގަޟާއީ ނިންމުމެއް މުރާޖާ ކުރުމާއި އޭގެ ސައްހަކަން ބެލުމާއި، އެއީ ގާނޫނުތަކައި އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށްޓައި ނޫން ކަމަށެވެ. ޖުޑީޝިއަލް އެއްވެސް އިޖުރާތެއް ހިންގުމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭ ކަމެއް ނުވަތަ ދަންނަ ކަމެއް ވެސް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އެފަދަ އިޖުރާތެއް ޖޭއެސްސީއިން ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ބާތިލު އަމަލެއް ކަމަށް ނޫނީ ނުވާނެ ކަމަށެވެ.

ބަޔާން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައި ޖޭއެސްސީއިން ފޮނުވި “ތަހުގީގަށް ހާޒިރުވުމުގެ އަމުރު” އަކީވެސް އޭގެ ޒާތުގައި ބާތިލު އަމުރެއްކަމަށެވެ.

އެހެން ކަމުން ދިވެހި ރައްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 64 ވަނަ މާއްދާއަށް ރިޔާއަތްކޮށް، އެއްވެސް ފަރާތަަކުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަކަށް ތަބާނުވެތިބުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ. އެހެން ކަމުން، ޖޭއެސްސީއަށް ހާޒިރުވުމަށް އެންގި އެންގުމަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ “ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް” ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: