ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރި ކަމާއި ހަރުކަށި ކަމަށް ގޮވައެއް ނުލާނަން: ޝޭޙް އިލްޔާސް

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހަކުވެސް އަނިޔާވެރިވާނެ ހަރުކަށި ކަމަށް ގޮވާނުލާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަށްޝޭޙް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކީރިތިމާތް ނަބީއްޔާއަށް ފުރައްސާރަކޮށް ގުރުއާނަށް ހަޖޫޖަހައި އެމްޑީއެންއިން ނެރުނު ރިޕޯޓް ކުށްވެރިކޮށް ދީނީ ޢިލްމްވެރިން ވާހަކަފުޚު ދައްކަވާތީ ރާއްޖޭގެ ބައެއް ދީނީ ޢިލްމެރިން އަނިޔާވެރިކަމާއި ހަރުކަށި ކަމަށް ގިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ޝޭޙް އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ޢިލްމްވެރިންނަކީ ދުވަކުވެސް އަނިޔާވެރިވާނެ ހަރުކަށި ކަމަށް ގިވާލާނެ ބައެއް ނޫން ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެއްވެސް ދިވެހިރައްޔިތެއްގެ މުދަލަށް ނުވަތަ ނަފްސަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ދީގެން ނުވާނެ ކަމަށެވެ. އަދި ހަމައެހެންމެ ދިވެހިން ދިވެހިންގެ ދީން ހިމާޔަތް ކުރާނެ ކަމަށް ވެސް ޝޭޙް އިލްޔާސް ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިން ވަނީ ގޮވާލާފައެވެ.

އިލްމުވެރިން މިކަމަށް ގޮވާލައްވާފައި ވަނީ “އިލްމުވެރިންގެ ގުޅުން” މިނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ އިލްމުވެރިން ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. ނޫސްވެރިންނާއެކު ބޭއްވި އެ ބައްދަލްވުމުގައި ދީނީ އިލްމުވެރިން ޝާމިލްވާ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކެއް ވެސް ތަމްސީލްކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: