ކުއްލި ޚަބަރު

ވަރަށްސާފުކޮށް މި ދަންނަވަނީ "ވަޒީފާއަށް ދާ ކޮންމެ މީހެއްގެ ގެ އަތުން" އިންކަމް ޓެކްސް ނަގަންޖެހޭނެ: ގާސިމް

ގާސިމް ވިދާޅުވަނީ، މުސާރަ ލިބޭ އެންމެން ވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް : ފޮޓޯ- ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާއި ބެހޭ ބިލަށް ފާޑުވިދާޅުވެ "ވަޒީފާއަށް ދާ އެންމެން އަތުން" އިންކަމް ޓެކްސް ނަގަންޖެހޭ ކަމަށް ބުނެ ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ނުރުހުންވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވަނީ އިންކަމް ޓެކްސް ނެގުމުގައި ކޮންމެހެން "ވަކި ބަޔަކު" އިސްތިސްނާ ކުރާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ބޮޑެތި ވިޔަފާރި ކުންފުނިތަކެއް ހިންގަވާ ގާސިމް ވިދާޅުވި ގޮތުން ނަމަ، މިހާ ކުރަން އެޖެހޭ މަސައްކަތެއްގައި "ފަގީރެއް، މުއްސަންޖެއް" ނޯންނާނެއެވެ. ނަމަވެސް، ގާސިމް މިސާލު ނެންގެވީ ރައްޔިތުންލާ ވޯޓުތަކަށެވެ. އެގޮތުން ރިޔާސީ އިންތިހާބު، ނުވަތަ މަޖިލީހާއި އެހެން އިންތިބުތަކުގައި ވެސް އާއްމު މީހާ ހިއްސާ ކުރަނީ "އެންމެ" ވޯޓެއް ކަމަށް ވިދާޅުވިއެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ، ނުވަތަ މިނިސްޓަރެއް، އާއްމު މީހެއް، މުއްސަންޖަކަށް ވުމުން އެ އިތުރު ނުވާކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމްގެ އެ މިސާލަށް ވިދާޅުވީ، "އެހެން ކަމުން، އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި އިންކަމް ޓެކްސް ނަގަން ޖެހޭނެ" އެވެ.

ގާސިމްއަށް ސިފަ ކުރެވުނު ގޮތުން އިންކަމް ޓެކުހުގެ ބިލު "ފަރުމާ" ކޮށްފައިވަނީ އޭނާއަށް އަމާޒުކޮށްގެންނެވެ. އެގޮތުން އޭނާ ވަނީ، ވަކި ބަޔަކު އިސްތިސްނާ ވާ ގޮތަށް، ނުވަތަ "އިސްތިސްނާކޮށްގެން" އިންކަމް ޓެކްސް ނެގުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ޒިންމާތައް އަދާކުރުމުގައި އެންމެ މުއްސަނދި މީހާ އާއި ފަގީރު މީހާ ހަމަހަމަ ވާނެ ކަމަށެެވެ. ގާސިމް ވިދާޅުވީ ގޮތުން، އިންކަމް ޓެކްސް ނެގުމަށް ކަމަށް ބުނެ ބިލު ވަނީ "ވަކި މީހަކަށް" އަމާޒުކޮށްފައެވެ.

ރާއްޖޭގައި ރިސޯޓުތަކާއި، ގޭހުގެ ވިޔަފާރި އާއި ކޮލެޖެއް އަދި މީޑިއާއެއް ވެސް ހިންގަވާ ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް ގައުމު ކުރިއެރުވުމަށްޓަކައި ގައުމުގައި ތިބި ނިކަމެތިން ނުވަތަ އުޖޫރަ ނުލިބޭ އެންމެންގެ ވެސް ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ބައިވެރިވުން ހިމެނެން ޖެހޭނީ އޭނާ ވިދާޅުވި ގޮތުގައި، ވަކި ފަރުދުންގެ ތެރެއިން ވަކި މިންވަރެއް ކަނޑައެޅިފައި ތިބި ބަޔަކަށް ނޫނެވެ. އެންމެން ހިމެނޭހެންނެވެ.

ގާސިމް ވިދާޅުވީ ގޮތުން މި ރާއްޖެއަކީ ބަޔަކު ސިފަ ކުރާހާ މުއްސަނދި ގައުމެއް ނޫނެވެ. އެގޮތުން އެންމެން މަޖިލީހުގައި އަޑަށް ބާރުލާފައި އަބަދުވެސް ދައްކާތީ އަޑުއިވެނީ ހުރިހާ އެންމެންގެ ދަރިންނަށް ވެސް ބޭސްފަރުވާ ކޮށްދޭން ޖެހޭ ވާހަަކައާއި، ހުރިހާ އެންމެންގެ ދަރިންނަށް ވެސް ކިޔަވައިދޭން ވެސް ޖެހޭ ވާހަކަ ކަމަށެވެ. އަދި ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ގޮވަމުން ދާކަމަށެވެ. އަދި އޭގެ ހެއްކަކީ އެކިއެކި ގަރާރުތައް ހުށަހަޅާ ރައްޔިތުންނަށް ކޮށް ނުދެވި ހުރި ކަންތައްތަކުގެ ވާހަކަ އަޑު ހަރުކޮށް، އަޑަށް ބާރުލާފައި މަޖިލީހުގައި ދެއްކުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ހުރިހާ ކަމެއް ފުއްދައިދެވޭނީ މި ގައުމާއި މުޖްތަމައު ތަނަވަސް ވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ. ވަކި ބަޔަކު ވަކި ކަމަކުން އިސްތިސްނާވާ ހާލަތެއް ނެތި ކަންކަން އެއް އުސޫލެއްގެ ދަށުން ކަންކަން ކުރުމަށް ގޮވާލާ ގާސިމް ވަނީ އެއްވެސް ކަމަކީ އެއީ އަނެކާ އިސްތިސްނާ ވާ ހާލަތެއްގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ، މަދުން އާމްދަނީ ލިބޭ ނަމަ އެ މީހަކު ދައްކަންޖެހޭ ޓެކްސް ކުޑަވާނެ ކަމަށާއި ނަމަވެސް އެކަމުގައި އެ މީހާގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ގައުމިއްޔަތަކަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އެކަން ކުރަންޖެހޭ ގޮތް ކަމަށް އޭނާގެ ނަޒަރުން ދެކޭ ކަމަށެވެ. ގާސިމް އެކަމަށް ވެސް މިސާލު ދެއްކެވިއެވެ.

"ބައްލަވާ، އިންކަމް ޓެކްސްގެ އިންސައްތައަކީ 10 އެއް ނަމަ 10،000 ރުފިޔާ ލިބޭ މީހާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ 1،000 ރުފިޔާ. 5000 މުސާރައިގެ ގޮތުގައި ލިބޭ މީހާ އިންކަމް ޓެކްސްއަށް ދައްކާނީ 500 ރުފިޔާ. 40،000 ރުފިޔާ ގެންދާ މީހާ ދައްކަން ޖެހޭނީ 4،000 ރުފިޔާ. މިއީ އަޅުގަނޑު ދައްކާ ވާހަކަ. އެންމެންގެ އަތުން ޓެކްސް ނެގެން ޖެހޭނެ" ގާސިމް ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވާއިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އާމްދަނީގެ ގޮތުގައި އުޖޫރަ އާއި ވިޔަފާރީގެ އާމްދަނީ އާއި އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓްރެސްޓާއި އެނުއިލިޓީ އާއި ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި ބެނިޕިޝަރީންނަށް ލިބޭ އާމްދަނީ އާއި ޓެކްނިކަލް ސާވިސް ފީ އާއި ކޮމިޝަން އާއި ރޯޔަލްޓީ ވެސް ހިމެނެ އެވެ.

ކުނޫޒުގައި އޮތް ޖަލްސާގައި ގާސިމް ހަމައެކަނި ނުރުހުންވެ ވަޑައިގަތީ އިންކަމް ޓެކްސްއާއި ގުޅޭގޮތުން އެކަންޏެއް ނޫންވެ. އެގޮތުން، އަންގާރަ ދުވަހު މަޖިލީހަށް ހުށަހަޅާ ބަހުސް ކުރި މިނިމަމް ވޭޖަށް ވެސް ގާސިމް ފާޑު ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ބިލްވެސް ވަކި މީހަކަށް، ވަކި ދާއިރާއަކަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ މިނިމަމް ވޭޖަށް 10،000 އާއި 8،000 ރުފިޔާ ދެމެދުގެ މުސާރައެއް ދިނުމަކީ "ޒަހަރެކެވެ". ގާސިމް ވިދާޅުވީ، ޕްރޮފެޝަނަލް ގޮތުގައި އެކަން ކޮށްފި ނަމަ އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން މިނިމަމް ވޭޖަކީ ބޮޑު "ޒަހަރަކަށް" ވެދާނެ ކަމަށް ގާސިމް ތަކުރާރު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: