ކުއްލި ޚަބަރު

އެކަނިވެރި މައިންނާއި، ބަފައިންނަށް ދޭ އެލަވެންސް: މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ!

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000ރ. އާ ހަމައަށް ބޮޑުކުރަން ނިންމުން- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000ރ. އާ ހަމައަށް ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފަރާތުން އެ ކަރުދާސް ހުށަހަޅާފައިވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާ ގޮތުން، އެހީ ހައްގުވާ ބައެއް މީހުން އިސްތިސްނާ ވަމުންދާތީ އެވެ. އަދި މީގެ ކުރިން 2016 ވަނަ އަހަރު އެ އެހީ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ މީހުން އެހީން މަހްރޫމް ވެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ނިންމި ނިންމުންތައް ރައީސް އޮފީހުން ވަނީ ހިއްސާ ކުރައްވާފައެވެ.

އަލަށް ގެންނަ އިސްލާހުތަކާ އެކު އެހީ މިހާރު ހައްގުވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައިވަނީ، ބަދަލު ގެންނަން ނިންމި ކަންތައްތަކުގެ ގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން މިހާރުގެ ހާލަތަށް ބައްލަވައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީއިން ކަމުގައި ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.

އަލަށް ގެނައި ބަދަލުގެ ސަބަބުން، އާއިލާއަކަށް މަހެއްގެ މައްޗަށް ދެވޭނެ އެންމެ ބޮޑު އަދަދަކީ 10،000ރ. އެވެ. އެކަނިވެރިން މައިންނާއި، ބަފައިންގެ މިހާރުގެ ހާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ލިބެމުން ދިޔަ ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ވެސް އެފަދަ މައިންނާއި ބަފައިންނަށް ލިބޭގޮތަށް ހަމަޖެއްސުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: