ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ބަޔަކު ފާޑުކިޔަނީ ގާސިމް އަޑީގައި ހުންނަވައިގެން ކަމުގެ ތުހުމަތު!

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައިސް މުހަންމަދު ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ މާފަންނަު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑާ ވިދާޅުވެއްޖެއެވެ.

ބޮންޑާ މިފަދައިން ވިދާޅުވީ، ސަންގުޓީވީގެ ޙަބަރަށްފަހު ޕްރޮގްރާމްގައި ބައިވެެރިވެވަޑައިގެން ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ. ރައިސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރޭ ސަބަބެއްގެ ގޮތުގައި ބޮންޑާ ވިދާޅުވީ ކޯލިޝަންގެ ތެރެއިން، 60 އިންސައްތަ ކޯލިޝަންގެ ޕާޓީތަކަށް ބަހާލާފައި ވުމެވެ. ރައްޔިތުން މަޖިލީހުން ސުޕަ މެޖޯރިޓީ ރައްޔިތުން ދެއްވީ ރައްޔިތުންނަށް ޖަޒީރާ މެނިފެސްޓޯ ކަމުދާތީ ކަމަށާއި އެޖެންޑާ 19 ގައި ވާ އެއްޗެއް އެހެން ޕާޓީ ތަކުގެ މެންބަރުންނަށް ނޭންގޭނެ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއިން މިދިޔަ ހުކުުރު ދުވަހު ބޭއްވި ޖަލްސާގަައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ އެޖެންޑާ 19 އަކީ ފޮރުވިފައިވާ ސިއްރުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި، އެޖެންޑާ 19 އަކީ ހުސްގަނޑުތަކެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާއި އަދި ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުންނަށް ރައްދު ދެއްވާ ބޮންޑާ ވިދާޅުވީ އެއީ އަދި ބަޔަކު ޖަވާބުދާރީވާންޖެހޭ ވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ނެރެފައިވާ ޖަޒީރާ މެނިފެސްޓޯއަކީ ހުސް ގަނޑުތަކެއްގެ ގޮތުގައި ސިފަކޮށް ވާހަަކަ ދައްކާއިރު އިދިކޮޅަށް އެޖެންޑާ 19 އަކީ ކޮބައިކަން ނޭނގޭނެ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޭ އިރު މަޖިލީހުގެ ބަސް ހޯދަންޖެހޭނޭކަން ގަބޫލު ކުރައްވާ ކަން ވެސް ބޮންޑޭ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހަކީ ރަށްޔިތުންގެ ތެރެއިން ރައްޔިތުން ހޮވާފައި ތިބި ބަޔެއްކަމަށާއި ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި ނެގިފައިހުންނަ ދައުލަތުގެ ފައިސާއިން ބަދަލު ދޭ ކަމުގައި ވާނަމަ ރައްޔިތުން ހޮވާފައި ތިބޭ މެންބަރުންގެ ބަހެއް ހޯދާލުމަކީ މުހިންމު ކަމެއްކަމަށް ބޮންޑާ ވިދާޅުވިއެވެ.

ބަދަލު ދިނުުމާއި ގުޅޭގޮތުން ބޮންޑާ ވާހަކަ ދެއްކެވިއިރު އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން ފުރަތަމަ ފަހަރަށް މީޑިޔާއާއި ބައްދަލު ކުރައްވައި ވިދާޅުވީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން އަމިއްލަ ކުންފުނިތަކަށް ވަނީ ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދޫކޮށްފަ އެވެ.

އެންމެ ފަހުން ފައިސާ ދޫކުރި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 848.10 މިލިއަން ރުފިޔާ) ދޫކުރި މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެކަމުގައި ނުހަމަ ކަންތައްތަކެއް ހިނގި ކަމަށް ވެސް ވަނީ ތުހުމަތުވެފަ އެވެ.

އޭގެ އިތުރުން، ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހިފައިވާ ފައިސާތަކުގެ ތެރޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެއްބަސްވުން އުވާލުމުން ދައްކަން ޖެހުނު 280 މިލިއަން ރުފިޔާ އާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ ހިމެނެ އެވެ.

އަދި ބިޒްނަސް އިމޭޖަސް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ އާއި، ސީޖީޓީއަށް 22.7 މިލިއަން ރުފިޔާ އާއި ދީބާާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން ބިގަށް ވަނީ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: