ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެފިކް އެވެއަރނަސް ޕްރޮގްރާމްތަކެއް ހިންގަނީ

ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ހިންގި ޓްރެފިކް އެވެއަރނަސް ޕްރޮގްރާމްގެ ތެރެއިން - (ޕޮލިސް މީޑިޔާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޓްރެފިކް އެވެއަރނަސް ޕްރޮގްރާމްތަކެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ހޯމަ ދުވަހު ފެށި މި ޕްރޮގްރާމުގައި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ. މި ޕްރޮގްރާމުގައި ހޯމް މިނިސްޓްރީގެ އެކި ފަންތީގެ 20 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގް ގައި ހިމެނޭ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޓްރެފިކް އެވެއަރނަސްގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސަރުކާރުގެ މުވައްޒަފަކަށްވީތީ އާންމު ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި ސަރުކާރު މުވައްޒަފެއްގެ ކިބައިން ފެނިގެންނުވާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ.

ސަރުކާރުގެ ހުރިހާ މުއައްސަސާއަަކަށް މި ޕްރޮގްރާމްހިންގުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: