ކުއްލި ޚަބަރު

ބަދަލަށް ބޮޑެތި އަދަދުތަކުން ފައިސާ ދިން މައްސަލައިގެ ތެރެއަށް އޭސީސީ ވަދެއްޖެ

އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުވުގައި ކޮމިޝަންގެ ރައީސް، މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒުމޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ކުރީގެ ސަރުކާރުތަކުން ގާނޫނާ ޚިލާފަށް އުވާލި އެއްބަސްވުންތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން އަމިއްލަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފަރމް ޢައްޔަންކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީ އަށް ހުށަހެޅި މައްސަލަތައް ނިންމައި މިހާތަނަށް ދައުލަތުން ވަނީ އެކި ފަރާތްތަކަށް ބިލިއަަނަކަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ނިންމާފައިވާ އިރު، ސަރުކާރުން މި ބަދަލު ދެމުން އަންނަ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.

އޭސީސީއަށް އައްޔަން ކުރި އާ މެންބަރުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުލަތުން ބަދަލު ދެމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ބާތިލުކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި ދައުލަތުން އަމިއްލަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ދޫކުރާ މައްސަލަތައް ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މީގެެއިން ކޮންމެ މައްސަލައެއް ވެސް ބަލާ ތަހުގީގު ކުރާނީ ވަކި ވަކީން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަން ފާހަގަކުރައްވައި ކޮމިޝަނުގެ މެމްބަރު އިބްރާހިމް ޝަކީލު މައްސަލަ ބަލަމުން އަންނާތީ ވަކި އެންގުމެއް ނުވަތަ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަކުވާތައް ލިބިފައިވަނީ ބަދަލު ދީފައިވަނީ ބޮޑެތި އަދަދުތަކުން ކަމަށް ވީތީ ކަމަށެވެ. އެހެން ކަމުން ދައުލަތުން ފައިސާ ދޫކޮށްފައިވަނީ ބަލަންވާވަރަށް ބަލައި އެންމެ ރަނގަޅަށް ތޯ ކަށަވަރު ކުރާނެ ކަމަށް ޝާކީލް ވިދާޅުވިއެވެ.

"މިހާރަކަށް އައިސް ހަދައިގެން އުޅޭ ހުރިހާ ސެޓަލްމެންޓުތަކާ ގުޅޭ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެ މައްސަލަ ހުށަހެޅިފައި ވަނީ. އަޅުގަނޑުމެން އެ މައްސަލަ ބަލަމުންދާ އިރު އެއިން ކޮންމެ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގުކޮށްގެން ކުރިއަށްދާނީ" ޝަކީލް ވިދާޅުވިއެވެ.

މިހާތަނަށް ގިނަ ކުންފުނިތަކަކަށް ބަދަލު ދީފައިވާ އިރު އޭގެ ތެރޭގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި ބަދަލު ދޭންޖެހުނު ބައެއް ކުންފުނިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އެކުލަވާލާ، އަދި އުވާލާފައި ހުރި ކުންފުނިތަކުން ކޯޓަށް ހުށަހެޅި މައްސަލަތަކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އެކުލަވާލި ބައެއް ކުންފުނިތަކުގެ އެއްބަސްވުން އުވާލާފައިވަނީ އޭގެ ފަހުން އައި ސަރުކަތަކުންނެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ މި ސަރުކާރުގެ ބައެއް އިސްވެރިންގެ މަސްލަހަތު އޮންނަ ކުންފުނިތަކެެކެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހުނު މައްސަލައެވެ.

މީގެއިތުރުން ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން އެމްއެންބީސ އާއި ބިޒްނަސް އިމޭޖް ގްރޫޕް ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ޕީއެސްއެމް އިން ދައްކަން ޖެހުނުއިރު އެމްއެންބީސީން ބިގާ އެކު 2010 އެކު ހެދި އެއްބަސްވުމުގެ ދަށުން ބިގަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން މައްސަލަ ކޯޓާ ހަމައަށް ދިޔައިރު، ޖޫރިމަނާއާ އެކު އެ އަދަދު އޮތީ އެތައް ގުނައެއް ބޮޑުވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ބިގަށް އެމްއެންބީސީން އަސްލު ދައްކަން ޖެހެނީ ފަސް މިލިއަން ރުފިޔާއެވެ. އަދި ބާކީ 72 މިލިއަން ރުފިޔާއަކީ އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއެވެ.

އޭގެއިތުރުން ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދަށު ކޯޓުން ހުކުމް ކުރީ އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓަށް ދެއްކި ޑިއުޓީގެ މައްސަލައެއްގައެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް ޑަބްލިއުއެލްޓީއަށް ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކައިފައެވެ. އަދި ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނެވެ.

އަދިވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި 7 މިލިއަން ރުފިޔާ ހިމެނެ އެވެ.

ފާއިތުވި 10 ވަރަކަށް އަހަރު ދައުލަތުން އެގޮތަށް ދޭން ޖެހުނު ފައިސާގެ އަދަދު ފަސް ބިލިޔަން ރުފިޔާއާ ގާތް ކުރާއިރު ކޮންމެ ވެރިކަމެއް ގާއިމްވުމަށްފަހު ކުރީގެ ސަރުކާރުން އެކުލަވާލާފައި ހުންނަ އެއްބަސްވުންތައް އުވާލުމަކީ އާއްމު ކަމެކެވެ، ހަމަ އެގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން މެލޭޝިއާގެ ނެކްސްބިޒްއާ އެކު، ރައީސް ނަޝީދުގެ ސަރުކާރުން ކުރި އެއްބަސްވުން ވެސް އުވާލިއެެވެ. އޭގެ ބަދަލެއްގެ ގޮތުން 231.3 މިލިޔަން ރުފިޔާ ދައުލަތުން ދައްކަން ޖެހުނެވެ.

ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން ކުންފުނިތަކުން ދޭތެރެ ދޭތެރެއިން ކޯޓަށް ދެ އެވެ.

ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން އޮޑިޓް ކުރުމަށް ސަރުކާރުން ދާދި ފަހުން ވަނީ ނިންމާފައެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފަރމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަޤްޞަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ ޢަދުލުވެރި މިންވަރެއްކަން ޔަޤީންކޮށް، ސަރުކާރުގެ މަޞްލަޙަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމެވެ. މި މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުޞޫލުން ކަމަށްވާތީ، މަސައްކަތުގެ ތަފްޞީލު ހިމެނޭ ޓަރމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަވަސް ފުރުޞަތެއްގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: