ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިންގގެ ޝަކުވާ ބަޔާންކޮށް ‘މުހައްމަދު’ ފޮނުވި ސިޓީ: މިނިސްޓްރީއަށް މުހައްމަދެއް ނުފެނު، މައްސަލަދަނީ ބަލަމުން!

ހައުސިން މިނިސްޓަރ އަށް ހުށަހެޅި ސިޓީގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓްރީގައި މިހާރު އޮތް މަސައްކަތުގެ މާހައުލަކީ ވަރަށް ނޭދޭވެ އަދި މުވައްޒަފުން މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށް ބުނެ، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއައަށް ސިޓީ އެޑްރެސްކޮށްފައިވަނީ “ގޮތް ނޭނގޭ” މީހެއްކަމަށް ހައުސިން މިިނިސްޓްރީއިން ބުނެފިއެވެ.

ގިނަ މައްސަލަތަކެއް ފާހަގަކޮށް ލިޔެފައިވާ ސިޓީއެއްގައ މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ޒާތީ ގޮތުން ޖެއްސުންކޮށް އަދި އެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ހާލަތަށް މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި މިނިސްޓްރީގެ އެންމެ އިސް ސިވިލް ސާވިސް ވެރިން އަމަލު ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އެއްވެސް ސަބަބަކާއި ނުލައި މުވައްޒަފުންނަށް ބަދުބަސް ބުނުމާއި ހުތުރު ބަހުން މުހާތަބުކޮށް އަދި އެހެން މުވައްޒަފުންގެ ކަރާމާތާއި އަބުރު ގެއްލޭފަދަ ބަސްތަކާއި މުވައްޒަފުން ކުރިމަތިލާންޖެހޭ ކަމަށެވެ.

އެ ސިޓީއާ ގުޅިގެން ހައުސިން މިނިސްޓަރުގެ ނައިބު އަލީ ޝާމިން “ސަންގު” އަށް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށެވެ. “މުހައްމަދު” ގެ ނަމުގައި ލިބިފައިވާ އެ ސިޓީގައި ވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ބެލި ބެލުމުން އެ ނަމުގައި މަަސައްކަތް ކުރާ މުވައްޒަފެއް ހައުސިން މިނިސްޓްރީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީއާއި ގުޅޭގޮތުން އިތުރު އެއްވެސް ޝައްކެއް، ނުވަތަ އެއީ މިނިސްޓްރީގެ އަގުވައްޓާލުމަށް ހިނގި އަމަލެއްކަމަށް ބެލެވޭތޯ ސުވާލު ކުރުމުން ޝާމިން ވިދާޅުވީ އެފަދަ ކޮމެންޓެއް ކުރުމަށް އަދި މާ އަވަސް ކަމަށެވެ. ނަމަވެސް، ސިޓީގައި ވާ ކަަންކަމުގައި އެއްވެސް ތެދެއް ވޭތޯ ބަލާނެ ކަމަށް ޝާމިން ވިދާޅުވިއެވެ. އަދި މުވައްޒަފުންނާއި ވާހަކަ ދައްކާ، މަސައްކަތުގެ މާހައުލުގައި އެއްވެސް ދަތިކަމަކާއި ދިމާވޭތޯ ބަލަމުން އަންނަ ކަމަށް ޝާމިން ވިދާޅުވިއެވެ.
ނަމަވެސް، މިހާތަނަށް މުވައްޒަފެއްގެ ފަރާތުން އެއްވެސް ޝަކުވާއެއް، ނުވަތަ މިނިސްޓްރީގެ އިތުރު ސްޓާފެއްގެ ފަރާތުން އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށް ބުނެ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާކަމަށް ޝާމިން ވިދާޅުވިއެވެ.

ސިޓީގައި ވާ ކަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ޝާމިން ވިދާޅުވީ މުހައްމަދު ގެ ނަމުގައި ފޮނުވާފައިވާ އެ ސިޓީގައި އޭނައާއި ގުޅޭނެ ނަމްބަރެއްކަމަށް ބުނެ ނަމްބަރެއްވެސް ދީފައިވާ ކަމަށެެވެ. ނަމަވެސް، ސިޓީ ލިބުނީއްސުރެ އެ ނަންބަރާއި ގުޅޭތޯ ކުރަމުން އަންނަ މަަސައްކަތްތައް ކާމިޔާބު ނުވާކަމަށެވެ. ޝާމިން ވިދާޅުވީ ސިޓީގައި ދީފައިވަނީ ނުބައި ނަންބަރެއް ކަމަށެވެ.

ޝާމިން ވަނީ، މިނިސްޓްރީގެ ތެރޭގައި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރާނެކަން ފާހަގަކުރައްވާފައެވެ.

މުވައްޒަފުންނަށް ދިމާވާ ދަތިތައް ކަމަށް ބުނެ ހުށަހަޅާފައިވާ ސިޓީގައި މަސައްކަތް ކުރުމަށް ހަދާފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފަށް ގާނޫނުގެ ބޭރުން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އަންގަމުންދާކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލސް ސާވިސް މުވައްޒަފުންނަކީ ދެ ގްރޫޕެއްގެ ގޮތުގައި ދެއްކުމުގެ ސަބަބުން އިތުރުން ސިޔާސީ ބޭފުޅުންގެ ސަބަބުން މަސައްކަތުގެ މައިދާނުގައި އެންމެ އުނދަގޫތަކާއި ކުރިމަތިލާންޖެހެނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ކަމަށް ބުނެފައިވެއެވެ.

ސިޓީގައި ސިޔާސީ ބެފުޅުންނަށް އެތައް ތުހުމަތުތަކެއްކޮށް ވަނީ، އެއީ އެއްވެސް މަަސައްކަތެއް ނުކޮށް މުސާރަ ނަގާ ބައެއްކަމަށް ބުނެފައެވެ،
އަދި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބޭފުޅުނާއި ބައެއް އިސްވެރިން ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރު، އެކަމުގެ ޒިންމާ ފަހުން މިނިސްޓަރު ނަންގަވަންޖެހި، މުޅި މިނިސްޓްރީގެ ނަން ކިލަނބުވެގެންދާނެ ކަމުގައި އެ ސިޓީގައި އިތުރަށް ބުނެފައިވެ އެވެ. އެ ސިޓީގައި މުވައްޒަފުން މިނިސްޓަރުގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ ޝަކުވާތައް ބައްލަވައި، އެ މައްސަލަތަކެއް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.

އެ ސިޓީގެ ސައްހަކަމާމެދު ސުވާލު އުފެދިފައި ވީނަމަވެސް، މުވައްޒަފުންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް ހުރިތޯ ބަލަމުންދާނެ ކަމުގެ ޔަގީންކަން ޝާމިން ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: