ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ މެދުގައި ފެށުނު “ރާއްޖެތެރެ، މާލެ” ބަހުސްއަށް ނިމުމެއް ނެތް!؟

ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި ގަދަވެފައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވުމައިގެން ކުރިޔަށް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގެ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މަޖިލީހުގައި އަނެއްކާވެސް “މާލެ، ރާއްޖެތެރެ” ބަހުސް އަނެއްކާވެސް ހިނގައިފި އެވެ.

ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވި މައްސަލައިގައި އޭނާއަށް ބައެއް މެމްބަރުންނާއި އާންމުންގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. ބޮންޑޭއަށް މަޖިލީހައި ބައެއް މެމްބަރުން ރައްދު ދީ ބުނެފައިވަނީ، އެއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ނިކަމެތިވާ ގޮތަކަށް ބޮންޑޭ ވިދާޅުވި ބަސްތަކެއް ކަމަށެވެ. އެއަށްފަހު އެ ބަހުސް އެ ހަފްތާގެ ޖަލްސާގައި ކުރިޔަށްދިދުމަށްފަހު އަނެއްކާވެސް ހޯމަ ދުވަހު ބަހުގެ ހަމަލާތައް ފެށުނެވެ.

“މާލެ، ރާއްޖެތެރެ” ބަހުސްއަށްފަހު މެމްބަރުން ދެން ދައްކަވަން ފެއްޓަވީ މާލޭގެ ރައްޔިތުން އުލޭ ނިކަމެތި ހާލުގެ ވާހަކައިންނެވެ. މާލޭގެ މެމްބަރުން އުޅެނީ މާ ނިކަމެތި ހާލުގައި ކަން ފާހަގަކޮށް ބައެއް މެމްބަރުން ވަނީ މާމަ ކާފަގެ ގެ ދަރީންނަށް ދޭންޖެހެހީ “ކަފާ ކުދި ކުދި” ކުރުމަށްފަހުގައި ކަމަށެވެ.

މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން އަނެއްކާވެސް ބަހުސަކަށް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މާލެ މީހެކޭ ބުނުމުން ބައެއް މީހުންނަށް ސިފަވާނީ އެއީ ވަރަށް ބޮޑާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ މަދުވެގެން 12 ބުރީގެ އިމާރާތަކާއި އެކު އެ މީހާގެ ޖީބަށް ބޮޑެތި އަދަދުތަކުން ކުލީގެ ގޮތުގައި ފައިސާ ނަގާ މީހެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، އެއި ވަރަށް ބޮޑު އޮޅުމެއް ކަމަށާއި ކަން ހިނގަނީ އެއާއި އިދިކޮޅަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، “މާލޭ މީހާ” އަކީ ދާއިމީ ގޮތެއްގައި ކުލިން އާމްދަނީ ހޯދާ މީހެއް ނޫން ކަމަށެވެ. މާލެ މީހާ އަކީ އަދި މާ ނިކަމެތި ހާލުގައި އުޅެމުން އަންނަ މީހެއްކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ މާލެ މީހާއަކީ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް މީހާކަމަށެވެ. އަދި އަމިއްލަ ގެދޮރުގައި ވެސް އުޅެންޖެހިފައިނީ ކުއްޔަށް ކަމަށާއި، އާއިލާ މެމްބަރުންގެ ގޯތިތައް ފޮތިފޮތި ކުރަމުން ގޮސް ވަންނާނެ ތަނެއް ނޯންނަ ކަމަށެވެ. މީކާއީލް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ ހާލަތު ހިއްސާ ކުރައްވައި ވިދާޅުވީ ދާއިރާގެ އެތައް ރައްޔިތަކަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށެވެ. ސިނަ މާލެއާއި، މާލެ ހިޔާ ފްލެޓުތަކަކީ މިއަދުގެ ހާލަތަށް ބަލާއިރު ދިރިއުޅެންވެސް ހެޔޮވާވަރުގެ އިމާރާތެއް ނޫންކަން ފާހަގަކޮށް މީކާއިލް ވަނީ އެ އިމާރާތުގައި ދިރިއުލޭ ރައްޔިތުންނަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުތަކަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އޭނާގެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އޮތް ކަމަށެވެ. އަދި އޭނާގެ ދާއިރާގެ ރައްޔިތުން މަޖިލީހަށް އިންތިހާބުކޮށްދީފައިފައިވަނީ ހުޅުމާލެއިން އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ވައިދާއި އެކު ކަމަށެވެ. އެހެން ކަމުން، ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން އަނެއްކާވެސް އިތުރު ބަހުސަކަށް

އޭނާ ސިފަ ކުރެއްވި ގޮތުން ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންގެ ހައްގެކެވެ. ނަމަވެސް، އެކަމާއި ގުޅިގެން ރަށް ރަށަށް ނިސްބަތްވާ މެމްބަރުންގެ ނުރުހުން އެނާއަށް އަމާޒުވެގެން ދިޔައެވެ. އޭގެތެރޭގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ބޮންޑެ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދޭނަމޭ ބުނެ، މަޖިލިހަށް މީގެ ކުރިން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިހާރު ތިއްބެވީ މާލޭގައި ގެ އަޅައިގެންނެވެ. އަދި މަޖިލިސް 19 ގައި ތިއްބެވި މެމްބަރުން “އެގޮތަށް ހުޅުމާލެ ނުނެގޭނެ” ކަމަށް ބޮންޑެ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: