ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުން ފެށިގެން ތިލަފުށިން ދުން އެރުން ހުއްޓުވުމުގެ އަމާޒު

އަންނަ އަހަރުން ފެށިގެން ތިލަފުށިން ދުން އެރުން ހުއްޓުވުމުގެ އަމާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ކ. ތިލަފުށިން އަންނަ އަހަރުން ފެށިގެން ދުން އެރުން ހުއްޓުވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ތިލަފުށިން ދުން އަރާ މައްސަލައިގައި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހުސައިން ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

ދުމުގެ ސަބަބުން، ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ޑރ. ހުސެއިން ވިދޅުވީ މިނިސްޓްރީން އެ މައްސަލަތައް ބަލައި ހައްލު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށެވެ. ރާއްޖޭގެ ފަރުގެ ނިޒާމަށް ބޮޑެތި ނުރައްކާތެރި ގެއްލުންތަކެއް ވެސް ވަމުން އަންނަކަން ފާހަގަކުރައްވައި ޑރ. ހުސެއިން ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި އެކަންކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ރަށްރަށުގެ ކުނީގެ މައްސަލައަށް ޑރ. ހުސެއިން ވިދާޅުވީ، މިއީ ޒަމާނުއްސުރެ ދާއިމީ ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް، އެކަމަށް ހައްލެއް ގެނެވޭވަރުވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެންކަމަށް މިނިސްޓަރ ގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ގްރީން ޓެކްސް ގޮތުގައި އަންނަ އަހަރު ފައިސާ ލިބިއްޖެ ނަމަ، ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުން ކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ވާން އޮތީ މަޖިލިހުން އެކަން ފާސްކޮށްދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ހުސެއިން ވިދާޅުވީ، ތިލަފުއްޓަށް ގިނަ އަދަދެއްގެ ކުނި މާލެއިން ގެންދެވޭ ކަމަށާއި އެ ކުނިތައް އަންދަނީ އޯޕަން ފީލްޑުގައި ކަމަށެވެ. އަދި އެ އަލިފާން ނިއްވޭޏެ ގޮތެއް ނެތްއިރު މައްސަލަ ހައްލު ކުރަން ހެވީ އިކުއިޕްމަންޓް ބޭނުންވާކަމަށެވެ. އެގޮތުން އެމްޓީސީސީ މެދުވެރިކޮށް ވީހާ ވެސް އަވަހަކަށް ސާމާނު ގެންނަން މަސައްކަތް ކުރާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ

ތިލަފުށީގައި ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ކައިރި ރިސޯޓުތަކުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އޮންނަކަން ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ ސަރުކާރުގެ ފަހުކޮޅު ކުނި އެންދުން ހުއްޓާލި ނަމަވެސް މިނިސްޓަރުގެ ވާހަކަތަކުން އަނެއްކާ ވެސް އެ ރަށުގައި ވަނީ ކުނި އަންދަން ފަށައިފަ އެވެ. މީގެ އިތުރުން، ރަށުގެ އަޑީގައި ހުރި ކުނިތަކުގައި ދޭތެރެދޭތެރެއިން އަލިފާން ހިފަމުން ދާތީ ދުން އެރުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެ އެވެ. އެގޮތުން، ވާރޭ ވެހޭ ދުވަސް ދުވަހާއި ގަދައަށް ވައި ޖެހޭ ދުވަސްތަކުގައި މިފަދަ ހާދިސާތައް ހިނގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: