ކުއްލި ޚަބަރު

ނިއު ޕޯޓް ވިއު ހިންގި ބިން ހުސްނުކުރުމުން ދައުލަތުން ކޯޓަށް

ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް ބިން ހުސްކޮށްފައެއް ނުވޭ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ހުސްކުރަން ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒުކޮށް ދިނުމަށް ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

ޕްލޭނިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސިވިލްކޯޓްގެ ހުކުމާ އެއްގޮތަށް ނިިއުޕޯޓް ހިންގާ ސްޓާރާޑާ ކުންފުނިން އަމަލުކޮށްފައިނުވާ ކަމަށާއި އެހެންކަމުން ތަން ހުސްކުރުމަށް ސިވިލްކޯޓުގެ ހުކުމްގައި އަންގާފައިވާ ގޮތަށް ތަންފީޒު ކުރުމަށް ދައުލަތުން ކޯޓްގައި މިހާރު އެދިފައިވާނެ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.  ނަމަވެސް އެ ހުކުމް އިސްތިއުނާފް ކުރަން ސްޓްރާޑާ އިން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ސްޓްރާޑާ އިން ބުނީ އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ބިމުގައި ސީއެސްއާރުގެ ދަށުން އާންމުންނަށް ތިބެވޭނެ ގޮތަށް ބްރިޖް ބަލާލެވޭނެ ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރި ކަމަށެވެ.އަދި އެ މަސައްކަތަށް ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި "ނިއު ޕޯޓް" ވިއުގެ ނަމުގައި ރެސްޓޯރަންޓަކާއި ބައިނަލްއަގްވާމީ ފްރެންޗައިޒް ބްރޭންޑް "ޗާޓައިމް" ހުޅުވި ކަމަށާއި ނަމަވެސް އެތަން ހުޅުވިތާ ހަ މަސް ނުވަނީސް ބޮޑުތަކުރުފާނު މަގު ތަރިންގް ރޯޑު ތަރައްގީ ކުރަން "ޗާޓައިމް" ހިންގި ސަރަހައްދު ދައުލަތަށް ނަގަން ބޭނުުންވާ ކަމަށް އަންގައި އެ ތަން ތަޅާލި ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން "ޗާޓައިމް" ހިންގި އިމާރާތް ތަޅާލައި އެ ބިން ކުންފުނީގެ އަތުން ނެގީ އެ ކުންފުނިން ކުރި އިންޓެސްޓްމަންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ. އަދި އެ ކަމުގެ ސަބަބުން ކުންފުންޏަށް ލިބިފައ އޮތް ބިމުގެ ސަރަހައްދު ކުޑަވި ކުޑަވުމަށް ރިއާޔަތްކޮށް ބިމުގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް  ބުނެފައިވެއެވެ.

ބްރިޖް ވިއު ތަރައްގީ ކުރަން ކުންފުނިން ކުއްޔަށް ހިފި ބިމުގެ ކުލި ކޮންމެ މަހަކު ވެސް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ކުންފުނިން އިއުތިރާޒު ނުކުރާ ކަމަށާއި ނަމަވެސް ކޯޓެއްގެ ހުކުމަކާ ނުލައި އަދި ކުންފުންޏަށް އަދަލުވެރި ބަދަލެއް ދިނުމަކާއި ނުލަ ކުންފުންޏަށް ދޫކުރި ބިމުން ބައެއް ނެގީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ކުލި ނުދެއްކުނީ ވެސް އެ ކަމަށް ހެޔޮ ބަދަލެއް ދީފައިނުވާތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމަށްޓަކައި ކުންފުނިން ކްރެޑިޓަށް ކޮންސްޓްރަކްޝަން ސާމާނު ދޫކުރި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެތައް މުވައްޒަފުންގެ މުސާރަ ނުދެވި، ކުންފުނި މާލީ ގޮތުން ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: