ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަނެއްގެ ފުރިހަމަކަން ފެންނާނީ، ވަސީލަތްތައް ފުރިހަމަވުމުން

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިހުގައިވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަނެއްގަ ވަށާފާރު ރޭނިއަސް އަދި އެ ނިމުނީއެއް ނޫން ކަމަށާއި ތަނެއް ހަރަކާތްތެރިވާނީ ހުރިހާ ވަސީލަތެއް ފުރިހަމަވާ ހިސާބުން ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ވިދާޅުވެއްޖެއެވެ.

ވ. ފުލިދޫގެ ކުނިކޮށީގެ މަސައްކަތް ފެށޭނެ ދުވަހެއް ބެލުމަށް، އެ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކާ ގުޅިގެން ކުނި ކޮށި ގާއިމް ކުރުމަށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތާއި ގުޅޭގޮތުން ޑރ. ހުސެއިން ވިދާޅުވީ ކޮންޓްރެކްޓުގައި ބިން ހަވާލު ކުރެވިފައިވަނީ 23 ޖުލައި 2018 ގައި، ކައުންސިލުން ބިން ދެއްކުމުން ކަމަށެވެ. އަދި މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ މަސައްކަތް ހަވާލު ކުރެވޭތާ 75 ދުވަސްތެރޭގައި ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ބިން ހަވާލު ކުރުން ދިގުދެމިގެން ދިއުމުގެ ސަބަބުން 20 ދުވަސް އެކަމަށް އިތުރުކޮށްދެވިފައިވާނެކަމަށް ޑރ. ހުސެއިން ވިދާޅުވިއެވެ. އަދި މުޅި މަަސައްކަތުގެ އަގު 1.5 މިލިއަން ރުފިޔާއަށް އަރާކަމަށާއި އެ އަގަށް ފަހުން 35،000 ރުފިޔާ އިތުރު ކުރރެވުނު ކަމަށެވެ.

މީގެ އިތުރުން ސުވާލުގެ ޖަވާބު ނިންމަވާލައްވަމުން ޑރ. ހުސެއިން ވަނީ އެ މަޝްރޫއާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ވޭތޯއާއި، މެމްބަރާއި އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ ފެލިދޫ ކައުންސިލްއާއި ގުޅާ މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް، މެމްބަރު ފަޒުލްއާއި އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކައުންސިލް އާއި ކޮށްފައިނުވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަށާފާރު ރާނާ ސިމެންތި ޖަހާފައި ވީ ނަމަވެސް، ފަޒުލް ވަނީ މަސައްކަތް އެކީ ނިންމާލެވޭނެ ތާރީހާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ބަޔަކު ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ފަޒުލް ވަނީ ތަނެއް ހަރަކާތްތެރިވާނީ ހުރިހާ ވަސީލަތެއް ފުރިހަމަވާ ހިސާބުން ކަމަށެވެ. ސޮއި ކުރެވިދާނެ ކަމަށާއި، އަދި މަލާމާތުގެ ރާގަށް ރަށުގެ ކުނި ކުށީގެ މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވިޔަސް އޭނާއަށް ވެސް ވަށާފާރު ނިމިފައިވާކަން އިނގޭކަމަށް ފޒުލް ވިދާޅުވިއެވެ.

ރަށުގެ ކުނިކޮށީގެ މައްސަލައާއި ގުޅޭގޮތުން ފަޒުލް ވަނީ، ސުވާލު ކުރައްވައި ޕީއެސްއައިޕީގެ ދަށުން އެ މަޝްރޫއު ކޮންޓްރެކްޓު އުސޫލުން ބަޔަކާއި ހަވާލު ކުރެވި އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯ ވިދާޅުވިއެފައެވެ.

ޖަވާބުގައި ޑރ. ހުސެއިން ވިދާޅުވީ ފެލިދޫގެ ކުނިކޮށީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނިއުހިޔާ ޕްރައިވެޓް ލިމިޓެޑް އާއި މީގެ ދެ އަހަރު ކުރިން 2017 ގައި ކަމަށެވެ. 28 ސެޕްޓެމްބަރު މަހު ސޮއި ކުރެވުނު އެ އެއްބަސްވުމަށް ޑރ. ހުސެއިން ވިދާޅުވީ އެ މަސައްކަތް މިހާރު އެ ފެށިފައިވާ ކަމަށާއި އެ އެގްރީމެންޓަށް 9 އޮގަސްޓު 2018 ގައި އިސްލާހެއް ވެސް ގެނެވުނު ކަމަށެވެ. އަދި ހަވާލު ކުރެވުނު މުޅި މަސަައްކަތް އެކީ ނިންމާލިކަމަށް ރެކޯޑުކުރެވިފައިވަނީ 6 އޮކްޓޯބަރު 2018 ގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: