ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން މެރުމަށް ގޮވާލާ ޖަމްއީއްޔާތައް އުވާލާ : އަލީ އާޒިމް

އެމްޑީޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން މަރަން ގޮވާލާ މީހުންނާ ގުޅުންހުރި ޖަމިއްޔާތަށް އުވާލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައިފިއެވެ.

އާޒިމް  ކުރެއްވި ޓްވީޓެއްގައި އެފަދަ ޖަމިއްޔާތަށް އުވާލުމުގެ އިތުރުން ރާއްޖެ އިން ބޭރަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ޖިހާދަށް ކަމަށް ބުނެ އޮޅުވާލައިގެން ފޮނުވާ މީހުން ހޯދާ ތަހުގީގު އަވަސް ކުރަން އެމްއެންޑީއެފް އަށް ވެސް ވަނީ ގޮވާލާފައެވެ.

 

https://twitter.com/aliaazim/status/1183677965856575488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%%5E1183677965856575488&ref_url=https%3A%2F%2Fwww.addulive.com%2F165282

އާޒިމް މިކަމަށް ގޮވާލާފައިވާއިރު އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު މައްސަލަ މިފަހަކުން ވަނީ ބޮޑުވެފައެވެ. އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މެމްބަރުންނަށް މަރުގެ އިންޒާރު ލިބެމުން އަންނާތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެ ޖަމިއްޔާ އިން ވަނީ ފުލުހަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިސްލާމްދީނާ ދެކޮޅަށް ހަރަކާތްތައް ހިންގާ އަދި ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ އުސޫލުން މީހުންނަށް އިންޒާރުދީ ހަމަނުޖެހުން އުފައްދަން އުޅޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ކަންކަން ފުލުހުން މޮނީޓާ ކުރަމުންދާއިރު މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކުގެ މައްސަލަ ރިޕޯޓު ކުރަމުންދިޔުމަށް ސީޕީ ވަނީ އާންމުންނަށް ގޮވާލާފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީން ފުލުހަށް ހުށަހަޅާފައިވާއިރު އެ ޖަމިއްޔާ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑު ވެސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: