ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒޭނާ ވަކިކޮށްފި

ބްރޯޑްކޮމްއިން ޒޭނާ ވަކިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މެމްބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުމާ އެގޮތަށް ޒައިނާ މެމްބަރު ކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޒައިނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ކޮމިޓީން ޒައިނާ ވަކި ކުރަން ނިންމީ އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކޮމިޝަންގެ ރައީސަކަށް ހުންނެވި މުހައްމަދު ޝަހީބް ވަކިކުރަން ނިންމައި މަޖިލިހުގެ ތަޅުމަށް ހުށަހެޅި އެވެ.

އެކަމަކު، އެ މައްސަލަ މަޖިލިހުގެ ތަޅުމުގައި އެޖެންޑާ ކުރުމާ އެކު، ޝަހީބު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް ބުނެ، އެ ކޮމިޝަނުން ޝަހީބާއި ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ޖުލައި 24 ވަނަ ދުވަހު އެވެ. ޝަހީބާއި ޒައިނާ ވަކިކުރުމުގެ ކުރިން ސަބް ކޮމިޓީއެއް ހަދައި، އެ ކޮމިޓީން ދެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކޮށް، ލިޔެކިޔުންތައް ދިރާސާ ކުރި އެވެ.

ބްރޯޑްކާސްޓިން ދާއިރާއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވި ޒައިނާ އެންމެ ފުރަތަމަ އަދާ ކުރެއްވީ ވީޓީވީގެ ވީޑިއޯ ޖާނަލިސްޓެއްގެ މަގާމެވެ. އޭގެ ފަހުން ޗެނަލް 13 ގައި މަސައްކަތް ކުރެއްވި އެވެ. އެ ސްޓޭޝަންގައި އަދާކުރެއްވީ ސީނިއަ އެޑިޓަރުގެ މަގާމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް “އަސުރުމާ ޔަގީން” މަޖައްލާގެ އެޑިޓަރުކަން ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: