ކުއްލި ޚަބަރު

ވަކީލުންނޭ، ސަމާލުވޭ، ބޮޑު ޖޫރިމަނާއެއް!

ހުއްދަ ނެތި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުން ބޮޑު ޖޫރިމަނާއެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކޮށްފިނަމަ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކުރާ ގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވައިލައިފިއެވެ.

ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނެ ފަރާތްތަކާއި، އެފަރާތްތަކުގެ ޝަރުތުތައް ކަނޑައެޅުމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައެޅުމާއި، މިގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ގޮތް ކަނޑައެޅުމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމެވެ.

ބާ ކައުންސިލްގެ ގަވާއިދުގެ ދަށުން އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށެވެ.

ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކޮށްފިނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ފުރަތަމަ ފަހަރު 25،000ރ އާއި 50،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ދެވަނަ ފަހަރު 50،000ރ އާއި 150،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ދެފަހަރަށް ވުރެ ގިނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000ރ އާއި 3000،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ބާކައުންސިލްގެ އުސޫލުގެ ދަށުން ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ޤާނޫނީ ވަކީލުންނަށް، ޚިދުމަތް ހޯދަން އަންނަ ފަރާތުން ފޯރުކޮށްދޭ އަސްލު ބަލައި، އެއިގެ ނަކަލުގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ ލިބިގެންވެއެވެ. އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި، ޚިދުމަތް ހޯދަން އަންނަ ފަރާތުން ފޯރުކޮށްދޭ އަސްލު ލިޔުމަކީ އެއިގައި ޝައްކުއުފެދޭފަދަ ކަންކަން ހުރި ލިޔުމެއްނަމަ، އެލިޔުމަކީ އޭގެ އަސްލުކަން ކަށަވަރުކުރުމަށް ފަހުގައި މެނުވީ، އޭގެ ނަކަލުގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ދީގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ބާ ކައުންސިލްގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ކޮންމެ ޤާނޫނީ ވަކީލަކުމެ، އެފަރާތުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އަދި ޚިދުމަތުގެ ޞައްޙަކަމާމެދު ސުވާލުއުފެދޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ. އަދި. ޤާނޫނީ ވަކީލާ ފުރަތަމަ ދަރަޖައިގެ ޢާއިލީ ގުޅުމެއް އޮތް ފަރާތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމަކީ މަނާކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: