ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ކުރިއެކޭ އެއްގޮތަށް އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެކުރެވޭނެ

ފިޔާގެ އަގު އުފުލިގެން ދިއުން ހައްލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއެކޭ އެއްގޮތަށް އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެކުރެވޭނެ ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން  ބުނެފި އެވެ.

އެމްބަސީން ނެރުނު ބަޔާނުގައި ބުނީ ފިޔާ ދަނޑުތައް ހަލާކުވެ އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މެދުޑުކަނޑާލާފައި ވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ނިންމާފައިވާ ގޮތަށް، އަސާސީ މުދާ ސަޕްލައިކުރުމުގައި ރާއްޖެ އަށް ކަނޑައެޅި ހާއްސަ އުސޫލުގެ ދަށުން ފިޔާ އެކްސްޕޯޓްކުރާނެ ކަމަށެވެ.

ފިޔާ ލިބުން ދަތިވެ ބާޒާރުގައި އާދަޔާ ހިލާފަށް އޭގެ އަގު އުފުލިގެން ދިޔަ ނަމަވެސް، އެމްބަސީން ބުނި ގޮތުގައި ރާއްޖެ އަށް ފިޔާ އެކްސްޕޯޓްކުރުން މެދުކެނޑުނީ ކުޑަ ދުވަސްކޮޅަކަށެވެ. އެއީ އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން އައި މެދުކެނޑުމެއް ކަމަށާއި އެކަމަކު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރާއްޖެ އަށް އިންޑިއާ އިން ފިޔާ ލިބޭނެ ކަމަށެވެ.

އެމްބަސީން ބުނި ގޮތުގައި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމާއި އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމްގެ ރަމްޒެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބާޒާރުން ފިޔާ ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ. ހޯލްސޭލް ބައެއް ފިހާރަތަކުން ފިޔާ ކޮންޓްރޯލް ކޮށްގެން ވަކިވަކިން ކިލޯއިން ވިއްކާ އިރު ރީޓެއިލް ފިހާރަތަކުން ފިޔާ ކިލޯއެއްގެ 50ރ. އަށް ވިއްކަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 1،200ރ. އަށް އުފުލުނެވެ.

އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގައި އުފައްދާ 35 ޕަސެންޓް ފިޔާ ދަނޑުތައް އެއްކޮށް ވަނީ ހަލާކުވެފަ އެވެ.

 އެސްޓީއޯއިން ވެސް ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ބުނީ ބާޒާރުގައި މިހާރު އަގުބޮޑުވެފައިވާ ފިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް އިންޑިއާއިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި މާދަމާއިން ފެށިގެން ކޮންޓްރޯލް އަގެއްގައި، ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑިމާންޑާ އެއްވަރަށް ފިޔާ ސަޕްލައި އިތުރު ކުރަން އިންޑިއާ ސަރުކާރުން މިހާރު ވަނީ އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓުވައި، ފިޔާ އެހެން ގައުމުތަކުން އިމްޕޯޓު ކުރަން ނިންމައިފައެވެ.

އިންޑިއާ އަކީ ރާއްޖޭގެ ވިޔަފާރިތަކުން އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ އެއް ގައުމަށްވާއިރު އިންޑިއާއިން ފިޔާ ނުގެނެވުމުން، ރާއްޖޭގައި ފިޔާގެ ސަޕްލައި މަދުވެ، ބާޒާރުން ފިޔާ ވަނީ ހުސްވެފައެވެ.

ފޮރިން މިިނިސްޓްރީއިން ބުނީ، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިތަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އަދި މިވަގުތު އެއްވެސް ދަތިކަމެއް ނެތި އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

ރައްޖޭގެ ވިޔަފާރިވެރިން ބުނެފައިވާގޮތުން، ފިޔާ އެކްސްޕޯޓު ކުރަމުންދާ ޓުޓިކޮރިން ބަނދަރުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފައެވެ. އިންޑިއާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއް ދީފައިވީ ނަމަވެސް އެ ބަނދަރުން ބޯޓުފަހަރުތަކަށް ފިޔާ ބަރެއް ނުކުރެވޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި އިންޑިއާގެ އެހެން ބަނދަރުތަކުން ފިޔާ ބޭރުކުރުމަށް ބައެއް ވިޔަފާރިވެރިން މިހާރު މަސައްކަތްކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދައި އުޅެނީ މަހަރާޝްތާ ސްޓޭޓާއި، ގުޖުރާތާއި، މަދްޔަ ޕްރަދޭޝްއާއި، އުއްތަރު ޕްރަދޭޝްއާއި، ވެސްޓް ބެންގަލްއާއި، ކަރުނާޓަކާ އަދި ބިހާރު މި ސްޓޭޓުތަކުގައެވެ. މި ސްޓޭޓުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ފިޔާ ހައްދަނީ މަހަރާޝްތާ ސްޓޭޓުގައެވެ. އިންޑިއާގައި ހައްދާ ފިޔާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައި ހައްދަނީ އެ ސްޓޭޓުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: