ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާ ބެހޭ އާ އުސޫލެއް ކަނޑައަޅައިފި

ގާނޫނީ ވަކީޅުން ހުވާ ކުރުމުގެ ރަސްމީއްޔާތެއްގެ ތެރެއިން : ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާ ބެހޭ އާ ގަވާއިދެއް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފަރާތުން އެކުލަވާލައިދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. 

މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ގެ ދަށުން ބާރުލިބިގެން،  ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި، ޢަމަލުކުރާނެ އުސޫލުތައް އަދި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމަށްޓަކައި ހަދާފައިވާ ގަވާއިދެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނީ ދިވެހި ރައްޔިތެއް ކަމުގައިވުން؛ އުމުރުން 21 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން؛ ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުޠުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ޙާޞިލު ކޮށްފައިވާ މީހެއް ކަމުގައިވާނަމައެވެ.

މީގެއިތުރުން ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ބާ އިމްތިޙާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވާން ޖެހޭނެއެވެ. ހަމައެހެންމެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި؛ އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އެޕީލް ކޮމިޓީއަށް ހުށަހެޅުމުގެ ޙައްޤު އެ ނިންމުމެއް ރައްދުވި ފަރާތަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: