ކުއްލި ޚަބަރު

އެމްޑީއެންއަށް ވެސް، ޝަހިންދާ ވެސް މޮޅުވިޔަދީގެން ނުވާނެ!

އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކެރެސީ ނެޓްވޯކް (އެމްޑީއެން) އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދުމުގައި މަޝްހޫރު ޖަމިއްޔާއެވެ.

ޖަމިއްޔާގެ ނަމާއި، އޭގެ ފަހަތުގައި ވާ މީހުންވެސް އޮޅިފައެއް ވެސް ނޯންނާނެ އެވެ. ހުޅަނގުގެ މީހުންނާއި، އެ މީހުންގެ ސަގާފަތް އަދި އެ މީހުންގެ އުޅުމަކީ މާ "ރީތި" އުޅުމެއްކަމަށް އެމްޑީއެންއަށް އޮންނަނީ ގަބޫލު ކުރެވިފައެވެ. ބޭރުގެ ބޮޑެތި ފޯރަމްތަކުގައި ވާހަކަތައް ދައްކާއިރު ރާއްޖެއަކީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަކީ ދޮން މީހުންގެ ތާއީދު އެ މީހުންނަށް ލިބޭ ކަމަކަށް ފަހަރުގައި ވެދާނެއެވެ.

މިއީ އެއްގޮތަކަށްވެސް، އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް އާއި ޖައްސާލުމެއް ނޫނެވެ. ނޫނީ ޝަހިންދާ އެ ބުނާހެން ކަމެއް ނޭނގި ހުރެ ފޮނު އަރުވަނީއެއް ވެސް ނޫނެވެ. ހަގީގަތަށް ވާހަކަ ދައްކާއިރު، އެކަމަކަށް ހިތްހަމަ ނުޖެހޭ މީހުންވެސް ތިބޭނެއެވެ. ނަމަވެސް، "މަގެ ދީނާ، މަގެ އަމުނާ ނުކުޅެއްޗޭ" ބުނާ ބީދައިން ކޮންމެ ހަގީގީ ދިވެއްސެއްވެސް އިސްކުރާނީ އިސްލާމް ދީނެވެ. އެހެން ކަމަށްވާނަމަ، ދީނާއި ގައުމުގެ ދިފާއުގައި ވާހަކަ ދައްކާ މީހާއަކީ ޝަހިންދާއަށް އިންޒާރު ދޭ މީހެއް ނޫނެވެ.އަދި ހައްދުފަހަނައަޅާ ދިއުމަށް ތާއިދުކުރާ މީހެއްވެސް ނޫނެނެވެ. 

ރިޕޯޓަކީ ކޮންމެ ވަގުތަކު، ކޮންމެ ތާރީހެއްގައި، ކޮންމެ އަހަރެއްގައި ލިޔުނު ރިޕޯޓެއް ކަމުގައި ވީނަމަވެސް ވަރިހަމައެވެ. އެއީ ކޮން ސަރުކާރެއްގައި ހިނގި ކަމެއްތޯ ވެސް ބަލާކަށް ނެތީމެވެ. މުހިންމީ ފިޔަވަޅު އެޅުމުގެ ވާހަކައެވެ. ފާޅުގައި އެއޮތީ އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ. ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ގޮންޖަހާ، ކީރިތި ގުރުއާނުގައި އައިސްފައިވާ އެތައް ކަމަކަށް ސުވާލު އުފައްދާފައެވެ.

މިހާ ހިސާބުންވެސް ނޫސްވެރިޔާ ފޮނު އަރުވަނީކަމަށް ބުނާނަމަ، ހަމަ އެ އުސޫލެވެ. ނުކުރާ ކަމެއްގެ ވާހަކަ، ނުދައްކާ ވާހަކައެއް ވެސް ނުލިޔަމެވެ. ރިޕޯޓު ކިޔަންވެސް، ކިޔައިފީމެވެ. އެހެން ވީމަ އެއީ މި އަހަރު ނޫނީ 2016 ގައި ޕަބްލިޝް ކުރި އެއްޗަކަސް ހަމަ ވަރިހަމައެވެ.

އެންޑީއެމް އިން "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި، ރިޕޯޓު އިސްލާހުކޮށް އަލުން އާއްމު ކުރާނެ ކަމަށް ބުނެ ރިޕޯޓު ނެގިޔަސް މިއީ އޮޅިގެން ކުރިކަމެއްނޫނެވެ. މިއީ ހަމަ ގަސްތުގައި ކެރިގެން ތިބެ ހިންގާފައިވާ އަމަލެކެވެ.ބޮޑުޖަރީމާއެކެވެ.މަގުސަދުވަރަށްސާފެވެ.ރާއްޖޭގައި އެހެން ދީންތަކަށް ޖާގަދިނުމެވެ. 

އަޅުގަނޑުމެން ދިވެހި މުސްލިމް ލޮބުވެތި ރައްޔިތުން ނުވަތަ އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގައި އަންގަވާފައިވާ މަގުން ކަންތައްކުރަން ބޭނުންވާ ހުރިހާ ކުދިބޮޑު ރައްޔިތުން ހަމަޖެހިލައިގެން ވަގުތުކޮޅަކަށް ނަމަވެސް މިކަމާ ފުންކޮށް ވިސްނަން އެބަޖެހެއެވެ!

ދިވެހިންގެ ފަސްގަނޑުގައި ތިބެ ފަރަންޖީންގެ އެހީ ހޯދައިގެން ބޭނުންހާ އެއްޗެއް ނެރެމުންދާއިރު އެކަމަށް ހަމަ ދެ އަތް އުރާލައިގެން ތިބެން ވީތޯއެވެ. ފަރަންޖީންގެ އެހީއާއި، ހިމާޔަތް އެ މީހުންނަށް އޮވެދާނެއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ދިވެހިން އެކަތިގަނޑަކަށް ވެއްޖެނަމަ ކޮން ފަރަންޖީއެއް ޝަހިންދާއެއް ހެއްޔެވެ. ތިބުނާ ޔޫޕީއާރެއް ދެކެ ބިރެއް ވެސް ނުގަނެއެވެ.ބިރެއް ނުވެސް ދެއްކޭނެއެވެ.

ފާއިތުވެދިޔަ ތަނުގައި ދީނާ ދެކޮޅަށް ކަންތައްކުރި މީހުނާއި ދޭތެރޭ ފިޔަވަޅެއް އެޅުނު ތަނެއް ފެނިފައެއް ނެތެވެ. އަދި އެއާއިއެކު ކަމާ ގުޅުންހުރި އިދާރާއަކުން ބަޔާނެއް ނެރެގެން ކޮންމެވެސް އެއްޗެއް ބުނެލުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވެއެވެ. ކުރިން ދެންނެވި ފަދަ ހައްދު ފަހަނައަޅާފައިވާ ލާދީނީ ފިކުރުގެ މީހުނާއި ގުޅިފައިވާ މިރާއްޖޭގެ ޖަމްޢިއްޔާއަކުން މިހާރު މިއޮތީ ވަރަށް ފާޅުކަން ބޮޑުކޮށް އިސްލާމްދީނަށް ފުރައްސާރަކޮށްފައެވެ. އިސްކޮށް ހުރީ ޝަހިންދާއެވެ.އޭނާގެ އައުވާނުންނެވެ.

މިވާހަކަަތައް ދެއްކުމުން، ބައެއް މީހުން ބުނެފައިވަނީ ޝަހިންދާގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއިން މާފަށް އެދުނު ކަމަށެވެ. ނޫނެކެވެ. އެއީ މާފަށް އެދުމެއް ނޫނެވެ. ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން "ދީނީ އިލްމުވެރިއެއްގެ" އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ. ނަމަވެސް، އެކަން ކުރާނީ ކިހިނެއްތޯއެެެެވެ. ޝަހިންދާ ގަބޫލު ކުރާގޮތުން މި ގައުމު ފަސާދަ ކުރަނީ އިލްމުވެރިންނެވެ. އިސްލާމިކް މިނިސްޓްރީ އޮތްހާ ހިނދަކު ގައުމު ރަނގަޅެއް ނުވާނެއެވެ. މިއީ ޝހިންދާގެ ބަސްމެގެެވެ. އޭނާގެ ވިސްނުމާއި  އޭނާހެގެ ޖާހިލު ފިކުރެވެ. އެހެން ކަމުން ވަރަށް ރަނގަޅަށް ވެސް މާފަށް އެދެވޭނެ ނޫންހެއްޔެވެ.

ރިޕޯޓު އިސްލާހު ކުރާނެކަމަށް ބުނެ މާފަށް އެދި ރިޕޯޓު ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ޝަހިންދާ ވަނީ ސިލްސިލާކޮށް ޓްވީޓިތަކެއްކޮށް ރިޕޯޓު ދިފާއު ކޮށް ވާހަކަ ދައްކަން ފަށާފައެވެ. ޝަހިންދާކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައިވަނީ ފިތުނަ އުފައްދަނީ އެމްޑީއެންގެ ރިޕޯޓަކުން ނޫން ކަމަށް، އަދި އެ ޖަމިއްޔާއަކުންވެސް ނޫން ކަމަށެވެ. ނަމަވެސް، އޭނާ ސިފަ ކުރާގޮތުން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އަދި އާއި އަދި މީޑިއާތަކުން ހަބަރު ފަތުރަނީ ޓެރަރިޒަމްގެ ގާނޫނު ފާސް ކުރުމުން އެކަމާއި ބިރުން އުޅޭ ބަޔަކު ކަމަށެވެ. އަދި އެ މީހުންގެ ނިޔަތަކީ ފިތުނަ އުފެއްދުންގެ ގޮތުގައި ޝަހިންދާ ބުނެފައިވެއެވެ.

އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހުރި އެ ރިޕޯޓަށް އިސްލާމިކް މިނިސްޓްރީއިން ކަންބޮޑުވުން ފާޅު ކުރުމުން ޝަހިންދާ ވަނީ "ކެރެންޏާ" އެ ރިޕޯޓުގައި ހުރި ހުރިހާ ކަމެއް ތަހުގީގު ކުރުމަށް ބުނެފައެވެ. 10 އަހަރު ނުވަނީސް އަންހެން ދަރީން ކާވެނި ކުރުވާ، ވެކްސިން ނުޖަހާ ބަލި ޖައްސާކަމަށް ޝަހިންދާ ވަނީ ބުނެފައެވެ. އިސްލާމިކް މިނިސްޓްރީއަށް ފާޑުކިޔާ ޝަހިންދާ ވަނީ ޒަކާތައް ދޭ ފައިސާ ހަނގުރާމަތަކަށް ހަރަދު ކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައެވެ. އަަދި އަންހެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، އަނބިން ގައިގައި ތެޅުމަށް އިސްލާމިކް މިނިސްޓްރީއިން ހިއްވަރު ދޭކަމަށް ދޭހަވާ މޭރުމަކުންވެސް ޝަހިންދާ ޓްވީޓު ކުރިއެވެ. އަދި ކުޑަކުދިން ހަނގުރާމައަށް ދިއުމަށް ހިއްވަރު ދެނީ ނުބައި ހިޔާލުތައް ދީގެން ކަމަށާއި އެކުދިން ލައްވާ ލޭ އޮހޮރުވުމަށް ގޮވާލަނީ ރަސޫލާގެ ނަންފުޅު ބޭނުންކޮށްގެންކަމުގެ ތުހުމަތުވެސް ޝަހިންދާ ކުރިއެެވެ. ޝަހިންދާ ވަނީ ގައުމު ހަލާކުކޮށް، މިފަދަ ކަންކަން ކުރަން ދެންތިބި މީހުންގެ މައްސަލަ ބަލަން ކެރޭނެތޯވެސް ބުނެފައެވެ.

މިހާހިސާބުން ޝަހިންދާ އަށް އޯކޭވެފައި ނުތިބެވޭނެއެވެ. ދައްކަން ބޭނުންވާހާ ވާހަަކައެއް ޖަރުމަން ވިލާތުގައި ހުރެގެން މިއަދުވެސް ދައްކަމުން އެދަނީއެވެ. ދީނަށް ފުރައްސާރަ ކުރި ބައެއްގެ ޖަމިއްޔާ ހުއްޓުވީމަ ޝަހިންދާ ބުނީ "ހައްދު ފަަހަނައަޅާފައިވާ" ދީނީ ފިކުރު ފަތުރާ މީހުން ހައްޔަރު ކުރުމަށެވެ. ތިމަންނާ މެންނަށް އިންޒާރު ދޭ މީހާ ހައްޔަރު ކުރުމަށެވެ. އަހަރެންވެސް، ގަބޫލު ކުރަމެވެ. އެއްވެސް ބަޔަކު ވަކި ޝަހިންދާއަކަށް ވެސް އިންޒާރު ދީގެން ނުވާނެއެވެ. ނަމަވެސް، އެއީ ޝަހިންދާ ރިޕޯޓު ލިޔުނު މައްސަލައިގެ ތަހުގީގަށް "ހުއްޖަތެއް"  ނޫނެވެ.

އެމްޑީއެންގެ ރިޕޯރޓުގައި ހުރީ އަޅުގަނޑުމެންގެ ތުއްތު ކުދީންގެ ޅަނދޮޅު ސިކުނޑިތަކުން އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޝަރަފުވެރިންކަން އުނިކޮށް ބޭރުކޮށްލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެކެވެ. އެއީ ތަޢުލީމު ބައްޓަންކުރުމާއި މުޤައްރަރުތައް ފަރުމާކުރުމާ ގުޅޭ ސިޔާސަތުތަކެކެވެ. އިނގެރޭސި ބަހުން ދަންނަވަނީނަމަ، ރިކޮމެންޑޭޝަންތަކެކެވެ. ސިޔާސަތު ބައްޓަންކުރަވީ ގޮތާމެދު އެޖަމްޢިއްޔާއިން ދެކޭ ގޮތްތަކެކެވެ. އިސްލާމިކް ސްޓަޑީސްގެ ކަރިކިއުލަމްއަށް ކުރުގޮތަކަށް ބުނާނަަމަ އޮތީ ޖޯކު ޖަހާފައެވެ. ތިމާމެންގެ މޮޑާން ފިކުރު އެއަށްލުމަށް ފަހުއެވެ.

ޖަމިއްޔާގެ ޗެއާޕާސަންކަމުން އިސްތިއުފާ ދިން ނޫޝީން ވަޙީދު ނޫނަސް ދައުލަތުގެ އެކި މުއައްސަސާތަކުގައި އެމްޑީއެން ފިކުރަށް ނިސްބަތްވާ މީހުން އެބަތިއްބެވެ. ނޫޝިން ވަހީދު މަސައްކަތް ކުރަނީ ސީދާ ރައީސް އޮފީހުގައެވެ. ނަމަވެސް، އެ ޖަމިއްޔާގެ އެކްޓިވް މެމްބަރު އެމްޑީއެންގެ ޗެއާޕާސަންކަމުން އިސްތިއުފާ ދިނީ ހޯމަ ދުވަހުއެވެ. ނަމަވެސް، ޖަމިއްޔާއަށް ކުރާ ތާއީދު ނުގެއްލޭނެތާއެވެ.

ރައީސް ސޯލިހަށް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ކަންކަން ކުރައްވަން ޖެހޭ ގޮތާއި ގުޅޭ ގޮތުން ލަފާ އަރުވަނީ ނޫޝީން އެވެ. ނޫޝިން އަކީ ސަރުކާރުގެ އިސް ފަރާތެއްގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ) އަށް ބޮޑުބޭބެ ކިޔާ މީހެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެބެއިންގެ ދެދަރި މީހެކެވެ. އެހެން ވީމަ، ވިސްނާށެވެ. އެޅޭނެ ފިޔަވަޅެއް އެބައޮތް ހެއްޔެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ޖަމިއްޔާގެ ކުރީގެ ޑިރެކްޓަރެެކެވެ. ހަރަކާތްތަކުގައި ވަރަށް އިސްކޮަށް ބައިވެރިވެފައިވެއެވެ. އެ ބުނާ ރިޕޯޓެއް 2016 ވަނަ އަހަރު ނެރެފައިވާނަމަ، ހަމީދު އެ ރިިޕޯޓު ނުކިޔާ ނުހުންނާނެ ތޯއެވެ؟ ހަމީދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން މެޑަމް ފްޒަނާ އަހުމަދުގެ ކޮއްކޯފުޅަކާއި އެވެ. ވަރަށް ވެސް ފުރިހަމަ ކޮއިންސިޑެންސްއެކެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާ ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް، އެ ހަބަރު ރީޓްވީޓުކޮށް ރެޖިސްޓްރާއަށް އަމާޒުކޮށް ޝަހިންދާ ބުނީ ޖަމިއްޔާ ސަސްޕެންޑު ކުރުމުގެ ކަންތަކާއި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދީފައި ނުވާ ކަމަށެވެ. ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެެވެ.

ޝަހިންދާ ބުނެފައިވާގޮތުން، ރައީސް ސޯލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. ރިޕޯޓު ފެންމަތިވެ މިއަދާއި ހަމަށްއަށް އައިއިރު ޝަހިންދާއަށް ލައްކަ ޓްވީޓެއް ކުރެވިއްޖެއެވެ. ޖޯޝާއި ނުހަނު ފޯރީގައެެވެ. ނަމަވެސް، ދީނަށް ފުރައްސާރަ ކުރުމުގައި ޝަހިންދާއަށް މޮޅުވިޔަ ދީގެން ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: