ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފިސަރުންނާއި ހަވާލުކުރެވިފައިވަނީ އިޖްތިމާއީ ޒިންމާއެއް: އިމްރާން

މިޑްލް މެނޭޖަރުންނަށް އަމާޒުކޮށް، މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު. ފޮޓޯ: ކަރެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގެ އޮފިސަރުން ކުރާ މަސައްކަތަކީ އެމީހުންނާ ޙަވާލުކުރެވިފައިވާ އިޖުތިމާޢީ މަސައްކަތެއް ކަމަށާއި، މިއީ ވަރަށް ބޮޑު އަދި އެހާމެ މުހިންމު ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މިޑްލް މެނޭޖަރ އޮފިސަރުންނަށް އަމާޒުކޮށްގެން މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕެއް މާފުށީ ޖަލުގައި މިއަދު ފަށާފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މުއައްސަސާއެއް ކުރިއަރައިގެން ދާނީ، މުވައްޒަފުންގެ ހުނަރާއި ޤާބިިލުކަން އިތުރުކޮށްގެން ކަމަށެވެ. މުއައްސަސާއިން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ މަޤްޞަދަކީ، މުއައްސަސާގެ މުވައްޒަފުންގެ ހުނަރުތަކާއި، ޢިލްމު ތަރައްޤީކުރުން ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުރިން ނޭނގޭ ގިނަ އެއްޗެހިތަކެއް ދަސްވުމުގެ އިތުރުން، ލިބިފައިިވާ ޢިލްމާއި ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އިތުރަށް ސީޕީ ވިދާޅުވީ ޤައިދީންގެ އުޅުން ދެނެގަންނަން ޖެހޭ ކަމަށާއި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެމީހުންނަށް ކުރެވުނު ކުށް އަންގައިދިނުން ނޫން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުން ކަމަށެވެ.

މިޑްލް މެނޭޖަރުންނަށް އަމާޒުކޮށް، މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕް ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މިޑްލް މެނޭޖަރ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ. މި ވަރކްޝޮޕަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާ ގުޅިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާގޮތަށް ފެށި ވަރކްޝޮޕެކެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާންގެ އިތުރުން ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްގެ އިތުރުން ކޮމިޝަން އޮފިސަރުންނާއި، ވަރކްޝޮޕްގައި ބައިވެރިވާ އޮފިސަރުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: