ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އިމްރާން “ދޮން މީހުން”ގެ އެހީ ހޯދިގޮތް މެމްބަރު ތޯރިގުގެ ދުލުން!

ހޯމް މިނިސްޓަރ އިމްރާން އައް ޝެއިޚް އިމްރާން އަބްދުﷲ އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން މޯލްޑިވިއަން ނެޓުވޯކް (އެމްޑީއެން) މެދުވެރިކޮށް “ދޮން މީހުން” ގެ އެހީ ހޯދިކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ.

ދިވެހިންގެ ތެރޭގައި “ދޮން މީހުން” މާނަކުރަނީ ހުޅަނގުގެ ގައުމު ތަކުގައި ދިރިއުޅޭ ޔަހޫދީންނާއި ނަސާރާއިން އަދި އެނޫނަސް އެކި އަގީދާގައި އުޅޭ މީހުންގެ ތެރެއިން އިސްލާމް ދީނަށް ހީނަރުކަން އަންނަ އަމަލުތަކަށް ހިއްވަރުދޭ ފަރާތްތަކަށެވެ.

 

https://twitter.com/AhmedThaariq/status/1183281831803682816

މެމްބަރު ތޯރިގު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރ އިމްރާން 2016 ވަނަ އަހަރު އެމްޑީއެންގެ އެހީތެރިކަމާއެކު އެފަދަ ބައެއްގެ އެހީތެރިކަން ހޯދިކަމަށެވެ.

އިމްރާން އޭރު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މޭޑޭ މުޒާހަރާގެ ތެރޭގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ޖަލު ބަންދެއްގައެވެ. މިނިސްޓަރ އިމްރާން ބަންދުކުރެވުނީ ޑރ.އަފްރާޝީމްގެ މަރުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނާވަނެކަމަށާއި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބާއި ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު އެކަންކަމުގެ ހަގީގަތް އޮއްބާލަން މަސައްކަތް ކުރެއްވިކަމަށް ވިދާޅުވުމުންނެވެ.

ތޯރިގު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައީސް ކަމުގެ މަގާމަށް ހުވާކުރެއްވުމަށް ފަހު ޝުކުރު އަދާކުރެއްވުމުގެ ގޮތުން އެމްޑީއެންގެ އޮފީހަށް ވަޑައިގެން އެ ޖަމްއިއްޔާގެ ބާނީ ޝަހިންދާ އިސްމާއީލް އާއި ބައްދަލުކުރެއްވިކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ސިޔާސީ ވީމަ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ އުފަން ނުވޭވާހަކަވެސް އެހެން ތިބެ ދައްކާނެ

Leave a Reply to ފާތުމާ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: