ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލަފް ޖަމްއިއްޔާގެ މުނާފިގުކަން ހުރި މިންވަރު މެމްބަރު ސިރާޖު ހާމަކުރައްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލަފް ޖަމްއިއްޔާގެ ތެރޭގައި މުނާފިގުކަން ހުރި މިންވަރު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ހާމަކުރައްވައިފިއެވެ. މޫސާ ސިރާޖް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާތް ﷲ އަށް ދަރިން ނިސްބަތްކޮށް ހިލޭ އަންހެނުންނަށް ފައިސާ ދީފި ނަމަ އެއީ ހިލޭ އަންހެނުން ނޫންކަމަށް ވިދާޅުވެފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކޮށް ސަލަފް ޖަމްއިއްޔާއިން ކެމްޕެއިން ކުރިކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ފަދަ އަނިޔާވެރި ވެރިއަކަށް ކެމްޕެއިން ކުރަންވީމަ އެ ޖަމްއިއްޔާއިން ދީނަށް ނުބެލިތަނުގައި އެކަންކަން މައްސަލައަކަށް ނުވި ކަމަށްވެސް ސިރާޖު ފާހަގަކުރެއްވިއެވެ. އެއީ ސަލަފް ޖަމްއިއްޔާގެ މުނާފިގުކަން ހުރި މިންވަރުކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

https://twitter.com/MoosesSiraj/status/1183096145997774848

ސިރާޖު މިހެން ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ ދިފާއުގައި ވަނީ އޭނާއަށް ރައްދުދީފައެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އެފަދަ ވާހަކަފުޅުތަކެއް ދެއްކެވީ ސިރާޖު އެ ހާމަކުރައްވާ މޭރުމަކުން ނޫންކަމުގައެވެ. ދެވަނަ ކަމަކަށް އޭނާ ވަނީ އެމްޑީޕީ ސަރުކާރު އައީ ހެޔޮވެރިކަމެއް ކުރުމުގެ ބޭނުމުގައި ކަން ފާހަގަކުރައްވާފައެވެ. އަދި ހެޔޮވެރިކަމެއްގައި ﷲ ސުބުހާނަހޫ ވަތައާލާ ވޮޑިގެންވާކަމާއިމެދު ސުވާލު އުފައްދައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް މަލާމާތްކުރާ ފަރާތްތައް މަތިވެރިވަނީ ތޯވެސް ޝިޔާމް ވަނީ ސިރާޖަށް ދަންނަވާފައެވެ. ނަމަވެސް ސިރާޖު އެކަމަށް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

https://twitter.com/Shiyamaldives/status/1183220097814429697

މެމްބަރު ސިރާޖު މިފަދަގޮތަކަށް ވަހާކަދެއްކެވުމާއި ގުޅިގެން ވެލިދޫ ދާއިރާގެ ކުރީގެ ޕީޕީއެމްގެ މެމްބަރު ޔާމީން ރަޝީދު ވަނީ ސިރާޖަކީ އިސްލާމް ދީނަށް ލޯބިކުރާ އިންސާފާއި ހަމަހަމަ ކަން ހިފެހެއްޓެވި ޝަޚުސިއްޔަތެއްކަން ފާހަގަކުރައްވައި އެގޮތް ބަދަލު ނުކޮށް ހަގީގީ މައްސަލައަށް ފޯކަސް ކުރެއްވުމަށް އޭނާއަށް ގޮވާލައްވާފައެވެ.

https://twitter.com/YaminRasheed/status/1183098847855165440

ޔާމީން ރަޝީދު އެ ވިދާޅުވާ ހަގީގީ މައްސަލައަކީ މިފަހަކަށް އައިސް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ދީނާ ޚިލާފް ރިޕޯޓާއި ގުޅިގެން ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީ އިން އެ ޖަމްއިއްޔާ އުވާނުލައި ވަގުތީގޮތުން ސަސްޕެންޑް ކުރުމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އިންތިހާއަށް އޮތް މައްސަލައެވެ.

އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

އެމްޑީޕީއިން ވަނީ އެކަަންކަން ކުށްވެރިކޮށްފައެވެ. ނަމަވެސް އެމްޑީއެން އުވާލުމަށް އެޕާޓީއަކުް ތާއީދެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: