ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓް ޖަމާއަތްތަކުގެ ޕޯސްޓްތައް ކުރަމުން ދިޔަ މީހަކު ފުލުހުންގެ ހައްޔަރަށް!

ޓެރަރިސްޓު ޖަމާއަތްތައް ޕްރޮމޯޓްކުރާ ކަމަށް ބުނެ މީހަކު ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓެރަރިޒަޓް ޖަމާއަތްތަކުގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އާންމުކޮށް ޕްރޮމޯޓް ކުރަމުންދިޔަ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވާލި 27 އަހަރުގެ ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައްޔަރު ކުރި މީހާ ވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަަމަލުތައް ހިނގުމަށް އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ އުމުރު ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަން ނުވަތަ އަތޮޅުތެރޭ ރަށަކުން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

https://twitter.com/PoliceMv/status/1183083767444828160

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ މީހަކު ހައްޔަރުކޮށްފައިވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓްކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފައި މިވަނީ އެފަދަ އަމަލުތައް ނުހިންގުމަށާ އެފަދަ ކަންކަަން ކުރާ ފަރާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: