ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ބަންދު ކުރުމާއި ދެކޮޅު ކަމަށް އެމްޑީޕީން ބުނީ ރައީސް ނަޝީދާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު!

ބަޔާން ނެރުމުގެ ކުރިން އެމްޑީޕީން ވަނީ ބައްދަލުވުމެއް ބާއްވާފައި : ފޮޓޯ- އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނަށް ފުރައްސާރަކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ އެންގުންތަކަށް ގޮންޖެހި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑު ކުރުމާއި ގުޅޭގޮތުންނާއި،
އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލަން ތަރުހީބު ނުދޭކަމަށް ބުނެ ބަޔާން ނެރެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ބަޔާން އާއްމު ކުރުމާއި އެކު އަމާޒުވީ ފާޑުކިޔުންތަކަށް ރައްދު ދީ ޕާޓީގެ އޮފިޝަލް ސެކްރެޓޭރިއެޓްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ނޫސް ބަޔާނުގައި އެޕާޓީން ދެކޭ ގޮތް ހާމަކޮށްފައި ވަނީ 57 މެމްބަރުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި އެ މައްސަލައަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ މަޖިލީސް މެމްބަރުން އަދި ޗެއާފަސަން ހަސަން ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެ ވަޑައިގެންފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމާއި ފުރައްސާރަ ކުރަން ހިންގާ ކަންކަން ކުށްވެރި ކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ކަމަށް އެއާއި ވިދިގެން ބުނެފައި ވެއެވެ. އެ ބަޔާނުގައި ގާނޫނާ ހިލާފަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރި ކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރު ދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ހައްދު ފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށާއި ޖަލްސާތަކުގަ އާއި، އެކިއެކި ފޯރަމްތަކުގަ އާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރި ކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައި ނުގަންނަ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

 

 

https://twitter.com/MDPSecretariat/status/1183030461896900609

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރި ކުރާ ކަމަށް ބުނެ އެމްޑީޕީން ވަނީ ހޮނިހިރު ދުވަހުގެ ރޭ ބަޔާނެއް ނެރެފައެވެ. އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ރަސޫލާ އަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރި ބަޔާނުގައި ވަނީ ޖަމިއްޔާ ޖަމާއަތްތަކުގެ މަސަައްކަތް ހުއްޓުވުމަށާއި ޖަމިއްޔާ ޖަމާއަތްތައް އުވައިލުމަށް ތަރުހީބު ނުދޭނެ ކަމަށެވެ. އެމްޑީއެންގެ ނަން އެއްވެސް ވަރަކަށް އެ ބަޔާނުގައި ފާހަގަކޮށްފައި ނުވީނަމަވެސް، ދީނަށް ފުރައްސާރަ ކުރި މައްސަލައިގެ ތަހުގީގަށް މަސައްކަތްތައް ވަގުތީގޮތުން ހުއްޓުވާ، ސަސްޕެންޑުކޮށްފައި ވަނީ “އިންސާނީ ހައްގުތަކަށް” ވަކާލާތު ކުރުމަށް ކަމަށް ބުނެ އުފައްދާފައިވާ އެމްޑީއެންއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ފާހަގަކޮށްފައިވާ އެ ރިޕޯޓާއި ގުޅޭގޮތުން އެންމެ ބޮޑު ރުޅިވެެރިކަމެއް އަމާޒުވެފައިވަނީ ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއީލަށެވެ. އޭނާ ވަނީ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީއެންއާއި ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކުރިއިރުވެސް އެމްޑީޕީގެ މެމްބަރުން އެމްޑީއެން އުވާލުމަށް ގޮވާލާފައި ނުވެއެވެ. ބަހުސްގެ ދެ ގަޑިއިރު ބޭކާރު ގޮތުގައި ދުއްވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދީން ހިމާޔަތްކޮށްފައި ނުވާކަމަށް ބުނެ އެ ވާހަކަތަކުގެ ތެރެއިންނެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާ ހޫނުވެފައި ވަނިކޮށް އޭގެ ދުވަސްތަކެއް ފަހުން އެމްޑިީޕީން ނެރުނު ބަޔާނަށް ވެސް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: