ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން، ދީނަށް ފުރައްސާރަ ކުރި “އެމްޑީއެން” ސީދާ ކުށްވެރިއެއް ނުކުރި!

އެމްޑީޕީގެ ބަޔާން، ދީނަށް ފުރައްސާރަ ކުރި އެމްޑީއެން ކުށްވެރި ނުކުރޭ!
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ކުށްވެރިކުރާކަމަށް ބުނެ، އެމްޑީޕީން ބަޔާން ނެރުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ގުރުއާނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ހަޖޫޖެހި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ސަސްޕެންޑު ކުރުމަށް ޔޫތް މިނިސްޓްރީއިން ނިންމާފައިވަނިކޮށެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން އިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ. ނަމަވެސް، އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއީލާއި އޭނާއާއި ގާތް މީހުން ދަނީ ރިޕޯޓު ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.

އެމްޑީއެން ކުށްވެރި ކުރުމުގެ ބަދަލުގައި އެމްޑީޕީން ނެރުނު ބަޔާނުގައި މުޅިންވެސް ވަނީ ރިޕޯޓުގައިވާ “ކަންކަން” ކުށްވެރިކޮށްފައެވެ.

އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫން ކަމަށް ބުނެ އެމްޑީޕީން ވަނީ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ޕާޓީން ކުށްވެރި ކުރާކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެމްޑީއެން އާއިމެދު ފިޔަވަޅު އެޅުމާއި ޖަމްއިއްޔާ ބަންދުކުރުމާއި މެދު އެމްޑީޕީއިން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ގާނޫނު އަސާސީން ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކަށް ފުށުނާރާ ގޮތަކަށް ކަމަށެވެ. ނަމަވެސް އެއާއި ވިއްދާ އެމްޑީޕީ ނެރުނު ބަޔާނުގައި ވަނީ ނުސީދާ ގޮތެއްގައި އެމްޑީއެން އުވާލުމަށް ތާއީދު ނުކުރާކަމަށް ބުނެފައެވެ.

ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެ ޕާޓީއިން ބުނެފައިވެއެވެ.

 

“މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ. ހަމަ އެއާއެކު، މިޕާޓީން ޤާބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމެވެ. އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުމެވެ” ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފަިއވަނީ ނަފްރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ނޯންނާނެކަމަށެވެ. މީގެ އިތުރުން އެފަދަ ވާހަކަތައް ދެއްކުމަކީ، ޤައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއްގެ ގޮތުގައި ބަޔަންކޮށް އެމްޑީޕީން ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާކަމަށް ބުނެފައެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވަން ޖެހެއެވެ. އަދި ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން މަސައްކަތް ކުރުން ބަލައެއް ނުގަނެވޭނެ އެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ޢަމަލުތައް އެޕާޓީ އިން އަބަދުވެސް ކުށްވެރިކުރާ ކަމަށްވެސް އެމްޑީޕީގެ ނުސްބަޔާނުގައިވެއެވެ.
އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އެމްޑީޕީއެިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: