ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންތާގެ ދެވަނަ ސީޕްލޭން ވެސް ރާއްޖެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އާ ޑޮމެސްޓިކް އެއާލައިން މަންތާގެ ދެވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

މަންތާއިން ރާއްޖޭގެ އެތެރޭގެ އުދެހުންތަކަށް ގެނެސް ބޭނުން ކުރަމުން އަންނީ 72-600 މަރުކާގެ ބޯޓެެކެވެ.

މި ސީޕްލޭންއަކީ 2 ޕައިލެޓާއެކު 19 ފަސިންޖަރުންގެ ޖާގައިގެން ސީޕްލޭނެކެވެ. ދެ ވަނަ ސީޕްލޭންގެ ގޮތުގައި ގެނައީ ޑީއެޗްސީ- 6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ސީޕްލޭންގައި ހިމެނެނީ ޖާމިން ޖީ 950 އެންއެކްސްއައި ޓެކްނޮލޮޖީ އެކެވެ.

މަންތާގެ ފުރަތަމަ ސީޕްލޭން، އެ އެއާލައިން އިން ގެނައީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ، އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށް ވުރެން ލުއި އަދި ފަސިންޖަރުންނަށް ފަސޭހައިން ތިބެވޭނެހެން ފަރުމާ ކޮށްފައިވާ ބޯޓެކެވެ. އެ އެއާލައިންއިން ބުނެފައިވާގޮތުން ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭންގެ ހިދުމަތްތަކަކީ ދަތުރު ކުރުމުގައި އާންމުންނަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބޭނެ ހިދުމަތަކަށް ހަދާނެ އެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން، 10 ސީޕްލޭން ގެނައުމުގެ އަމާޒު ހިފައި، އެކަން ހާސިލް ކުރާނެ ކަމަށް މަންތާއިން ވަނީ ބުނެފައެވެ.

 

މަންޓާގެ ދެވަަނަ ސީޕްލޭން ގެނައުން : ފޮޓޯ – މަންޓާ

މަންތާއިން އެންމެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފަށާނީ މިހާރު އެ އެއަލައިނުން ހިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިސޯޓު ތަކަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ހިދުމަތް ބޭނުންވާ އެހެންފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާ އެޑްވާންސް ބުކިންގެ ޚިދުމަތް ދެމުންދާނެ ކަމަށް އެއާލައިން އިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތް ދޭން ފެށި މި އެއާލައިނުން ސީޕްލޭން އޮޕަރޭޓްކުރަން ފަށާނީ ނޮވެމްބަރު މަހު އެވެ.

މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ ސެފަޔާ އަދި ކޮމްފޯޓް ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށްކަން ވެސް ފާހަގަކުރެވެއެެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒް ކޮށްފައިވާކަން އެއާލައިންއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: