ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕް އިން ރައީސް ޔާމީނަށް ދުލެއް ނުދިން!

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް އަދި  އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒް - ( ފޮޓޯ - ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން “އަންނަނީ އަންނަނީ”ގެ ނަމުގާ ކާނިވަލު ސަރަހައްދުގައި ރޭ ބެއްވުނު ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ދައުރު ނިމިގެން ދިޔައިރު ހިނގަހިނގާ ހުރި 270 މަޝްރޫއު އޮންނާނެކަމަށް ވިދާޅުވެ އޭގެއިން އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. މި ސަރުކާރަކީ އެއްވެސް ކަމެއް ނުވާ، އަދި ތަރައްގީއެއްވެސް ގެނެސްނުދެވޭނެ ސަރުކާރެއް ކަމަށާއި ކުރެވޭހާވެސް ކަމަކީ ބަޔަކު ނިންމާފައި ހުންނަ މަސައްކަތެއްގެ “ރިބަން” ކަނޑާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ވައްކަމާއި ހިޔާނާތަށް ޖާގަ ނުލިބިގެން އުޅޭ ބަޔަކު ކިތަންމެ ގޮތަކުން އެ ޖާގަ ހޯދަން އުޅުނަސް މި ރާއްޖެ އަނބުރާ ފަހަތަށް ނުޖެއްސޭނެ ކަމަށާއި އަދި އެފަދަ ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

https://twitter.com/mdpshippe/status/1182695226990678017

ރާއީސް ޔާމީން މިފަދައިން ވާހަކަފުޅުދައްކަވައި ފެންފޮދަކާ ނުލާ ބަޖެޓް ދިރުވާލައިފި ކަން ހާމަކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އަލަށް ފެޝިފައި ހުރި މަޝްރޫތަކުގެ ތެރޭގައި މީދު ބަނދަރު ހެދުމާއި މަރަދޫފެދޫ ބަނދަރު ހެދުމުގެ އިތުރުން ހުޅުމީދޫ ހެލްތް ސެންޓަރު ބޮޑު ކުރުން ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ބަޖެޓު ފެންފޮދަކާ ނުލާ ދިރުވާލައިފިކަމަށް ރައީސް ޔާމީން ވިދާޅުވާއިރު އެއީ ހެމުން ހެމުންގޮސް އުނދޯލިން ވެއްޓޭވަރުގެ ވާހަކައެއްކަން ރޮޒެއިނާ ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ އަސްލު ގައުމު ދަވާލި ވެރިޔަކީ ޔާމީން ކަމަށެވެ.

 

https://twitter.com/Roxeyna/status/1182702756097740804

މީގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވުނު ޖަލްސާ ސިފަކުރެއްވީ ޔާމީންގެ ވަދާއީ ޖަލްސާގެ ގޮތުގައެވެ. ބެލެވޭގޮތުގައި އޭނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި ހުކުމް ކުރުން އަންނަ މަހުގެ 5 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރެވި އެމަނިކުފާނުގެ މައްޗަށް މިކުށް ސާބިތުވެދާނެކަމަށް މެމްބަރު ނިހާދަށް ހީކުރެވޭތީއެވެ.

https://twitter.com/nihad_m/status/1182727911574360064

އިސްލާމް ދީނަށް ފުރައްސާރަކުރަން ޖާގަ ނެތްކަމަށާއި އެހެން ނަމަވެސް ދީން ހަތިޔާރަކަށް ހަދައިގެން ބަޣާވާތްކުރުމަށްް ޖާގަ ނުދެއްވާނެކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: