ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ މައްސަލަ ފެންމަތިވިއިރު ޝަހިންދާ ހުރީ ރާއްޖޭގައިތަ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ ބާނީ ޝަހިންދާ އިސްމާއިލް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ދީނާ ޚިލާފް ރިޕޯޓުގެ މައްސަލަ ފެންމަތިވެގެން އައިއިރު އެ ޖަމްއިއްޔާގެ ބާނީ ޝަހިންދާ އިސްމާއިލް ރާއްޖޭގައި ނެތްކަމަށް ފުލުހުން ބުނެފިއެވެ.

އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށްނުޖެހޭނެ ކަމަށް މިމަހުގެ 6 ވަނަ ދުވަހު ފުލުހުން ބުނެފައިވެއެވެ.

ޝަހިންދާ ރާއްޖެއިން ބޭރަށް ފުރާފައިވާކަމުގެ މައުލޫމާތު މީސް މިޑިއާގައި ދޭދޭ ފަރުދުންގެ މެދުގައި ބަހުސް ކުރެވެން ފެށުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މިއަދު ފުލުހުން ބުނީ އެމްޑީއެންގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި އިރުވެސް އޭނާ ރާއްޖޭގައި ނެތްކަމަށެވެ.

މީސްމީޑިއާގައި ފެތުރެމުންދާ ވާހަތަކަށް ބަލާއިރު ޝަހިންދާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އެގޮތުން ޝަހިންދާ ފިލައިގެން ދިޔައީ ޖަރުމަނަށް ކަމަށާއި އަދި ބޭރުގެ ހިމާޔަތް ހޯދުމަށް ޝަހިންދާ މަސައްކަތް ކުރަމުންދާ ކަމަށް މީސްމީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: