ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ސަރުކާރުގެ ކަމާއިބެހޭ އެކިއެކި މުއައްސަސާތަކުން ތަހުގީގު ކުރަމުންދަނިކޮށް އެ ޖަމްއީއްޔާގެ އެއް ފައުންޑަރ ޝަހިންދާ އިސްމާއީލް ރާއްޖެ ދޫކޮށް ފިލާފައިވާކަމުގެ އަޑުތަކެއް ފެތުރެންފަށައިފިއެވެ.
ޝަހިންދާ އިސްމާއީލް ފިލައިގެން ގޮސްފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެން މިދޔައީ އިސްލާމްދީނަށް އަދި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައިގައި އެ ޖަމްއީއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
މީސްމީޑިއާގައި ފެތުރެމުންދާ ވާހަތަކަށް ބަލާއިރު ޝަހިންދާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އެގޮތުން ޝަހިންދާ ފިލައިގެން ދިޔައީ ޖަރުމަނަށް ކަމަށާއި އަދި ބޭރުގެ ހިމާޔަތް ހޯދުމަށް ޝަހިންދާ މަސައްކަތް ކުރަމުންދާ ކަމަށް މީސްމީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ.
ޝަހިންދާ ރާއްޖެއިން ފިލައިގެން ގޮސްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ޝަހިންދާ ފުރައިގެން ގޮސްފައިވާކަމުގެ އެއްވެސް މައުލޫޟާތެއް ލިބިފައިވޭތޯ މީޑިއާތަކުން ފުލުހުންނާއި ސުވާލުކުރިނަމަވެސް މިހާތަނަށް ފުލުހުން އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ.
އެމްޑީއެންއިންނެރުނުއެރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ގިނަ ވާހަކަތަކެއް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން “ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި” ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާ އާއި މިއުރާޒުގެ ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
ޝަހިންދާ ފިލައިގެން ގޮސްފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު އެމްޑީއެން އުވާލަން ގޮވާލާ އަޑުގަދަވުމުން އެ ޖަމިއްޔާއިން އެކަން ބޭރު ދުނިޔޭގެ ސަމާލުކަމަށް ގެންގޮސްފައި ވެއެވެ. އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުން ކުރައްވާފައިވާ ޕޯސްޓްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ބޭރުގެ ޖަމާއަތްތަކަށް ފޮނުވަމުން ދެއެވެ.
އެމްޑީއެންގެ މި ރިޕޯޓަކީ 2016 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ރިޕޯޓް ވަނީ ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ފާޑުކިޔުންތައް ބޮޑުވުން މިހާރު ރިޕޯޓް އަނބުރާ ގެންގޮސްފައިވަނީ ބައެއް ބަދަލުތައް ގެންނަން ކަމަށް ބުނެ އެވެ.
މީގެ ކުރިން ނެރުނު ރިޕޯޓްގައި ހިިމަނާފައިވާ ވާހަކަތަކުގެ އިތުރުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ދެއްކެވި އެންމެ ބޮޑު މުއުޖިޒާތްކަމަށްވާ އިސްރާއާ މިއުރާޒުގެ މަތިވެރި ދަތުރުފުޅަށް ވެސް އެ ރިޕޯޓްގައި ވަނީ ހަޖޫ ޖަހާފަ އެވެ. އަދި އެއީ ޚިޔާލީ ވާހަކައެއްގެ ގޮތުގައި ދައްކަން ވަނީ މަސައްކަތްކޮށްފަ އެވެ.
One Response
މަ ހީނުކުރަން ތިހާ ބޮޑު ފިނޑިއެއް ކަމަކައް ފުއްޕީ… ހެހެހެހެހެހެ