ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ތެރޭގައި “ކުދިކުދި ދައްޖާލުން” އެބަތިބި: ރައީސް ޔާމީން

ރައީސް ޔާމިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި - ފޮޓޯ: ރައީސް ޔާމީން ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާދީނީ ސަރުކާރަކަށް ފުރުސަތު ދިން މިއީ ދެވަނަ ފަހަރު ކަމަށާއި އެތެރެއިން އުފެދިގެން އަންނަނީ “ކުދި ކުދި ޖައްދާލުން” ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ނިންމާ، މި ހަފްތާގެ ބުދަ ދުވަހު ވަނީ ހުލާސާ ބަޔާން އިއްވާފައެވެ.

އަޑުއެހުންތަކާއި ދިމާކޮށް، ޕީޕީއެމްއިން އާދައިގެ މަތީން ބާއްވަމުން އަންނަ ޖަލްސާ މި ފަހަރު ބާއްވާފައިވަނީ “އަންނަނީ، އަންނަނީ” ގެ ނަމުގައެވެ. ރައީސް ޔާމިންގެ ވާހަކަފުޅު ފެއްޓެވީ މިފަދަ ޖަލްސާއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް ކަމަށް ވިދާޅުވުމަށްފަހުއެވެ.

ރައްޔިތުންނަށް، ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައްޔިތުންނަށް ދެއްކި އެއްވެސް “ދަޅައެއް” ފުއްދާދީފައި ނުވާކަމަށެވެ.

އެމަނިކުފާނުގެ ދައުރު ނިމިގެން ދިޔައިރު އޮންގޮއިން 270 މަޝްރޫއު އޮތްއިރު އޭގެއިން އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާތީ ރައީސް ޔާމީން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. މި ސަރުކާރަކީ އެއްވެސް ކަމެއް ނުވާ، އަދި ތަަރައްގީއެއްވެސް ގެނެސްނުދެވޭނެ ސަރުކާރެއް ކަމަށާއި ކުރެވޭހާވެސް ކަމަކީ ބަޔަކު ނިންމާފައި ހުންނަ މަސައްކަތެއްގެ “ރިބަން” ކަނޑާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީއަކީ ދުވަހަކުވެސް ގައުމަށް ހެޔޮ އެދޭ ބަައެއް ނޫން ކަމަށާއި، ފާއިތުވީ ތަނުގައިވެސް އެކަން ފެނިފައިވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ލާދީނީކަމުން ހައްދު ފަހަނާޅާފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި “ދިވެހި ހުއްބުލް ވަތަން” ދެކެ ލޯބިވާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމާއި، ޕީއެންސީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ރައްޔިތުންނަށްޓަކާ ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށެވެ. ނަަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސްގެ ކަންބޮޑުވުމެއް އޮތް ހެން ހީ ނުވާކަަމަށާއި “މުސީބާތަކަށް ފަހު މުސީބާތެއް” އަންނައިރުވެސް ހަމަ އޯކޭ ވެފައި ހުންނަވަނީ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހިޔާލަށް ގެންނަވާ ރައީސް ޔާމީން ވިދާޅުވީ އެ ދުވަހު ލައްކަ ހުވަފެނެއް ދައްކާލި ކަމަށެވެ. ނަމަވެސް، އެއީ އޮޅުން ބޮޅުންތަކެއް ވާ ރޯ ބުހުތާނު ދޮގުތަކެއްކަން މިއަދު ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެޖެންޑާ 19 އެއް ހިފައިގެން ދުވަމުން ދިޔައިރު ގަނޑުތައް އުކަމުންދާ ވަރަކަށް ކިހާވަރެއްގެ ކަންތަކެއް ފެންނާނެތޯ ރައީސް ޔާމީން ސުވާލު އުފެއްދިއެވެ. އެޖެންޑާ 19 އަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އޭގައިވާ ގަނޑުތަކުގައި ވަނީ ފޮރުވިފައިވާ ސިއްރުތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

https://www.facebook.com/SanguTelevision/videos/504858283681775/?notif_id=1570805988486320&notif_t=live_video_explicit

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ތެދެއް ބުނެވެން އޮތަސް އެކަމެއް ވެސް އޮޅުވާލަނީ ކަމަށެވެ. ކޮންމެ ކަމަކަށް ފަސް އަޅާ ދޮގު ހަދަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ކަމަށާއި ކޮންމެ ކަމެއްގެ ބަހަނާއަށް ޑިމޮކްރަސީގެ ނަން ބޭނުން ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެތައް ޒަމާންތަކެއްވެ، އެތައް އަހަރެއްވެފައިވާ ޑިމޮކްރަސީއަކީ މާތްﷲގެ ބަސްފުޅުތަކަށް ގޮންޖެހޭނެ އެއްޗެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ މުސްލިމް ދައުލަތަކަށް ވީ ހިނދު ބޭރު ދުނިޔޭގެ ގައުމުތަކަށް ކަންކަން އޮޅުވާލުމަށް އަދިވެސް މަސައްކަތް ކުރަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިސްލާމް ދީނަށް ގޮންޖަހާ ބަަޔަކު ރިޕޯޓުތައް ނެެރެމުން އައިސް، ބޭރު ދުނިޔޭގެ މީހުންނާއި ގުޅިގެން ކަންކަން ކުރާއިރު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަނު ހުންނަވަނީ ކީއްވެގެންތޯވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަން ބޭރު ދުނިޔެއަށް ދައްކާނީ ކިހިނެކުންކަން ހިތައް އަރާވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމިން ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު ޢައިރު ދީންތައް ރާއްޖެ ގެނައުމަށް ކުރާ މަސައްކަތް ބަލަން ސަރުކާރުން ތިބޭ ސަބަބު ނޭނގޭކަމަށް ވިދާޅުވެފައެވެ. ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށް އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވީ ދިނާއި ގުޅޭގޮތުން ބަޔަކު ކަންބޮޑުވެގެން އުޅުނުތައް މީގެ ކުރިން ފެނުނު ކަމަށެވެ. ނަމަވެސް، މިއަދު އެކަން ނުފެންނަނީ ކީއްވެގެންތޯއާއި، އަދި ބައެއްގެ “ދަށު” ވެފައި ތިބީތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ރައީސް ޔާމީން ވިދާޅުވީ ލީޑަރުން ވަރަށް ބަސްބަސް ބުނިތަން މަސައްކަތްތައް ފެށިގެން އައިއިރު ފެނުނު ކަމަށެވެ. ނަމަވެސް، މިހަރު އެތިބީ ދުލުގައި ތަޅު އެޅުވިފައި ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވަނީ، އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮއްވަވައިދެއްވި ނަމަ މިއަދު މިކަމާއި ކުރިމަތި ލާން ނުޖެހުނީސް ކަމަށެވެ. އޮޅުވާލުމާއި، މަކަރުގެ ތެރެއިން އއި މި ސަރުކަށް ގައުމާއި، ދީނާއި ކުޅެލުމުގެ ޖާގައެއް ނުދެއްވާނެ ކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: