ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ރައީސް ސޯލިހު އާއި ނަޝީދު ރާއްވަވައިގެން ކުރައްވާ ކަމެއް- އަބްދުއްރަޙީމް

ޕީއެންސީ ކޮންގްރެސްގައި ޕާޓގެ ރައީސް އަބްދުއްރަޙީމް ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއެންއިން ނެރުނު ފަދަ ރިޕޯޓްތައް ނެރެއްވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްވަވަައިގެން ކުރައްވާ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ “އަންނަނީ އަންނަނީ” ރެލީގައި ވާހާކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އައިސްފިނަ ދީނަށް ގޮންޖަހާނެކަން ރައްޔިތުންގެ ސަމާލުކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގެނެސްފައިވާނެ ކަމަށެވެ. މިއަދު ލާދީނީ ފިކުރަށް ޖާގަދީ ޣައިރު ދީންތަށް ފެތުރުމަށް މަސައްކަތް ކުރަމުންދާއިރުު އެކަން ރައީސް ސޯލިހު އަށް ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.

” “ފިޔަވަޅު އަޅުއްވަނީ ކަމަށް ވިދާޅުވި ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ރައީސްސޯލިހު ހުރީ ފިތި ބާރުވެފަ. އަމިއްލަ ބާރެއް ނެތް، އަމިއްލަ އިހުތިުޔާރެއް ނެތް. ނަމުން ސޯލިހު ކަމުން ޖާހިލު ބޭފުޅެއް އެއީ. މި ގައުމުގެ ވެރިކަން ބަދަލުކުރަން އެބަ ޖެހޭ. ” އަބްދުއްރަޙީމް ވިދާޅުވިއެވެ.

އުތީމު ތިންބެއިން ޤައުމަށްޓަކައި ވެ ވަޑައިގެންނެވި ޤުރުބާނީއިން މިސާލު ނަންގަވާ، މިއަދު ސިޔާސީ ލީޑަރުން އެގޮތަށް ގުރުބާންވާން ނޭގެނީ ކީއްވެގެންތޯ އަބްދުއްރަޙީމް ސުވާލުކުރެއްވިއެވެ. އުތީމު ތިންބެއިންނަށް ލިބިވަޑައިގެންފައިވާ ޝަރަފާ އިއްޒަތް ދޫކޮށްލެއްވީ ދީނާއި ޤައުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ލީޑަރުންނަށް މަޤާމާއި ޝަރަފާއި، ޝައުކަތާއި މުއްސަނދިކަން ދޫނުކުރެވިގެން އުޅެނީ ކީއްވެތޯ އަބްދުއްރަޙީމް އެއްސެވިއެވެ. އަދި ލާދީނީ ފިކުރަށާ އަޅުވެތިކަމަށް އިޖާބާ ދެއްވަނީ ކީއްވެތޯ ސުވަލުކުރެއްވިއެވެ.

ޤައުމާއި ދީނުގެ ޙައްޤުގައި ހުރިހާ ކަމެއް ޤުރުބާންކުރައްވާ ދަތުރުފެއްޓެވި ކަޅު އޮއްފުންމިއަކީ ޕީޕީއެމް ޕީއެންސީ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ދީނާއި ގައުމީ ސިޠާދަތާއި ގުޅިފައިވާ މިފަދަ ކޮންމެ ކަމެއްގައިވެސް، ކޮންމެ މީހަކީވެސް ދަންޑަހެލްއަށްވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: