ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލު ދައްޖާލު ފާޅުވުމުގެ ކުރިން ކުދިކުދި ދައްޖާލުތަކެއް ފާޅުވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަސްލު މަސީހުއް ދައްޖާލު ފާޅުވުމުގެ ކުރިން 30 އަކަށް ކުދި ކުދި ދައްޖާލު ފާޅުވާނެކަމަށާއި ރާއްޖެއިންވެސް އެފަދަ ކުޑަ ދައްޖާލެއް ފާޅުވާން އުޅޭހެން ހީވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްއިން މިހާރު ކާނިވަލް ސަރަހައްދުގައި ކުރިޔަށްދާ “އަންނަނީ، އަންނަނީ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނާ ޚިލާފް ރިޕޯޓެއް ނެރެފައިވާތި އެކަން ކުށްވެރިކުރައްވައި ސަލީމް ވިދާޅުވީ، އެފަދަ މީހުންގެ ބޭނުމަކީ މުޖުތަމައުގައި ފަސާދަ އުފައްދައި އިސްލާމް ދީނަށް ހީނަރުވާފަދަ ކަންކަމަށް މަގުފަހި ކުރުވުން ކަމަށެވެ.  

ސަރުކާރުން ފިޔަވަޅު އަޅާނެމޭ ބުންޏަސް ފިޔަވަޅު އަޅާތަނެއް ނުފެންނަ ކަމަށާއި ޖަމްއިއްޔާ އުވާލުމަށް ގާނޫނު ތަންދޭކަން މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ. އަދި ޖަމްއިއްޔާ ސަސްޕެންޑު ނުކޮށް ވަގުތުން ވަގުތައް އުވާލަން ޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.

“މިއަށްވުރެ ވަކިން ބޮޑަށް ޓެރަރިޒަމް ގާނޫނަށް ފެތޭ މައްސަލައެއް ނެތް. މިއީ މިހާތަނަށް ރާއްޖޭގައި ހިންގުނު ޓެރަރިޒަމްގެ އެންމެ ބޮޑު އަމަލު. ކޮންމެ މީހަކީވެސް މަރުވާނެ މިހެއް. މިރޭވެސް މިތަނުން ދެވޭނެކަމުގެ ޔަގީން ކަމެއް ނެތް.” އެމްޑީއެންގެ ފިކުރަށް ނިސްބަތްކޮށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އެމްޑީއެންގެ ފިކުރަށް ވާގިދޭ ފަރާތްތަކެއް ރާއްޖޭގައި ތިބި ކަމަން ފާހަގަކުރައްވާފައެވެ.

“އެމީހުންގެ ފަހަތުގައި ބޮޑުންތަކެއް އެބަތިބި. ޔަހޫދީންނާއި ނަސާރާއިންނަށް އެމީހުންނަށް އެހީދޭ. އެމީހުން މިލިޔަނުންވެސް މީހުންނަށް ޚަރަދުކޮށްފާނެ. އެމީހުންނަށް އެފަރާތަަކުން ވާގިވެރިވޭ. ސަލްމާން ރުޝްދީއަށް ވުރެ މި މީހުން ގޯސް.” ސަލީމް ވިދާޅުވިއެވެ.

https://www.facebook.com/SanguTelevision/videos/504858283681775/

ސަލްމާން ރުޝްދީއަކީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އަދި އަސްޙާބު ބޭކަލުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ސަބަބުން މުސްލިމުންގެ ރުޅި އިންތިހާއަށް އަމާޒްވެފައިވާ އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ނޫސްވެރިއެކެވެ.

ސަލީމް ވިދާޅުވީ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީން ކަމަށާއި ދިވެހިންނަށް ލިބިފައިވާ އެ މަތިވެރި ނިއުމަތަށް ޝުކުރުވެރި ވާންޖެހޭނެ ކަމަށެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ހަަމައެކަނި ދީނަކީ އިސްލާމް ދީންކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު ސަލީމްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ އެމްޑީއެންގެ ބާނީ ޝަހިންދާ އިސްމާއީލް އަށް ވެސް އަދި އެމްޑީއެން ފިކުރުގެ އެހެން މީހުންނަށް ވެސް ތެދުމަގު މިންވަރުކުރެއްވުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: