ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑިއަށް 52 މިލިއަން ޑޮލަރު ދިނުމުން މެމްބަރު ސައީދުގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް!

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމަށް ނޫމަޑި ރިސޯޓާއި އެކު ސޮއި ކުރި ކޮންޓްރެކްޓް ބާތިލުކުރުމުން ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެނުނު 52 މިލިއަން ޑޮލަރު ކޯޓް މަރުހަލާއާއި އާބިޓްރޭޝަން ނުނިމެނީސް ދެއްކުމަކީ ހަމަ ސީދާ ވައްކަން ކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޫމަޑިއާ އެކު އެއްބަސްވީ އެކި ރަށްތަކުގައި 1،100 ހައުސިން ޔުނިޓް އަޅާށެވެ. އެކަމަކު މި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އުވާލައިފަ އެވެ. ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވައި މި އެއްބަސްވުން ބާތިލްކުރި މައްސަލަ ކުންފުނީގެ ފަރާތުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ 2017 ގަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ.

“ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނީ ކޯޓާއި އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރަން ޖެހޭ ފަދަ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓްލްމަންޓު ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

“މިއަދު ބައްލަވާ ނޫމަޑީގެ ކޭސް ކޯޓް މަރުހަލާ ވެސް ނުނިމެނީސް އާބިޓްރޭޝަން ވެސް ނުނިމެނީސް ބަދަލުގެ ގޮތުގައި 52 މިލިއަން ޑޮލަރު ދިން ކަމަށް އެއޮތީ. އެއީ ކިހިނެތް ވާނެ ކަމެއްތޯ؟. އެކަމެއް ނުކުރެވޭ އެގޮތަކަށް. އެއީ ހަމަ ސީދާ ވައްކަން” ސައީދު ވިދާޅުވިއެވެ.

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ނޫމަޑީގެ މަޝްރޫއު އަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި މަޝްރޫއުއެެއް ކަމަށެވެ. އެހެން ކަމުން މައްސަލަ ނުނިމެނީސް ސަރުކާރުން ގެއްލުމުގެ ބަދަލު ދިނީ ކުންފުންޏާއި އެމްޑީޕީގެ އިސްވެރިންނާއި އޮތް ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން ނޫމަޑިން އެއްވެސް މަސައްކަތެއް ނުހިންގާ އޮތުމަކީ އެކަމުގެ ޒިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީއިން ސިފަ ކުރާ ބަގާވާތެއް ގެނައުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އިތުރު ދެ މަޝްރޫއުއެއް ނޫމަޑިއާއި ހަވާލުކުރި ކަމަށްވެސް ސައީދު ވިޅުވިއެވެ.

ވެރިކަމެއް ބަދަލުވުމަށް ފަހު ވަރަށް ގިނަ ކޮމާޝަލް މަޝްރޫއުތަކެއް ބަދަލު ހޯދަން ކުންފުނިތަކުން އަންނާނެ ކަމަށާއި އެއީ ދުނިޔޭގައި ކަން ހިނގާ ގޮތް ކަމަށް ވެސް ސައީދު ސިފަކުރެއްވިއެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން އަންނަ އެންމެންނަށް އެއްވެސް ހަމައެއް ނެތި ބަދަކު ދިނުމަކީ ކުރާ ކަމެއް ނޫންކަން ސައީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން  ރައީސް ޔާމީން ބަދަލު ހޯދުމަށް އަންނަ ފަރާތްތަކަށް ބަދަލު ދިނުމުގެ ކުރިން ކަނޑައްތު ކުރަން ޖެހޭ ހުރިހާ މަރުހަލާތަކެއް ނިންމުމަށް އިލްތިމާސްކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރައީސް ޔާމީންގެ ސަރުކާރަކީ ކޯޓް މަރުހަލާގެ ބޭރުން ބަދުލު ނުދޭ ސަރުކާރެއް ކަން ފާހަގަކުރައްވާ، ނޫމަޑިއަށް ރައީސް ޔާމީންގެ ސަރުކާރުގައި ބަދަލު ނުދިނީ އެ ސަބަބާއި ހުރެ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ ފައިސާ އަކީ ހަމައެއް ލަމައެއް ނުބަލާ ބަހަން ހުންނަ އެއްޗެއް ނޫން ކަންވެސް ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ ބައެއް އިސްވެރިން ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑި އެއްބަސްވުން ބާތިލްކުރީ، އެ އެއްބަސްވުމާ ޚިލާފަށް ކަން ކުރީގެ މިނިސްޓަރު މުއިއްޒު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އޭނާގެ ފަރާތުން އާބިޓްރޭޝަނަށް ފޮނުވި ލިއުމެއްގައި، އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވުމުން ކަމަށް ވިދާޅުވެފައިވާ ކަަމަށް ވެސް މި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

މީގެތެރެއިން އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

https://www.facebook.com/SanguTelevision/videos/2641918199193290/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: