ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ތަރައްގީގެ ސްޕީޑު މެމްބަރު އީސަ ސިފަކުރައްވާ ގޮތް މިއޮތީ!

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ" ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ބަސްބުނެލާހާ ފަސޭހައިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ކަންތައް ވެގެން ދިޔަގޮތް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ސަންގަށް ހިއްސާކުރައްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއު އީސަ ސިފަކުރެއްވީ އެއްވެސް ޕްލޭނެއް ނެތި މެނިފެސްޓޯގައިވެސް ނުހިމަނައި ހިންގި މަޝްރޫއެއްގެ ގޮތުގައެވެ. މިސަރުކާރުގެ މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ދެބިިލިޔަން ރުފިޔާ ނާރާކަން ފާހަގަ ކުރައްވާ އީސަ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ހަމައެކަނި ދެ ބިލިޔަން ރުފިޔާ “އަޅާލި” ކަމަށެވެ.

“ޔާމީން އަބްދުލް ގައްޔޫމް އެންމެ އިމާރާތަކަށް ދެބިލިޔަން ރުފިޔާ އަޅާލިއިރު، ކެމްޕެއިނުގެ ވައުދެއް ނޫން. މެނިފެސްޓޯގައި ހިމަނާފައި އޮތް ކަމެއް ނޫން. ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ވަރަކަށް ޔާމީނުގެ ވެރިކަމުގައި އެކަން އިއުލާނުކޮށް ބަޔަކާއި ހަވާލުކުރުމުގެ ކުރިން ދިވެހި ރައްޔިތުންވެސް ނުދެނަހުރި އެތަނުގައި ދެބިލިޔަން ރުފިޔާގެ އިމާރާތެއް އަޅަން އުޅޭކަމަށްވެސް.” އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އެ އިމާރާތް އަޅާ ނިމުނުއިރު ބަލިމީހުން އެޑްމިޓްކޮށްފައި ބޭއްވުމަށް އެންމެ ވޯޑެއްވެސް އިތުރުވެފައި ނުވާކަމަށެވެ. އެތަނުގައި 30 އަކަށް ޕްރައިވެޓް ކޮޓަރި ހުރިކަމާއި ރާއްޖޭގެ ކޮންމެ ރައްޔިތަކީ މަހުޖަނަކަށް ނުވާއިރުގައި ވީއައިޕީ ކޮޓަރިއެއްގައި ބަލިވެގެން އެޑްމިޓު ވާނީ ކިހިނެއްތޯ އީސަ ވަނީ ފާހަގަކުރައްވާފައެވެ.

“މިހާރުވެސް އައިޖީއެމްއެޗް އިމަރޖެންސީ ރޫމުގައު އެނދެއް ނެތް. ވޯޑުން އެނދު ނުލިބިގެން އޮޕަރޭޝަން ނުކުރެވި ކިއުގައި އެބަތިބި 500 އެއްހާ މީހުން. ދައުލަތުގެ ފައިސާއިން ދެބިލިޔަން ރުފިޔާ ހަތަރުހާސް އަކަފޫޓުގެ ތަނަކަށް އަޅާ، އިމާރާތެއް ހެދި އިތު އެތަނުން ދިވެހި ރައްޔިތުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތް. އެއީ ޕްލޭނެއް ނެތި ކަންކުރީމަ ވާގޮތް.” އީސަ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިިކަމުގައި ރައްޔިތުންފެ ފައިސާ އިއުލާނެއް ނުކޮށް ބިޑު ކުރުމެއް ނެތި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން މީހަކު އައިސް ޔޮޓު މެރީނާއެއް އެޅުމަށް 2 މިލިޔަން ޑޮލަރު ދޭނެކަމަށް ބުނުމުން އޭގެ އަނެއް ދުވަހު އޮންނަނީ ނުވެސް އެނގި ބަޔަކާއި އެއްކޮށް ޔޮޓު މެރީނާއެއް އެޅުމަށް ސޮއި ކޮށްފައި ކަމަށް މެމްބަރު އީސަ ވިދާޅުވެފައިވެއެވެ.

އަބޫދާބީ ފަންޑާއި އެއްކޮށް މާފަރުގައި އެއަރޕޯޓެއް އެޅުމަށް ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި 60 ދުވަސްތެރޭގައި ދެ ރަށެއް ދޭން ބުނެފައި ވާކަންވެސް އީސަ ހާމަކުރެއްވިއެވެ. އެގޮތަށް ދޭން ނިންމި ދެ ރަށުގެ ތެރެއިން އެއް ރަށަކީ ސަރުކާރުން މީހަކަށް ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ރަށެއްކަން އީސަ ވިދާޅުވިއެވެ. އަނެއް ރަށަކީ ބޭރުގެ ކުންފުންޏަކަށް ރިސޯޓެއް ހެދުމަށް ދީފައި އޮންނަތާ ދެ އަހަރު ވެފައިވާ ރަށެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

“ހަމަ ޑުބާއިއަށް ގޮސް ސޮއި އަޅާލާފައި އައީ. މިހާރު އަޅުގަނޑުމެން މިއުޅެނީ އޭގެން ނުނެއްޓިގެން.” އީސަ ވިދާޅުވިއެވެ.

އީސަ ވަނީ ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ ސްޕީޑު އަވަސް ކުރަން ހަދައިގެން އެކަކަށް 6 ރަށް ދީފައިވާކަން ވަރަށް ޔަގީން ކަމާއެކު ހާމަކުރައްވާފައެވެ. ހައުސިން މިނިސްޓްރީ އިން ހުޅުމާލޭގައި އަޅާފައި ހުރި 25 ބުރީގެ އިމާރާތަކީ ކުކުޅު ކޮށްޓެއްގެ ގޮތުގައި އީސަ ވަނީ ސިފަކުރައްވާފައެވެ.

“ފަސްސަތޭކާ އަކަފޫޓުގެ ތަންކޮޅެއްގައި 3 ކޮޓަރީގެ އެޕާޓްމެންޓް ހަދާފައި ހުރި ވާހަކަ އެބަ ދައްކާ، އަޅުގަނޑެއް ނުދެކެން އިނގޭތޯ. އެހެން އެބަ ކިޔާ.” އީސަ ވިދާޅުވިއެވެ.

މިސަރުކާރު އައިސް އެތަކެއް ބަދަލުތަކެއް ގެނެސް އެޕާޓްމެންޓްތައް ބޮޑުކުރާ ވާހަކަ ނޫސްތަކުގައި ހުއްޓާ ދެކެނުކަމަށްވެސް އީސަ ފާހަގަކުރެއްވިއެވެ. އީސަ ވަނީ ޗައިނާއިން ޕާކިންގް ސިސްޓަމް ތަކެއް ގެންނަން 100 މިލިޔަން ރުފިޔާ ޚަރަދުކޮށް އެ ސިސްޓަމްތައް ހަރުކުރުމަށް 50 އެއްހާ ބުޑު އެކަނި އެޅުމަށް 50 މިލިޔަން ރުފިޔާ ރައީސް ޔާމީންގެ ސަރުކާރުން ޚަރަދުކުރިކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: